މިކަންކަމަކީ ﷲ ތަޢާލާއާ މެދު ނުބައި ހީކުރުމުގެ ތެރެއިން ހިމެނޭ ކަންކަމަށްވަނީ އެފަދަ މީހަކު އެވަނީ ﷲ ތަޢާލާގެ ރިވެތި އިސްމުފުޅުތަކާއި ސިފަފުޅުތަކާ ޚިލާފުކަންތައްތަކެއް އެއިލާހަށް ވާކަމަށް ހީކޮށްފައެވެ. އެކަންކަމަކީ އެއިލާހުގެ ރިވެތިކަމާއި ފުރިހަމަވަންތަކަމާ ޚިލާފުކަންކަމެވެ. ފަހެ އެއިލާހަށް ލިބިވޮޑިގެންވާ ޙަމްދާއި ޢިއްޒަތާ އަދި ޙިކުމަތްވަންތަކަމާ މިކަންކަން އެކަށީގެންނުވެއެވެ.
އަދި ގިނަމީހުން ﷲ އާ މެދު ނުބައި ހީކުރުންތައް ހީކުރަނީ އެއްވެސް ޙައްޤަކާ ނުލައެވެ. އެއީ އެބައިމީހުންގެ އަމިއްލަ ކަންކަމުގައްޔާ އަދި އެއިލާހު އެހެން މީހުންނާ މެދު ކުރައްވާ ކަންކަމުގައެވެ. ﷲ ތަޢާލާއާއި އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކާއި ޙިކުމަތްފުޅު ނިޔާކުރާގޮތް މަޢުރިފާކޮށް ދެނެގަންފި މީހަކު މެނުވީ އެކަމުން ސަލާމަތް ނުވެއެވެ.
އައްޝައިޚް މުޙައްމަދު ބުން ޢަބްދުލްވައްހާބު ވިދާޅުވިއެވެ.
“ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ސިފަފުޅުތަކާ އަދި އެއިލާހުގެ ނަފްސުފުޅު މަޢުރިފާކޮށް ދެނެގަންފި މީހަކު މެނުވީ އެކަމުން ސަލާމަތްނުވާ ހުއްޓެވެ.” [1]
_______________________
[1] مسائل كتاب التوحيد ص: 474
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.