3. ﷲ ތަޢާލާ ވޮޑިގެންވާކަމުގެ ޝަރުޢީ ދަލީލު:
ފަހެ ﷲ ތަޢާލާ ބާވައިލެއްވި އެންމެހާ ފޮތްތަކެއްގައިވެސް، އެއިލާހު ވޮޑިގެންވާކަންވަނީ ބަޔާންކުރައްވާފައެވެ. އަދި އެފޮތްތަކުގައި އައިސްފައިވާ ޙުކުމްފުޅުތައް، މީސްތަކުންގެ މަޞްލަޙަތުހުރިގޮތަށް އައިސްފައިވުމުން އޭގެން ދަލީލުކޮށްދެނީ އެއައިސްފައިވަނީ ޙިކުމަތްވަންތަ އަދި ޚަލްޤުތަކުންނަށް މަޞްލަޙަތުހުރިގޮތް މޮޅަށް ދެނެވޮޑިގެންވާ އިލާހެއްގެ ޙަޟްރަތުން ކަމެވެ. އަދި އެފޮތްތަކުގައި އައިސްފައިވާ ކައުނުގެ ޚަބަރުތަކަކީ އެއީ ތެދުޙަޤީޤަތެއްކަމުގައި، ދުނިޔޭގައި ހިނގާ ކަންކަން ހެކިދެއެވެ. އޭގެން ދަލީލުކުރަނީ އެޚަބަރުތައް ދެއްވި ފަރާތަކީ އެދެއްވި ޚަބަރާ އެއްގޮތަށް ކަންތައްތައް އީޖާދުކުރެއްވުމަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ފަރާތެއްކަމެވެ.
= ނުނިމޭ =
މިލިޔުމުގެ އެެހެނިހެން ބައިތައް
މަޞްދަރު: شرح أصول الإيمان للشيخ ابن عثيمين -رحمه الله-.