الحديث السابع عشر:
عَنْ أَبِي يَعْلَى شَدَّادِ بْنِ أَوْسٍ رَضِيَ اللهُ عَنْهُ عَنْ رَسُولِ اللَّهِ صلى الله عليه و سلم قَالَ: ((إنَّ اللَّهَ كَتَبَ الْإِحْسَانَ عَلَى كُلِّ شَيْءٍ، فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ، وَإِذَا ذَبَحْتُمْ فَأَحْسِنُوا الذِّبْحَةَ، وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ، وَلْيُرِحْ ذَبِيحَتَهُ(( [رَوَاهُ مُسْلِم]
މާނައީ: އަބޫ ޔަޢުލާ ޝައްދާދު ބިން އައުސް رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން، ކޮންމެކަމެއް ކުރާއިރުވެސް އިޙްސާންތެރިވުމަށް، ﷲވަނީ ތިޔަބައިމީހުންގެ މައްޗަށް ކަނޑައަޅުއްވާފައެވެ. ފަހެ ތިޔަބައިމީހުން ޤަތުލުކުރާ ހިނދު އިޙްސާންތެރިކަމާއެކު ޤަތުލުކުރާހުށިކަމެވެ. އަދި ތިޔަބައިމީހުން ކަތިލާ ހިނދުވެސް އިޙްސާންތެރިކަމާއެކު ކަތިލާހުށިކަމެވެ. އަދި ތިޔަބައިމީހުންކުރެ މީހަކު (އެއްޗެއް ކަތިލާނަމަ)، ކަތިލުމަށް ބޭނުންކުރާ އެތީގެ މިއަ ތޫނުކޮށް އަދި އެމީހަކު އެ ކަތިލާ އެއްޗަކަށް ފަސޭހަވާގޮތަށް ކަތިލާހުށިކަމެވެ.”
الحديث الثامن عشر:
عَنْ أَبِي ذَرٍّ جُنْدَبِ بْنِ جُنَادَةَ، وَأَبِي عَبْدِ الرَّحْمَنِ مُعَاذِ بْنِ جَبَلٍ رَضِيَ اللَّهُ عَنْهُمَا، عَنْ رَسُولِ اللَّهِ صلى الله عليه و سلم قَالَ: ((اتَّقِ اللَّهَ حَيْثُمَا كُنْت، وَأَتْبِعْ السَّيِّئَةَ الْحَسَنَةَ تَمْحُهَا، وَخَالِقْ النَّاسَ بِخُلُقٍ حَسَنٍ((
[رَوَاهُ التِّرْمِذِيُّ وَقَالَ: حَدِيثٌ حَسَنٌ، وَفِي بَعْضِ النُّسَخِ: حَسَنٌ صَحِيح]
މާނައީ: އަބޫ ޛައްރު ޖުންދުބު ބުން ޖުނާދާއާއި އަބޫ އަބްދުއްރަޙްމާނު މުޢާޛު ބުން ޖަބަލު رضي اللّه عنهما ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “ތިބާވީ ކޮންމެތަނެއްގައިމެ ﷲއަށް ތަޤުވާވެރިވާށެވެ. އަދި ނުބައިކަމެއް ކުރެވިއްޖެނަމަ، އެކަމާ ވިދިގެން ހެޔޮކަމެއް ކުރާހުށިކަމެވެ. އެ ހެޔޮކަން، ނުބައިކަން ފޮހެލާނެއެވެ. އަދި މީހުންނާ މުޢާމަލާތްކުރާއިރު، ރިވެތި އަޚްލާޤުން މުޢާމަލާތްކުރާށެވެ.”