[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 2

ނަބިއްޔާ صلى الله عليه وسلم ކޮންމެ ދުވަހަކުވެސް އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ އަރިހަށް ވެދެވަޑައިގެން މުނިއަވަސް ފިލުއްވައި ހެއްދެވިއެވެ:

 

އެކަލޭގެފާނުގެ އެއްވެސް އަނިބިކަނބަލަކަށް އެކަލޭގެފާނާ ދިމާނުވެގެން ނުފެނިގެން އުޅެން ނުޖެހޭހާ ގިނައިން އެކަނބަލުންގެ އަރިހަށް ވެދެވަޑައިގެން ހައްދަވައެވެ. އެގޮތުން ނަބިއްޔާ صلى الله عليه وسلم ކޮންމެ ދުވަހެއްގެ ހެނދުނުގެ ކުރީކޮޅުގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުނަށް ޒިޔާރަތް ކުރައްވައެވެ. އެކަން ބަޔާންކުރައްވައި އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ:

“وكان رسول الله صلى الله عليه وسلم إذا صلى الصبح جلس في مصلاه ، وجلس الناس حوله حتى تطلع الشمس ثم يدخل على نسائه امرأة امرأة يسلم عليهن ويدعو لهن. فإذا كان يوم إحداهن كان عندها”. (الطبراني في المعجم الأوسط: 8764. وسكت عنه الحافظ)

“ރަސޫލުﷲ صلى الله عليه وسلم ފަތިސްނަމާދު ކުރައްވާ ނިމިވަޑައިގަތުމުން އެކަލޭގެފާނު ނަމާދުކުރެއްވި ތަނުގައި އިށީނދެވަޑައިގެން އިންނަވާކަމުގައިވެއެވެ. އަދި މީސްތަކުން (ވެސް) އެކަލާގެފާނުގެ އަރިހުގައި އިރުއަރަންދެން ތިއްބަވައެވެ. ދެން އެއަށްފަހު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ސަލާމްގޮވާލައްވާޙާލު އެގޭގެއަށް ވަކިވަކިން ވަދެވަޑައިގަންނަވައެވެ. އަދި އެކަނބަލުންނަށް (ހެޔޮ) ދުޢާކޮށްދެއްވަވައެވެ. އަދި އެދުވަހަކު އެކަނބަލެއްގެ ގޭގައި މަޑުކުރަން ކަނޑައެޅިފައިވާ އަނބިކަނބަލެއްގެ އަރިހުގައި އެކަލޭގެފާނު މަޑުކުރައްވައެވެ”.

އަދި ހަމަ އެފަދައިން ދުވާލުގެ ފަހުކޮޅުގައިވެސް އެކަލޭގެފާނު އެމަގުން ކަންތައްކުރައްވާ ކަމުގައިވެއެވެ. ޢާއިޝާ رضي الله عنه ރިވާކުރައްވާފައިވާފައިވެއެވެ.

“وَكَانَ إِذَا انْصَرَفَ مِنَ الْعَصْرِ دَخَلَ عَلَى نِسَائِهِ …” (البخاري: 5216، ومسلم: 1474…)

“ރަސޫލުﷲ صلى الله عليه وسلم ޢަޞްރުނަމާދު ކުރެއްވުމަށްފަހު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން އަރިހަށް ވަޑައިގަންނަވާކަމުގައިވެއެވެ. އަދި އެއިން އެއް އަނބިކަނބަލަކާ ކައިރިވެވަޑައިގަންނަވާ ކަމުގައި ވެއެވެ”.

މިތަނުގައި “ކައިރިވެވަޑައިގަންނަވާ ކަމުގައިވެ” އޭ ބުނެވޭ ބަހުގެ މާނައަކީ ބޮސްދެއްވުމެވެ. އަދި ޖިމާޢު ނުވެ ލޯބިކުރެއްވުމެވެ”. (عمدة القاري: 30/92)

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 1