الحديث العشرون:
عَنْ ابْنِ مَسْعُودٍ عُقْبَةَ بْنِ عَمْرٍو الْأَنْصَارِيِّ الْبَدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه و سلم ((إنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلَامِ النُّبُوَّةِ الْأُولَى: إذَا لَمْ تَسْتَحِ فَاصْنَعْ مَا شِئْت)) [رواه البخاري]
މާނައީ: އަބޫ މަސްޢޫދު، ޢުޤްބާ ބިން ޢަމްރު އަލްއަންޞާރީ އަލްބަދްރީ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން އިހުޒަމާނުގައި (އެބަހީ: ނަބިއްޔާ ﷺ ، ނަބީކަމާއިގެން ފޮނުއްވުމުގެ ކުރިން) އުޅުއްވި ނަބީބޭކަލުންގެ ބަސްފުޅުތަކުގެ ތެރެއިން، މީސްތަކުންނާ ހަމައަށް ފޯރި ބަސްފުޅުތަކުގެ ތެރޭގައިވެއެވެ. ތިބާ ލަދުވެތިނުވާނަމަ، ފަހެ ތިބާ ބޭނުންކަމެއް ކުރާނެއެވެ.”
الحديث الحادي والعشرون:
عَنْ أَبِي عَمْرٍو وَقِيلَ: أَبِي عَمْرَةَ سُفْيَانَ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ قَالَ: “قُلْت: يَا رَسُولَ اللَّهِ! قُلْ لِي فِي الْإِسْلَامِ قَوْلًا لَا أَسْأَلُ عَنْهُ أَحَدًا غَيْرَك؛” قَالَ: ((قُلْ: آمَنْت بِاَللَّهِ ثُمَّ اسْتَقِمْ.)) [رواه مسلم]
މާނައީ: އަބޫ ޢަމްރު، ސުފްޔާނު ބުން ޢަބްދުﷲ رضي اللّه عنه ގެ އަރިހުން ރިވާވެގެންވެއެވެ. – އަދި އެކަލޭގެފާނުގެ ކުންޔާއަކީ އަބޫ ޢަމްރާ ކަމަށްވެސް ބުނެވެއެވެ. – ތިމަންކަލޭގެފާނު ދެންނެވީމެވެ. “އޭ ﷲގެ ރަސޫލާއެވެ! އިސްލާމްދީނުގައިވާ ކަންތައްތަކުގެ ތެރެއިން، ކަލޭގެފާނު ފިޔަވާ އެހެން އެއްވެސް މީހެއްގެ ގާތުގައި، އަހަންނުޖެހޭ ބަހެއް ތިމަންކަލޭގެފާނަށް ބުނެދެއްވާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲ އަށް، އަހަރެން އީމާންވެއްޖައީމޭ ބުނާށެވެ. ދެން އެގޮތުގެ މަތީގައި ޘާބިތުވާށެވެ.”
الحديث الثاني والعشرون:
عَنْ أَبِي عَبْدِ اللَّهِ جَابِرِ بْنِ عَبْدِ اللَّهِ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُمَا: أَنَّ رَجُلًا سَأَلَ رَسُولَ اللَّهِ صلى الله عليه و سلم فَقَالَ: أَرَأَيْت إذَا صَلَّيْت الْمَكْتُوبَاتِ، وَصُمْت رَمَضَانَ، وَأَحْلَلْت الْحَلَالَ، وَحَرَّمْت الْحَرَامَ، وَلَمْ أَزِدْ عَلَى ذَلِكَ شَيْئًا؛ أَأَدْخُلُ الْجَنَّةَ؟ قَالَ: ((نَعَمْ)). [رواه مسلم]
މާނައީ: އަބޫ ޢަބްދު ﷲ، ޖާބިރު ބުން ޢަބްދު ﷲ އަލްއަންޞާރީ رضي اللّه عنهما ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ގެ އަރިހުގައި މީހަކު ސުވާލު ދެންނެވިއެވެ. ތިމަން ފަރުޟު (ފަސް) ނަމާދުކޮށް، ރަމަޟާން މަހު ރޯދަ ހިފައި، ޙަލާލު ކަންތައްތައް ޙަލާލުކަމުގައި ބަލައިގަނެ، އަދި ޙަރާމް ކަންތައްތައް ޙަރާމްކަމުގައި ބަލައިގަނެ، އޭގެ އިތުރަށް އެއްވެސް ކަމެއް ނުކުރިޔަސް، ތިމަން ސުވަރުގެ ވަންނާނެކަމުގައި ދެކެވަޑައިގަންނަވަމުތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އާދޭހެވެ.”
ޙަރާމްކަންތައް ޙަރާމްކުރުމުގެ މާނައަކީ އެކަންކަމުން ދުރުވުމެވެ. ޙަލާލު ކަންތައް ޙަލާލުކުރުމަކީ އެކަމަކީ ޙަލާލްކަމެއްކަމުގައި ޤަބޫލުކުރާ ޙާލު އެކަމެއްކުރުމެވެ.