[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖަރްޙާއި ތަޢްދީލު (6)

އަދި اِبْنُ الصَّلاح ވިދާޅުވެފައި ވެއެވެ. ((الكلام في الرجال جرحا وتعديلا جُوِّز صوناً للشريعة، ونفياً للخطأ والكذب عنها، وكما جاز الجرح في الشهود جاز في الرواة.

ثم إن على الآخذ في ذلك أن يتقي الله تبارك وتعالى، ويتثبت، ويتوقى التساهل، كيلا يجرح سليماً، ويسم بريئاً بسمة سوء يبقى عليه الدهر عارها، ويلحق المتساهل من تساهله العقاب والمؤاخذة.

وأحسب أبا محمد عبد الرحمن بن أبي حاتم الرازي من مثل ما ذكرناه خاف، فيما رُوِّيناه أو بُلِّغناه أن يوسف بن الحسين الرازي -وهو الصوفي- دخل عليه وهو يقرأ كتابه في الجرح والتعديل، فقال له: كم من هؤلاء القوم قد حطوا رحالهم في الجنة منذ مئة سنة ومئتي سنة، وأنت تذكرهم وتغتابهم؟ فبكى عبد الرحمن.

وبُلِّغنا أيضاً أنه حُدث وهو يقرأ كتابه ذلك على الناس عن يحيى بن معين أنه قال: إنا لنطعن على أقوام لعلهم حطوا رحالهم في الجنة منذ أكثر من مئتي سنة، فبكى عبد الرحمن، وارتعدت يداه حتى سقط الكتاب من يده.))[1] މާނައީ: [ރާވީންގެ ޖަރްޙާއި ތަޢުދީލާ ގުޅޭ ގޮތުން ވާހަކަދެއްކުމީ، އިސްލާމީ ޝަރީޢަތް ރައްކާތެރިކުރުމަށްޓަކައާއި އަދި އެއަށް ކުށާއި ދޮގު ނިސްބަތްކުރުމުން އެއްކިބާކުރުމަށްޓަކައި ހުއްދަކުރެވިގެންވާ ކަމެކެވެ. އަދި އެއީ، ހެކިބަސްދޭ މީހުންގެ އުނިސިފަ ބަޔާންކުރުން ހުއްދަވާ ބީދައިންނެވެ. ދެން ފަހެ، އެ ކަމުގައި އުޅޭމީހާ ﷲ ތަބާރަކަ ވަތަޢާލާއަށް ތަޤުވާވެރިވުން ހުއްޓެވެ. އަދި ޘާބިތުވެ ހުންނަ ހުއްޓެވެ. ފަރުވާކުޑަކުރުމާ ދުރުހެލިވެ ހުންނަ ހުއްޓެވެ. ސާފުސާދާ މީހަކު ޖަރްޙު ނުކުރުމަށްޓަކައެވެ. ނުބައި ސިފަތަކުން ބަރީޢަވެގެންވާ މީހަކަށް ސިފަކުރެވިކުރެވި ޒަމާންތަކަށް ދެމިހުންނާނޭ ނުބައި ސިފައެއް ދޫނުކުރުމަށްޓަކައެވެ. އަދި އޭނާ ފަރުވާކުޑަކުރީތީ އެ ކަމުގެ ޢުޤޫބާތާއި ބަދަލުހިފުން، އޭނާއާ ބައްދަލުކޮށްފާނެ ކަމަށްޓަކައެވެ.

މި ދެންނެވިފަދަ ބިރުވެތިވާ މީހުންގެ ތެރޭގައި، أَبُو محمد عبد الرحمن بن أبي حَاتَم الرَّازِيّ ހިމެނޭނެކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ. ރިވާވެގެންވާ ގޮތުން، އެ ބޭފުޅާ އެ ބޭފުޅާގެ الجَرْحُ وَالتَّعْدِيْلُ ފޮތް[2] ކިޔަމުންދަނިކޮށް، އެ ބޭފުޅާގެ އަރިހަށް يُوْسُفُ بنُ الحُسَيْن الرَّازِيّ (الصُّوْفِيّ) ވަދެވަޑައިގެން ދެންނެވިއެވެ: “މީގެ ސަތޭކަ ދުއިސައްތަ އަހަރުކުރިން އެބައިމީހުންގެ ދަތުރުގައި ސުވަރުގެއަށް ވާޞިލުވެފައިވަނީ ތި މީހުންގެ ތެރެއިން ކިތަށް ކިތަށް މީހުން ހެއްޔެވެ! އެހެނެއްކަމަކު ތިބާ އެއުރެންގެ ވާހަކަ ޛިކުރުކޮށް އެއުރެންނަށް ޣީބަބުނެ ހަދަނީއެވެ؟”، އެހިނދު، (އެ ވާހަކަ އަހާފައި) ޢަބްދުއްރަޙްމާނު (އިބްނު އަބީ ޙާތަމު އައްރާޒީ) ކީރިތިކުރެއްވިއެވެ.

އަދި ހަމަ އެ ބޭފުޅާގެ އެ ފޮތް މީސްތަކުންނަށް ކިޔައިދެނިކޮށް، يَحْيَى بنُ مَعِيْن (އަންނަނިވިފަދައިން) ވިދާޅުވެފައިވާކަމަށް އެ ބޭފުޅާއަށް ދެންނެވުނެވެ: “ހަމަކަށަވަރުން، އަހުރެމެން ބަޔަކުމީހުންގެ އުނިސިފަ ބަޔާންކުރަމުއެވެ. ފަހަރުގައި އެބައިމީހުން މީގެ ދުއިސައްތަ އަހަރަށްވުރެ ކުރިން ފެށި ދަތުރުގައި ސުވަރުގެއަށް ވާޞިލުވެފައި އޮވެދާނެ އެވެ!” އެހިނދު، (އެ ވާހަކަ އަހާފައި) ޢަބްދުއްރަޙްމާނު (އިބްނު އަބީ ޙާތަމު އައްރާޒީ) ކީރިތިކުރެއްވިއެވެ. އަދި އެ ބޭފުޅާގެ ދެއަތް ތުރުތުރުއަޅައިގެންގޮސް، އަތުގައި އޮތް ފޮތް ވެސް ވެއްޓުނެވެ.]

އަދި މި ކަމާ ގުޅޭ، އެހެންނަމަވެސް ބައެއް ބާޙިޘުން އެ ކަމަކާ ޣާފިލުވެފައިވާ ކަންކަމުގެ ތެރެއިން އެއް ކަމަކީ، ފިޤްހު ނުވަތަ ޤިރާއާތު ނުވަތަ ޢަރަބިބަސްފަދަ ޢިލްމަކާ ގުޅުންހުރި ކަމެއްގައި ވަކި މީހެއްގެ ނަމެއް ޛިކުރުކޮށްފައި، އެ މީހާއަކީ ކާކުކަން ބަޔާންކުރާއިރު، ރިވާޔަތުގެ ފަންނުގައި ބަޔާންކުރެވިފައިވާ އެ މީހެއްގެ އުނިސިފަ ހިމެނުމެވެ. މި ގޮތަށް ކަންކުރުމުގެ ސަބަބުން، އެ މީހާއަށް ގެއްލުމެއް އެ ދެވުނީ އެވެ. އަދި އޭނާ ވާހަކަދައްކާ މައުޟޫޢުއާ ވެސް ބޭއަދަބީކޮށް ހިތުނީ އެވެ. މިއާޚިލާފަށް، އެ މީހަކާ ގުޅޭ ގޮތުން ރިވާޔަތުގެ ފަންނުގައި ބަޔާންކުރެވިފައިވާ އުނިސިފަ ގެންނާނީ، ޙަދީޘެއްގެ ސަނަދެއް ދިރާސާކުރަމުންދާއިރު އެ ސަނަދުގައި އޭނާގެ ނަން އޮވެއްޖެނަމައެވެ.

މިޘާލަކަށް، ފިޤުހީ މައްސަލައަކާ ގުޅޭ ގޮތުން ވާހަކަދައްކަމުންދަނިކޮށް، މަޝްހޫރު ފިޤުހުވެރިޔާ محمد بنُ أَبِي لَيْلَى الكُوْفِيّ ގެ ނަން ޛިކުރުކުރެވިގެން އައުމެވެ. އެހިނދު، އެ ބޭފުޅާގެ ކުރު ތަޢާރުފެއް ލިޔަން ޤަޞްދުކުރާނަމަ، އެ ބޭފުޅާގެ ރިވާޔަތްކުރުމުގެ ދަރަޖައާ ގުޅޭ ވާހަކަ ޛިކުރުކުރުމީ ލާއިޤުވެގެންވާ ކަމެއް ނޫނެވެ. އެހެނީ، އެ ބޭފުޅާއީ سَيِّءُ الحِفْظ (ހިތުދަސްކުރުމުގެ ފެންވަރު ދެރަ) ބޭފުޅެކެވެ. ރިވާކުރައްވާ ރިވާޔަތްތަކުގައި ގިނަ ޢަދަދަކަށް اِضْطِرَابُ ހުންނަ ބޭފުޅެކެވެ.[3] މި ސަބަބަށްޓަކައި، އެ ބޭފުޅާއާ ގުޅޭ ގޮތުން އަޙްމަދު[4] ވިދާޅުވެފައި ވެއެވެ. ((فقه ابن أبي ليلى أحب إلينا من حديثه، حديثه فيه اضطراب))[5] މާނައީ: [އިބްނު އަބީ ލައިލާގެ ޙަދީޘަށްވުރެ އެ ބޭފުޅާގެ ފިޤުހު އަޅުގަނޑުމެންގެ ގާތުގައި މާ ލޮބުވެތިވެގެން ވެއެވެ. އެހެނީ، އެ ބޭފުޅާގެ ޙަދީޘުގައި اِضْطِرَابُ ހުރެއެވެ.] ނުވަތަ، ކޫފާގެ ފިޤުހުވެރިޔާ الحَجَّاجُ بنُ أَرْطَاة ގެ ނަން ޛިކުރުކުރެވިގެން އަންނަ ހިނދުގައެވެ. އެހެނީ، އެ ބޭފުޅާއީ، ގިނަގިނައިން ކުށްޖެހޭ އަދި تَدْلِيْسُ ކުރާ ބޭފުޅެކެވެ. އެ ބޭފުޅާ ރާވީންގެ ފަރާތުން تَدْلِيْسُ ކޮށް އުޅެތެވެ.[6]

މި ދެންނެވީ ފިޤްހުގައެވެ. އަދި ހަމަ މިގޮތަށް، ޙަފްޞުގެ ޤިރާއަތުގެ ނަމުން މަޝްހޫރު ޤިރާއަތް ނިސްބަތްކުރެވޭ حَفْصُ بنُ سُلَيْمَانُ ގެ ނަމާއި ބާޙިޘަށް ދިމާވެއްޖެނަމަ ވެސް ބުނެވޭނެތެވެ. އެހެނީ، ޙަފްޞުއަކީ، ރިވާކުރުމުގެ ފަންނުގައި مَتْرُوكُ الحَدِيْث (އެބަހީ، އެ މީހެއްގެ ޙަދީޘުން ޙުއްޖަތް ޤާއިމު ނުކުރެވޭ) ބޭފުޅެކެވެ.[7]

=ނުނިމޭ=

ތަރުޖަމާކުރި އަޞްލު: الجرح والتعديل للأستاذ الدكتور إبراهيم اللاحم (جامعة القصيم)


[1]  ((مقدمة ابن الصلاح)) ص590، وانظر: ((الكفاية)) ص38.

[2]  މުތަރުޖިމު: އެ ފޮތުގައި ހުންނާނީ އެކިއެކި ރާވީންގެ ހާލަތާ ގުޅޭ ވާހަކަތަކެވެ. އެގޮތުން، ރާވީންގެ އުނިސިފަތަކުގެ ވާހަކައާއި ރިވެތިސިފަތަކުގެ ވާހަކަ ވެސް އޭގައި ޛިކުރުކުރެވިފައިވާނެ އެވެ.

[3]  ((تهذيب التهذيب)) 301:9.

[4]  މުތަރުޖިމު: ޙަދީޘާ ގުޅޭ ފަންނުގެ ފޮތެއްގައި “އަޙްމަދު” އޭ ބުނެވިއްޖެނަމަ، އެ އިޝާރާތްކުރަނީ، އަޙްމަދު ބްނު ޙަންބަލަށެވެ. ނާދިރު ޙާލަތެއްގައި މެނުވީ އެވެ. މި ތަނުގައި ވެސް އެ އިޝާރާތްކުރެވެނީ އަޙްމަދު ބްނު ޙަންބަލަށެވެ. މިކަން ސިކުނޑީގައި ހަރުލެއްވުން ހުއްޓެވެ.

[5]  ((العلل ومعرفة الرجال)) 411:1.

[6]  ((تهذيب التهذيب)) 196:2.

[7]  ((تهذيب التهذيب)) 400:2.