-
ކަށްވަޅުގައި އެކަނި އޮންނަން ޖެހޭނެކަން ހަނދުމަކުރުން
ނަފްސުތައް އިޞްލާޙުވަނީ އޭގެ ނިމުމުގެ މަތިން ހަނދުމަކުރުމުންނެވެ. ކަށްވަޅުގައި އެކަނިމާއެކަނި ވާންޖެހޭނެކަން އަޅާއަށް ޔަޤީންކުރެވުމުންނާއި ޞާލިޙު ޢަމަލުން ފިޔަވާ ތިބާއަށް ފައިދާ ނުކުރާނެކަން ޔަޤީންވުމުންނާއި މުޅިއިންސާނިއްޔަތަށްވެސް ކަށްވަޅުގެ ޢަޛާބުގެ އެއްވެސް މިންވަރެއް ލުއިނުކޮށްދެވޭނެކަން ޔަޤީންވުމުންނާ އަދި އެންމެހާކަމެއްގެ ނިމުންވަނީ ﷲ ތަޢާލާގެ އަތްޕުޅުގައިކަމަށް ޔަޤީންވުމުން، އެހިނދުގައި އިޚްލާޞްތެރިކަމާއެކު އޭނާގެ ވެރިރައްބަށް އަދާކުރި ޢަމަލަކުން މެނުވީ އޭނާ ސަލާމަތްނުވާނެކަން އަޅާ ޔަޤީންކުރާނެއެވެ.
އިބްނުލް ޤައްޔިމު ވިދާޅުވިއެވެ.[1]
“ﷲ އާ ބައްދަލުވުމަށް ތެދުވެރިކަމާއެކު ބިރުވެތިވުމަކީ އަޅާއަށް އެންމެ ފައިދާ ބޮޑު އެއް ކަމެވެ. އަދި އެއީ އޭނާ ސީދާ މަގުގައި ޘާބިތުވުމަށް ލިބޭ އެންމެ ބޮޑު ބާރެވެ. ފަހެ ހަމަކަށަވަރުން ﷲ އާ ބައްދަލުވުމަށް ތައްޔާރުވާ މީހާގެ ހިތް ދުނިޔެއާ ވަކިވެއެވެ. އަދި އެތަނުގައިވާހާ އެއްޗަކާ އެތަނުގެ އެދުންތަކާވެސް ވަކިވެއެވެ.”
___________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
[1] طريق الهجرتين 297