الحديث الخامس عشر:
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللَّهِ صلى الله عليه و سلم قَالَ: ((مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ، وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ جَارَهُ، وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ ضَيْفَهُ(( [رَوَاهُ الْبُخَارِيُّ وَمُسْلِم]
މާނައީ: އަބޫ ހުރައިރާ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “ﷲއަށާއި އާޚިރަތްދުވަހަށް އީމާންވާމީހާ ދަންނައެވެ. ފަހެ އޭނާ ހެޔޮބަސް ބުނާށެވެ. ނޫންނަމަ، ހަނުހުންނާށެވެ. އަދި ﷲއަށާއި އާޚިރަތްދުވަހަށް އީމާންވާމީހާ ދަންނައެވެ. ފަހެ އޭނާގެ އަވަށްޓެރިންނަށް ހެޔޮކޮށް ހިތާށެވެ. އަދި ﷲއަށާއި އާޚިރަތްދުވަހަށް އީމާންވާމީހާ ދަންނައެވެ. ފަހެ އޭނާގެ މެހެމާނުންނަށް ހެޔޮކޮށް ހިތާށެވެ.”
الحديث السادس عشر:
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَجُلًا قَالَ لِلنَّبِيِّ صلى الله عليه و سلم أَوْصِنِي. قَالَ: ((لَا تَغْضَبْ))، فَرَدَّدَ مِرَارًا، قَالَ: ((لَا تَغْضَبْ)) [رَوَاهُ الْبُخَارِيُّ]
މާނައީ: އަބޫ ހުރައިރާ رضي اللّه عنه ރިވާކުރެއްވިއެވެ. ނަބިއްޔާ ﷺ އަރިހުގައި މީހަކު ދެންނެވިއެވެ. “ވަޞިއްޔަތެއް ކޮށްދެއްވާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ރުޅި އިސްނުކުރާށެވެ.” ދެން އެތައް ފަހަރަކު އެފަދައިން ތަކުރާރުކުރެއްވިއެވެ. (ކޮންމެ ފަހަރަކުވެސް) ޙަދީޘްކުރެއްވިއެވެ. “ރުޅި އިސްނުކުރާށެވެ.”