الحديث الرابع والعشرون:
عَنْ أَبِي ذَرٍّ الْغِفَارِيِّ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِيمَا يَرْوِيهِ عَنْ رَبِّهِ تَبَارَكَ وَتَعَالَى، أَنَّهُ قَالَ: ((يَا عِبَادِي: إنِّي حَرَّمْت الظُّلْمَ عَلَى نَفْسِي، وَجَعَلْته بَيْنَكُمْ مُحَرَّمًا؛ فَلَا تَظَالَمُوا. يَا عِبَادِي! كُلُّكُمْ ضَالٌّ إلَّا مَنْ هَدَيْته، فَاسْتَهْدُونِي أَهْدِكُمْ. يَا عِبَادِي! كُلُّكُمْ جَائِعٌ إلَّا مَنْ أَطْعَمْته، فَاسْتَطْعِمُونِي أُطْعِمْكُمْ. يَا عِبَادِي! كُلُّكُمْ عَارٍ إلَّا مَنْ كَسَوْته، فَاسْتَكْسُونِي أَكْسُكُمْ. يَا عِبَادِي! إنَّكُمْ تُخْطِئُونَ بِاللَّيْلِ وَالنَّهَارِ، وَأَنَا أَغْفِرُ الذُّنُوبَ جَمِيعًا؛ فَاسْتَغْفِرُونِي أَغْفِرْ لَكُمْ. يَا عِبَادِي! إنَّكُمْ لَنْ تَبْلُغُوا ضُرِّي فَتَضُرُّونِي، وَلَنْ تَبْلُغُوا نَفْعِي فَتَنْفَعُونِي. يَا عِبَادِي! لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَتْقَى قَلْبِ رَجُلٍ وَاحِدٍ مِنْكُمْ، مَا زَادَ ذَلِكَ فِي مُلْكِي شَيْئًا. يَا عِبَادِي! لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَفْجَرِ قَلْبِ رَجُلٍ وَاحِدٍ مِنْكُمْ، مَا نَقَصَ ذَلِكَ مِنْ مُلْكِي شَيْئًا. يَا عِبَادِي! لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ قَامُوا فِي صَعِيدٍ وَاحِدٍ، فَسَأَلُونِي، فَأَعْطَيْت كُلَّ وَاحِدٍ مَسْأَلَته، مَا نَقَصَ ذَلِكَ مِمَّا عِنْدِي إلَّا كَمَا يَنْقُصُ الْمِخْيَطُ إذَا أُدْخِلَ الْبَحْرَ. يَا عِبَادِي! إنَّمَا هِيَ أَعْمَالُكُمْ أُحْصِيهَا لَكُمْ، ثُمَّ أُوَفِّيكُمْ إيَّاهَا؛ فَمَنْ وَجَدَ خَيْرًا فَلْيَحْمَدْ اللَّهَ، وَمَنْ وَجَدَ غَيْرَ ذَلِكَ فَلَا يَلُومَن إلَّا نَفْسَهُ)). [رواه مسلم]
މާނައީ: އަބޫ ޛައްރު رضي اللّه عنه ރިވާކުރެއްވިއެވެ. ﷲ عزّ وجلّ ގެ ޙަޟްރަތުން ﷲގެ ރަސޫލާ ﷺ، ރިވާކުރައްވާފައިވާ (ޤުދުސިއްޔަ) ޙަދީޘެއްގައިވެއެވެ. ހަމަކަށަވަރުން އެއިލާހު ވަޙީކުރެއްވިއެވެ.
“އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަންއިލާހުގެ ނަފްސުފުޅުގެ މައްޗަށް އަނިޔާވެރިކަން ތިމަންއިލާހު ޙަރާމްކުރެއްވީމެވެ. އަދި ތިޔަބައިމީހުންގެ މެދުގައިވެސް އެކަން ޙަރާމްކަމެއްކަމުގައި ލެއްވީމެވެ. ފަހެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިނުވާށެވެ.
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިމަންއިލާހު އެމީހަކަށް ހިދާޔަތު (ތެދުމަގު) ދެއްކެވިމީހަކު ފިޔަވައި ތިޔަބައިމީހުން އެންމެންނަކީވެސް މަގުފުރެދިފައިވާ ބަޔެކެވެ. ފަހެ، ތިމަންއިލާހުގެ ޙަޟްރަތުން ހިދާޔަތު ދެއްކެވުމަށް އެދޭށެވެ. އޭރުން ތިޔަބައިމީހުންނަށް ހިދާޔަތު ދައްކަވާހުށީމެވެ.
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިމަންއިލާހު އެމީހަކަށް ކާންދެއްވިމީހަކު ފިޔަވައި ތިޔަބައިމީހުން އެންމެންނަކީވެސް ބަނޑުހައިވެފައިވާ ބަޔެކެވެ. ފަހެ ތިޔަބައިމީހުން ތިމަންއިލާހުގެ ޙަޟްރަތުން ކާނާ ދެއްވުމަށް އެދޭށެވެ. އޭރުން ތިމަންއިލާހު ތިޔަބައިމީހުންނަށް ކާނާ ދެއްވާހުށީމެވެ.
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިމަންއިލާހު ފޭރާންދެއްވި މީހަކު ފިޔަވައި ތިޔަބައިމީހުން އެންމެންނަކީވެސް ފޭރާމެއް ނެތް ބަޔެކެވެ. ފަހެ ތިމަންއިލާހުގެ ޙަޟްރަތުން ފޭރާން ދެއްވުމަށް އެދޭށެވެ. އޭރުން ތިމަންއިލާހު ތިޔަބައިމީހުންނަށް ފޭރާން ދެއްވާހުށީމެވެ.
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުން ރެޔާއި ދުވާލު ކުށްކުރެއެވެ. އަދި ތިމަންއިލާހު ހުރިހައި ފާފައެއްވެސް ފުއްސަވާ ދެއްވަމެވެ. ފަހެ، ތިމަންއިލާހުގެ ޙަޟްރަތުން ފާފަ ފުއްސަވައިދެއްވުމަށް އެދޭށެވެ. އޭރުން ތިޔަބައިމީހުންނަށް ފާފަ ފުއްސަވައި ދެއްވާހުށީމެވެ.
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަންއިލާހަށް ގެއްލުމެއް ދޭން އުޅެގެން ތިޔަބައިމީހުންނަކަށް ތިމަންއިލާހަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި ތިމަންއިލާހަށް މަންފާއެއް ފޯރުކޮށްދޭން އުޅެގެން ތިޔަބައިމީހުންނަކަށް ތިމަންއިލާހަށް މަންފާއެއްވެސް ފޯރުކޮށެއް ނުދެވޭނެއެވެ.
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ ފުރަތަމަ މީހާއާއި ފަހު މީހާއާއި އިންސީންނާ އަދި ޖިންނީންވެސް (އެބަހީ: ހުރިހާ އެންމެންވެސް)، ތިޔަބައިމީހުން ކުރެ އެންމެ ތަޤުވާވެރި ހިތުގެވެރިޔާ ފަދައިންވީ ނަމަވެސް ދަންނައެވެ. އޭގެ ސަބަބުން ތިމަންއިލާހުގެ ވެރިކަމަށް އެއްވެސް އެއްޗެއް އިތުރެއް ނުވާނެއެވެ.
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ ފުރަތަމަ މީހާއާއި ފަހު މީހާއާއި އިންސީންނާ އަދި ޖިންނީންވެސް (އެބަހީ: ހުރިހާ އެންމެންވެސް)، ތިޔަބައިމީހުން ކުރެ އެންމެ ފާޖިރު ހިތުގެވެރިޔާ ފަދައިންވީ ނަމަވެސް ދަންނައެވެ. އޭގެ ސަބަބުން ތިމަންއިލާހުގެ ވެރިކަމުން އެއްވެސް އެއްޗެއް އުންޏެއް ނުވާނެއެވެ.
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ ފުރަތަމަ މީހާއާއި ފަހު މީހާއާއި އިންސީންނާ އަދި ޖިންނީންވެސް (އެބަހީ: ހުރިހާ އެންމެންވެސް)، އެއް ފަސްގަނޑަކަށް އެއްވެ، ތިމަންއިލާހުގެ ޙަޟްރަތުގައި ކޮންމެ މީހަކުވެސް އެމީހަކު އެދޭކަމަކަށް ދެންނެވުމުން، އެއިން ކޮންމެ މީހަކަށްމެ އެމީހަކު އެއެދުނުކަމެއް ތިމަންއިލާހު ދެއްވިކަމުގައިވިޔަސް ދަންނައެވެ. ތިނޯހެއް ކަނޑަށްލާފައި ނެގުމުން އެކަނޑުން މަދުވާ މިންވަރަށްވެސް ތިމަންއިލާހުގެ ޙަޟްރަތުގައިވާ އެއްޗެއް އުންޏެއް ނުވާނެއެވެ. (އެބަހީ: އެއްވެސް މިންވަރެއް އުންޏެއް ނުވާނެއެވެ.)
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންނަށްޓަކައި ތިމަންއިލާޙު ހިސާބު ކުރައްވާހުށީ ތިޔަބައިމީހުން ކުޅަ ޢަމަލުތަކެވެ. ދެން (އޭގެ ޖަޒާ) ތިޔަބައިމީހުންނަށް ފުރިހަމައަށް ދެއްވާހުށީމެވެ. ފަހެ، ޢަމަލުތަކުގެ ތެރޭގައި ހެޔޮޢަމަލު ފެނުނުމީހާ ދަންނައެވެ. އޭނާ ﷲއަށް ޙަމްދުކުރާހުށިކަމެވެ. އަދި އެނޫން ނަތީޖާ ލިބުނުމީހާ ދަންނައެވެ. (އެބަހީ: އަބާއްޖަވެރިޔާ ދަންނައެވެ.) ތިބާގެ އަމިއްލަ ނަފުސަށް މެނުވީ ބަދުބަސް ނުބުނާށެވެ.”
އިމާމު ނަވަވީގެ 40 ޙަދީޘް – އެހެންބައިތައް