[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (32)

އިމާމް އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި ރިވާކުރައްވާފައިވެއެވެ.

ޢަބްދުﷲ ބުން ނުމައިރުގެ އަރިހުން، ޢުޘްމާން ބުން ޙަކީމުގެ އަރިހުން، ޢަބްދުއްރަޙްމާން ބުން ޢަބްދުލްޢަޒީޒްގެ އަރިހުން، ޔަޢުލާ ބުން މުއްރާގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

لَقَدْ رَأَيْت مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثَلَاثًا مَا رَآهَا أَحَدٌ قَبْلِي، وَلَا يَرَاهَا أَحَدٌ بَعْدِي، لَقَدْ خَرَجْت مَعَهُ فِي سَفَرٍ حَتَّى إذَا كُنَّا بِبَعْضِ الطَّرِيقِ مَرَرْنَا بِامْرَأَةٍ جَالِسَةٍ مَعَهَا صَبِيٌّ لَهَا، فَقَالَتْ: يَا رَسُولَ اللَّهِ، هَذَا صَبِيٌّ أَصَابَهُ بَلَاءٌ وَأَصَابَنَا مِنْهُ بَلَاءٌ، يُؤْخَذُ فِي الْيَوْمِ مَا أَدْرِي كَمْ مَرَّةً، قَالَ: ((نَاوِلِينِيهِ)) فَرَفَعْته إلَيْهِ، فَجَعَلَهُ بَيْنَهُ وَبَيْنَ وَاسِطَةِ الرَّحْلِ، ثُمَّ فَغَرَ فَاهُ فَنَفَثَ فِيهِ ثَلَاثًا، وَقَالَ: ((بِسْمِ اللَّهِ أَنَا عَبْدُ اللَّهِ اخْسَأْ عَدُوَّ اللَّهِ)) ثُمَّ نَاوَلَهَا إيَّاهُ، فَقَالَ: أَلْقِينَا فِي الرَّجْعَةِ فِي هَذَا الْمَكَانِ فَأَخْبِرِينَا مَا فَعَلَ، قَالَ: فَذَهَبْنَا وَرَجَعْنَا فَوَجَدْنَاهَا فِي ذَلِكَ الْمَكَانِ مَعَهَا شِيَاهٌ ثَلَاثٌ، فَقَالَ: ((مَا فَعَلَ صَبِيُّك؟)) فَقَالَتْ: وَاَلَّذِي بَعَثَك بِالْحَقِّ مَا حَسَسْنَا مِنْهُ شَيْئًا حَتَّى السَّاعَةَ فَاجْتَرِرْ هَذِهِ الْغَنَمَ، قَالَ: ((انْزِلْ خُذْ مِنْهَا وَاحِدَةً وَرُدَّ الْبَقِيَّةَ .)) وَذَكَرَ الْحَدِيثَ بِتَمَامِهِ.  [أحمد 4/58]

މާނައީ: ހަމަކަށަވަރުން ތިމަންކަލޭގެފާނަށް އޭގެ ކުރިންވެސް އަދި އޭގެފަހުންވެސް އެއްވެސް މީހެއްގެ ކިބައިން ނުފެންނަ ތިން ކަމެއް ރަސޫލުﷲ صلى الله عليه وسلم ގެ ކިބައިން ފެނުނެވެ. އެކަލޭގެފާނުގެ އަރިހުގައި ދަތުރެއްގައި ތިމަންކަލޭގެފާނު ނުކުތީމެވެ. ދަތުރުކުރަމުން ދިޔަ މަގުގެ ވަކި ހިސާބަކުން، ކުޑަ ކުއްޖެއް ގޮވައިގެން އިން އަންހެނަކާ ބައްދަލުވިއެވެ. ފަހެ، އެއަންހެންމީހާ ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. މިކުއްޖާއަށް މިވަނީ އުނދަގުލެއް މެދުވެރިވެފައެވެ. އަދި އެކުއްޖާގެ ސަބަބުން ތިމަންމެންނަށްވެސް އުނދަގޫ ޖެހިއްޖެއެވެ. އެކުއްޖާ މޮޔަވަނީ ދުވާލަކު ކިތައްފަހަރު ކަމެއްވެސް ނޭނގެއެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެކުއްޖާ ތިމަންކަލޭގެފާނުގެ އަރިހަށް ގެންނާށެވެ.”

އެއަންހެންމީހާ އެކުއްޖާ އުފުލައިލާ އެކަލޭގެފާނުގެ ސަވާރީގައި ބޭންދިއެވެ. ދެން އެކަލޭގެފާނު އެކުއްޖާގެ އަނގަ ހުޅުވުމަށްފަހު، ތިންފަހަރު އެކުއްޖާގެ އަނގައަށް ފުމެލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. “ﷲ ގެ އިސްމުފުޅުން ފަށަމެވެ. ތިމަންކަލޭގެފާނީ ﷲ ގެ އަޅާއެވެ. އޭ ﷲ ގެ ޢަދާވާތްތެރިޔާ، ނިކަމެތިވާށެވެ.”

ދެން އެކުއްޖާ އެއަންހެން މީހާއަށް ދެއްވައިފިއެވެ. އަދި ޙަދީޘްކުރެއްވިއެވެ.

ތިމަންކަލޭގެފާނު އެނބުރި އަންނައިރު މިތަނުން ބައްދަލުކުރާށެވެ. އަދި ވީގޮތެއް ބުނެދޭށެވެ.

ވިދާޅުވިއެވެ. ފަހެ ތިމަންބޭކަލުން އެތަނުން ދިޔުމަށްފަހު އެނބުރި ރުޖޫޢަވިއިރު އެއަންހެން މީހާއާ ބައްދަލުވިއެވެ. އޭނާ އައީ ތިން ބަކަރި ހިފައިގެންނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

“ކުޑަކުއްޖާގެ ޚަބަރަކީ ކޮބާ ހެއްޔެވެ؟”

އެއަންހެނާ ބުންޏެވެ.

“ޙައްޤާއިގެން ކަލޭގެފާނު ފޮނުއްވި އިލާހު ގަންދީ ބުނަމެވެ. އެފަދަ އެއްވެސްކަމެއް މިވަޤުތާ ޖެހެންދެންވެސް ނުވެއެވެ. ފަހެ މިބަކަރިތައް ގެންދަވާށެވެ. 

(ޞަޙާބީ ބޭކަލަކަށް) އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

“ފައިބާފައި، އެއް ބަކަރި ނަގާފައި ބާކީބައި އަނބުރާ ދޭށެވެ.”

ދެން މިޙަދީޘް އެކީ ބަޔާންކުރެއްވިއެވެ.

أَنَّ امْرَأَةً جَاءَتْ إلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَعَهَا صَبِيٌّ لَهَا بِهِ لَمَمٌ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ((اُخْرُجْ عَدُوَّ اللَّهِ أَنَا رَسُولُ اللَّهِ)) قَالَ: فَبَرَأَ، قَالَ: فَأَهْدَتْ إلَيْهِ كَبْشَيْنِ، وَشَيْئًا مِنْ أَقِطٍ، وَشَيْئًا مِنْ سَمْنٍ. قَالَ: فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ((خُذْ الْأَقِطَ وَالسَّمْنَ وَخُذْ أَحَدَ الْكَبْشَيْنِ وَرُدَّ عَلَيْهَا الْآخَرَ.)) [أحمد 4/172]

މާނައީ: ކުޑަ ކުއްޖަކު ގޮވައިގެން އަންހެނަކު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އައެވެ. އެކުއްޖާވަނީ މޮޔަވެފައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އޭ ﷲގެ ޢަދާވާތްތެރިޔާއެވެ. ނުކުންނާށެވެ. ތިމަންކަލޭގެފާނީ ﷲ ގެ ރަސޫލާއެވެ.”

އެކަލޭގެފާނު ވިދާޅުވިއެވެ. ދެން ފަހެ އެކުއްޖާ ރަނގަޅުވެއްޖެއެވެ. އަދި އެކަލޭގެފާނަށް ދެކަންބަޅިއާއި އަޤިއްޠުކޮޅަކާ އަދި އަދި ސަރުބީ ކޮޅެއްވެސް ދިނެވެ. (އަޤިއްޠުއަކީ ކިރުން ހަދާފައި ހުންނަ ކާނާއެކެވެ.) ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

“އަޤިއްޠުއާއި ސަރުބީ ނަގާށެވެ. އަދި ދެކަންބަޅިން އެއް ކަންބަޅި ނަގާފައި އަނެއް ކަންބަޅި އަނބުރާ ދޭށެވެ.”

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް