الحديث السادس والعشرون:
عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: ((كُلُّ سُلَامَى مِنْ النَّاسِ عَلَيْهِ صَدَقَةٌ، كُلَّ يَوْمٍ تَطْلُعُ فِيهِ الشَّمْسُ تَعْدِلُ بَيْنَ اثْنَيْنِ صَدَقَةٌ، وَتُعِينُ الرَّجُلَ فِي دَابَّتِهِ فَتَحْمِلُهُ عَلَيْهَا أَوْ تَرْفَعُ لَهُ عَلَيْهَا مَتَاعَهُ صَدَقَةٌ، وَالْكَلِمَةُ الطَّيِّبَةُ صَدَقَةٌ، وَبِكُلِّ خُطْوَةٍ تَمْشِيهَا إلَى الصَّلَاةِ صَدَقَةٌ، وَتُمِيطُ الْأَذَى عَنْ الطَّرِيقِ صَدَقَةٌ)) [رواه البخاري ومسلم]
މާނައީ: އަބޫ ހުރައިރާ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
“އިރު އަރާ ކޮންމެ ދުވަހަކުވެސް، ކޮންމެ މީހެއްގެ މައްޗަށް ޞަދަޤާތެއްވެއެވެ. (ފަހެ އެމީހެއްގެ) ކޮންމެ ހުޅަކުންވެސް ޞަދަޤާތްކުރާ ހުށިކަމެވެ. ދެމީހެއްގެ ދެމެދުގައި ޢަދުލުވެރިކަމާއެކު ޞުލްޙަކުރުވުމަކީ ޞަދަޤާތެކެވެ. އަދި މީހަކަށް އޭނާގެ ސަވާރީގައި އެހީތެރިވެ، އޭނާ އެއަށް އަރުވައިދީ ނުވަތަ އޭނާގެ ސާމާނު އެއަށް އަރުވައިދިނުމީ ޞަދަޤާތެކެވެ. އަދި ހެޔޮބަހެއް ބުނުމީ ޞަދަޤާތެކެވެ. އަދި ނަމާދަށް އަޅާ ކޮންމެ ފިޔަވަޅަކީ ޞަދަޤާތެކެވެ. އަދި މަގުމަތީގައި މީހުންނަށް އުނދަގޫވާނޭހެން ހުންނަ ތަކެތި އެއްފަރާތްކުރުމަކީ ޞަދަޤާތެކެވެ.”
الحديث السابع والعشرون:
عَنْ النَّوَّاسِ بْنِ سَمْعَانَ رضي الله عنهما عَنْ النَّبِيِّ صلى الله عليه وسلم قَالَ: ((الْبِرُّ حُسْنُ الْخُلُقِ، وَالْإِثْمُ مَا حَاكَ فِي صَدْرِك، وَكَرِهْت أَنْ يَطَّلِعَ عَلَيْهِ النَّاسُ)) [رَوَاهُ مُسْلِمٌ]
وَعَنْ وَابِصَةَ بْنِ مَعْبَدٍ رضي الله عنه قَالَ: أَتَيْت رَسُولَ اللَّهِ صلى الله عليه وسلم،
فَقَالَ: ((جِئْتَ تَسْأَلُ عَنْ الْبِرِّ؟))
قُلْت: نَعَمْ.
فقَالَ: ((استفت قلبك، الْبِرُّ مَا اطْمَأَنَّتْ إلَيْهِ النَّفْسُ، وَاطْمَأَنَّ إلَيْهِ الْقَلْبُ، وَالْإِثْمُ مَا حَاكَ فِي النَّفْسِ وَتَرَدَّدَ فِي الصَّدْرِ، وَإِنْ أَفْتَاك النَّاسُ وَأَفْتَوْك))
[حَدِيثٌ حَسَنٌ، رويْنَاهُ في مُسْنَدَي الْإِمَامَيْنِ أَحْمَدَ بْنِ حَنْبَلٍ، وَالدَّارِمِيّ بِإِسْنَادٍ حَسَنٍ]
މާނައީ: އައްނައްވާސް ބުން ސަމްޢާނު رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ހެޔޮކަމަކީ ޚުލްޤު ރިވެތިވުމެވެ. އަދި ފާފައަކީ ނަފުސު އެކަމާ ދެކޮޅުހަދާ އަދި (ތިބާއެކަމުގައި ވަނިކޮށް) މީސްތަކުންނަށް ފެންނަން ނޭދޭ ކަންކަމެވެ.
އަދި ވާބިޞާ ބުން މަޢުބަދު رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ގެ އަރިހަށް ތިމަންނަކަލޭގެފާނު ވަޑައިގެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަ ވަޑައިގަތީ ހެޔޮކަމާ އަދި ފާފައާ ބެހޭގޮތުން ސުވާލުކުރައްވަން ހެއްޔެވެ؟ ތިމަންކަލޭގެފާނު ދެންނެވީމެވެ. އާދޭހެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިބާގެ ހިތާ ސުވާލުކުރައްވާާށެވެ. ހެޔޮކަމަކީ ތިބާގެ ނަފްސާއި ހިތް، އެކަމާމެދު ހަމަޖެހިގެންވާ ކަންކަމެވެ. އަދި ފާފައަކީ، ނަފްސު އެކަމަކާ ދެކޮޅުހަދާ އަދި ހިތްނުތަނަވަސްވާ ކަންކަމެވެ. (އެ ނޫން ގޮތަކަށް) ކިތަންމެ ވަރަކަށް މީހުން ފަތުވާ ދީ ހެދިކަމުގައި ވިޔަސް މެއެވެ.”
الحديث الثامن والعشرون:
عَنْ أَبِي نَجِيحٍ الْعِرْبَاضِ بْنِ سَارِيَةَ رضي الله عنه قَالَ: وَعَظَنَا رَسُولُ اللَّهِ صلى الله عليه وسلم مَوْعِظَةً وَجِلَتْ مِنْهَا الْقُلُوبُ، وَذَرَفَتْ مِنْهَا الْعُيُونُ، فَقُلْنَا: يَا رَسُولَ اللَّهِ! كَأَنَّهَا مَوْعِظَةُ مُوَدِّعٍ فَأَوْصِنَا،
قَالَ: ((أُوصِيكُمْ بِتَقْوَى اللَّهِ، وَالسَّمْعِ وَالطَّاعَةِ وَإِنْ تَأَمَّرَ عَلَيْكُمْ عَبْدٌ، فَإِنَّهُ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ؛ فَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ))
[رَوَاهُ أَبُو دَاوُدَ، وَاَلتِّرْمِذِيُّ وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ]
މާނައީ: އަބޫ ނަޖީޙު، އަލްޢިރްބާޟު ބިން ސާރިޔާ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ތިމަން ބޭކަލުންނަށް (ވަރަށް އަސަރުގަދަ) ވަޢުޡުދެއްވިއެވެ. އޭގެ ސަބަބުން ހިތްތައް މަޑުމޮޅިވެ، ލޯތަކުން ކަރުނަ އޮހޮރިގެން ދިޔައެވެ. ފަހެ ތިމަންބޭކަލުން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ތިޔައީ އަލްވަދާޢު ކިޔުމުގެގޮތުން ދެއްވި ވަޢުޡެއްފަދައެވެ. ފަހެ، ތިމަންބޭކަލުންނަށް ވަޞިއްޔަތް ކޮށްދެއްވާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
“ﷲއަށް ތަޤުވާވެރިވުމަށް ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް އަޅަކު ވެރިއަކަށް އިސްކުރެވުނުކަމުގައި ވިޔަސް އަޑުއަހައި ކިޔަމަންވާށެވެ. ފަހެ ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ފަހު، ތިޔަބައިމީހުން ކުރެ ދިރިހުރެއްޖެމީހަކު ދަންނައެވެ. އޭނާއަށް ގިނަ ޚިލާފުތައް ފެންނާނެއެވެ. ފަހެ ތިމަންކަލޭގެފާނުގެ ސުންނަތާއި ތެދުމަގުލިބިވަޑައިގެންތިއްބެވި ޚަލީފާއިންގެ ސުންނަތުގައި ތިޔަބައިމީހުން ހިފާށެވެ. ތިޔަބައިމީހުންގެ ކޮލުދަތްތަކުން އޭގައި ގަދައަށް ހިފަހައްޓާށެވެ. އަދި އަލަށް އުފެދޭ ކަންކަމާމެދު (ބިދުޢަތަކާމެދު) ރައްކާތެރިވެ ތިބޭށެވެ. ފަހެ ހަމަކަށަވަރުން ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.”