[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމާމު ނަވަވީގެ ސާޅީސް ޙަދީސް 8

الحديث الحادي عشر:

 

عَنْ أَبِي مُحَمَّدٍ الْحَسَنِ بْنِ عَلِيِّ بْنِ أَبِي طَالِبٍ سِبْطِ رَسُولِ اللَّهِ صلى الله عليه وسلم وَرَيْحَانَتِهِ رَضِيَ اللَّهُ عَنْهُمَا، قَالَ: حَفِظْت مِنْ رَسُولِ اللَّهِ صلى الله عليه وسلم ((دَعْ مَا يُرِيبُك إلَى مَا لَا يُرِيبُك))

[رَوَاهُ التِّرْمِذِيُّ رقم:2520، وَالنَّسَائِيّ رقم: 5711، وَقَالَ التِّرْمِذِيُّ: حَدِيثٌ حَسَنٌ صَحِيحٌ.]

 

މާނައީ: ﷲގެ ރަސޫލާ ﷺ ލޯބިފުޅުވާ ކާފަދަރިކަލުން، އަބޫ މުޙައްމަދު އަލްޙަސަނު ބުން ޢަލީ ބުން އަބީ ޠާލިބު رضي اللّه عنهما ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ގެ އަރިހުން (މި ބަސްފުޅުތައް) ތިމަންކަލޭގެފާނު ދަސްކުރެއްވީމެވެ. “ތިބާއަށް ޝައްކުވާ ކަންކަން ދޫކޮށް، ޝައްކުނުވާ ކަންކަމުގައި ހިފާށެވެ.”

 

 

ހަދީސްގެ ޝަރަޙަ

އެކަމެއްގެ ޙަރާމް ޙަލާލްކަމާމެދު ޝައްކުވާކަންކަން ދޫކޮށްލާފައި، ޙަރާމް ޙަލާލްކަން ބަޔާންވެ އެނގޭ ކަންތަކުގައި ހިފާށެވެ.

އިމާމް އިބުނި ރަޖަބު މިހަދީސް ޝަރަޙަކޮށްދެއްވަމުން ވިދާޅުވެފައިވެއެވެ.

”މިހަދީސްގެ މުރާދަކީ އެއެއްޗެއްގެ ޙުކުމާމެދު ޝައްކުވާ އެއްޗެހި ނުވަތަ ކަންކަމުން ދުރުވެގަތުމެވެ. ފަހެ ފުރިހަމަ މުއުމިނެއް ޙަލާލްކަމެއް ކުރާއިރު އެކަމާމެދު ހިތްނުތަވަސްކަމެއް ނޯންނާނެއެވެ. އެހެންނަމަވެސް ޙަރާމް ޙަލާލްކަމާމެދު ޝައްކުވާކަންކަންކުރުމުގައި ހިތްނުތަނަވަސްވުން އޮންނާނެއެވެ.”

 

އިމާމު ނަވަވީގެ 40 ޙަދީޘް – އެހެންބައިތައް