[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (31)

މިއީ ޝަރުޢުކުރެވިފައިވާ ކަމެއްތޯ ސުވާލުކުރި މީހާ ދަންނައެވެ. ފަހެ، މިއީ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. އަދި މިއީ ނަބިއްޔުންނާއި ޞާލިޙުންގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. ﷲ އާއި އެއިލާހުގެ ރަސޫލާ އަމުރުކުރައްވާފައިވާ ފަދައިން ޝައިޠާނާގެ ކިބައިން އާދަމުގެ ދަރީން ރައްކާތެރިކޮށްދެއްވުމުގައި ނަބިއްޔުންނާއި ޞާލިޙުން ދެމި ތިއްބެވިއެވެ. އަލްމަސީޙް (ޢީސާގެފާނު) އެފަދައިން ޢަމަލުކުރެއްވިއެވެ. އަދި އަޅުގަނޑުމެންގެ ނަބިއްޔާ صلى الله عليه وسلم ވެސް އެފަދައިން ޢަމަލުކުރެއްވިއެވެ.

ފަހެ، އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި އަދި އަބޫދާއޫދު އެކަލޭގެފާނުގެ ސުނަނުގައި مَطَر بْنِ عَبْدِ الرَّحْمَنِ الْأَعْنَقِ ގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. أُمُّ أَبَانَ بِنْتُ الْوَازِعِ بْنِ زَارِعٍ بن عَامِرٍ العبدي އެކަމަނާގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ.

أَنَّ جَدَّهَا الزَّارِعَ انْطَلَقَ إلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَانْطَلَقَ مَعَهُ بِابْنٍ لَهُ مَجْنُونٍ – أَوْ ابْنِ أُخْتٍ لَهُ – قَالَ جَدِّي: فَلَمَّا قَدِمْنَا عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قُلْت: إنَّ مَعِي ابْنًا لِي – أَوْ ابْنَ أُخْتٍ لِي – مَجْنُونٌ، أَتَيْتُك بِهِ تَدْعُو اللَّهَ لَهُ. قَالَ: ((ائْتِنِي بِهِ)) قَالَ: فَانْطَلَقْت بِهِ إلَيْهِ وَهُوَ فِي الرِّكَابِ، فَأَطْلَقْت عَنْهُ وَأَلْقَيْت عَنْهُ ثِيَابَ السَّفَرِ وَأَلْبَسْته ثَوْبَيْنِ حَسَنَيْنِ، وَأَخَذْت بِيَدِهِ حَتَّى انْتَهَيْت بِهِ إلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ: ((اُدْنُهُ مِنِّي، اجْعَلْ ظَهْرَهُ مِمَّا يَلِينِي)) قَالَ: بِمَجَامِعِ ثَوْبِهِ مِنْ أَعْلَاهُ وَأَسْفَلِهِ، فَجَعَلَ يَضْرِبُ ظَهْرَهُ حَتَّى رَأَيْت بَيَاضَ إبِطَيْهِ، وَيَقُولُ: ((اُخْرُجْ عَدُوَّ اللَّهِ! اُخْرُجْ عَدُوَّ اللَّهِ!)) فَأَقْبَلَ يَنْظُرُ نَظَرَ الصَّحِيحِ لَيْسَ بِنَظَرِهِ الْأَوَّلِ، ثُمَّ أَقْعَدَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَيْنَ يَدَيْهِ، فَدَعَا لَهُ بِمَاءِ فَمَسَحَ وَجْهَهُ وَدَعَا لَهُ، فَلَمْ يَكُنْ فِي الْوَفْدِ أَحَدٌ بَعْدَ دَعْوَةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَفْضُلُ عَلَيْهِ .

[مجمع الزوائد 9/5 ، 6 وقال الهيثمي: “رواه الطبري، وأم أبان لم يرو عنها غير مطر.” والحديث لم نعثر عليه في المسند ولا في سنن أبي داود.]

މާނައީ: ހަމަކަށަވަރުން އެކަމަނާގެ ކާފާފުޅު، الزَّارِع ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތެވެ. އަދި (ކާފާފުޅުގެ) ދަރިކަލަކު -ނުވަތަ އުޚްތެއްގެ ދަރިކަލަކު- ވެސް ވަޑައިގަތެވެ. އެއީ މޮޔަ ކުއްޖެކެވެ. ކާފަ ދެންނެވިއެވެ. “ފަހެ ތިމަންމެންނަށް ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް ދެވުމުން ދެންނެވީމެވެ. ތިމަންގެ ދަރިއަކުވެއެވެ. -ނުވަތަ އުޚްތެއްގެ ދަރިއަކުވެއެވެ.- އެއީ މޮޔަ ކުއްޖެކެވެ. ތިމަން މިއައީ ﷲ ޙަޟްރަތުގައި ކަލޭގެފާނު އެކުއްޖާއަށްޓަކައި ދުޢާކޮށްދެއްވުން އެދިއެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެކުއްޖާ ތިމަންކަލޭގެފާނުގެ އަރިހަށް ގެންނާށެވެ.”

(ކާފާފުޅު) ދެންނެވިއެވެ. ފަހެ، އެކުއްޖާގެ ކައިރިއަށް ދިޔައީމެވެ. އެކުއްޖާ އިނީ ޖަމަލު މަތީގައެވެ. ފަހެ، އެކުއްޖާ އެއިން ބާލާ، ދަތުރުމަތީގައި ލައިގެން އުޅުނު ހެދުން ބަދަލުކޮށް ރީތި ދެހެދުން ލެއްވީމެވެ. އަދި އެކުއްޖާގެ އަތުގައި ހިފައިގެން ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް ދިޔައީމެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެކުއްޖާ ތިމަންކަލޭގެފާނުގެ އަރިހަށް ގެންނާށެވެ. އަދި އެކުއްޖާގެ ބުރަކަށި ތިމަންކަލޭގެފާނާ ދިމާއަށްވާ ގޮތަށް ބަހައްޓާށެވެ. (ކާފާފުޅު) ދެންނެވިއެވެ. އެކުއްޖާގެ ހެދުން މައްޗަށް ނެންގެވުމަށްފަހު، އެކަލޭގެފާނުގެ ކިހިލިފަތީގެ ހުދުކަން ފެންނަވަރަށް ދެއަތް އުފުއްލަވާ، އެކުއްޖާގެ ބުރަކަށީގައި ޖެއްސެވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. “އޭ ﷲގެ ޢަދުއްވު! ނުކުންނާށެވެ. އޭ ﷲގެ ޢަދުއްވު! ނުކުންނާށެވެ.” ދެން އެކުއްޖާ ކުރިން ހުރިގޮތާ ޚިލާފަށް ހެޔޮ ޙާލުގައިވާ މީހެއްފަދައިން މީހުންނާ ދިމާއަށް ބަލަން ފަށައިފިއެވެ. ދެން އެއަށްފަހު އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކުއްޖާ ބޭންދެވިއެވެ. އަދި އެކުއްޖާއަށް ފެންފޮދެއް ގެނެސްދިނުމަށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ފަހެ އެފެނުން އެކުއްޖާގެ މޫނުގައި ފުއްސެވިއެވެ. އަދި އެކުއްޖާއަށްޓަކައި ދުޢާކޮށްދެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ގެ ދުޢާއަށްފަހު އެވަފުދުގައި އެކުއްޖާއަށްވުރެ މަތިވެރި އެއްވެސް މީހަކު ނުވެއެވެ.”

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް