[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރާ މީހުންނޭވެ! 1

ﷲ ތަޢާލާ ވޮޑިގެންވާކަމުގެ ދަލީލުތަކެއް ވެއެވެ. އެއީ ފިޠުރީ ދަލީލާއި ޢަޤްލީ ދަލީލާއި ޝަރުޢީ ދަލީލާ އަދި ޙިއްސީ ދަލީލެވެ.

  1. ﷲ ތަޢާލާ ވޮޑިގެންވާކަމުގެ ފިޠުރީ ދަލީލު:

ފަހެ ކޮންމެ މަޚްލޫޤެއްވެސްވަނީ، އޭނާ ނެތުމުގެ ތެރެއިން ޚަލްޤުކުރެއްވި ޚާލިޤުވަންތަ އިލާހަށް އީމާންވުމުގެ ފިޠުރަތުގެ މަތީގައި ލައްވާފައެވެ. އެކަމަށްޓަކައި ފިކުރުތަކެއް ނުވަތަ ކިޔެވުންތަކެއް ކިޔަވާކަށް ނުޖެހެއެވެ. މިފިޠުރަތުގެ މަތިން މީސްތަކުން އެއްކިބާވެގެންދަނީ އޭނާގެ ހިތް މިކަމުން އެއްކިބާކުރާނެ ކަންތައްތަކެއް މެދުވެރިވެގެންނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((مَا مِنْ مَوْلُودٍ إِلَّا يُولَدُ عَلَى الفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ، أَوْ يُمَجِّسَانِهِ)) [رواه البخاري] މާނައީ:”އެއްވެސް ކުއްޖަކު ފިޠުރަތުގެ މަތީގައި މެނުވީ އުފަންނުވެއެވެ. ފަހެ، އޭނާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީވެސް އޭނާގެ މައިންބަފައިންނެވެ.”

= ނުނިމޭ =

މިލިޔުމުގެ އެެހެނިހެން ބައިތައް

މަޞްދަރު: شرح أصول الإيمان للشيخ ابن عثيمين -رحمه الله.