[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަޙިމުގެ ގުޅުން ޤާއިމުކުރުން 2

އަދި މުސްލިމުންނަށް އެއީ މާ ބޮޑުކަމެއްކަމުގައި ނުވާނެއެވެ. އަދި ތިމާގެ މީހުންނީ އެބަޔަކަށް އޭނާ އަޅާލާ، ބަލަހައްޓާ، މާތްކޮށްހިތާ އަދި ޙިމާޔަތްދިނުން އެންމެ އައުލާވެގެންވާ މީހުންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِي كِتَابِ اللَّـهِ ۗ إِنَّ اللَّـهَ بِكُلِّ شَيْءٍ عَلِيمٌ﴾ [سورة الأنفال ٧٥]

މާނައީ: “އަދި ﷲގެ ފޮތުގައި ކަނޑައަޅުއްވާފައިވާ ގޮތުގައި، ގާތްތިމާގެ މީހުން އޭގެ އެއްބަޔަކު އަނެއްބަޔަކާ އައުލާކަން ބޮޑެވެ. ހަމަކަށަވަރުން، ﷲ އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

… ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ދުނިޔަވީ ޙަޔާތުގައި ތައުފީޤު ލިބޭކަމެކެވެ. އަދި އެއީ މުދާ އިތުރުކޮށްދޭކަމެކެވެ. އޭގެ ސަބަބުން ﷲ ތަޢާލާ އެމީހަކު ޢިއްޒަތްތެރިކުރައްވައެވެ. އަދި އެބައިމީހުންނާ ގުޅުން ބޭއްވުމަކީ އަޅުކަންތައްތަކުގެ ތެރެއިން އެންމެ މަތިވެރި އެއް އަޅުކަމެވެ.

ޢަމްރު ބުން ދީނާރު ވިދާޅުވިއެވެ.

“ފަރުޟުކަންތައްތައް އަދާކުރުމަށް އަޅާ ފިޔަވަޅަށް ފަހު، އެންމެ ބޮޑު ދަރުމައެއް ލިބޭ ކަމަކީ ރަޙިމުގެ ގުޅުން ޤާއިމުކުރުމަށް އަޅާ ފިޔަވަޅަށެވެ.”

އަދި ތިބާގެ ގާތް ތިމާގެ މީހުންނީ ތިބާގެ ހަށިގަނޑުގެ ބައެކެވެ. ފަހެ އެބައިމީހުންނަށް ތިބާ އިޙްސާންތެރިވެއްޖެނަމަ އެ އިޙްސާންތެރިވެވެނީ ތިބާގެ އަމިއްލަ ނަފްސަށެވެ. އަދި އެބައިމީހުންގެ ކަންކަމުގައި ދަހިވެތިވެއްޖެނަމަ އެ ދަހިވެތިވެވެނީ ތިބާގެ އަމިއްލަ ނަފްސަށެވެ…

_______________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް