[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (33)

ثنَا عَبْدُ الرَّزَّاقِ، أَخْبَرَنَا مَعْمَرٌ؛ عَنْ عَطَاءِ بْنِ السَّائِبِ؛ عَنْ عَبْدِ اللَّهِ بْنِ حَفْصٍ، عَنْ يَعْلَى بْنِ مُرَّةَ الثَّقَفِيِّ قَالَ: ثَلَاثَةُ أَشْيَاءَ رَأَيْتهنَّ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَذَكَرَ الْحَدِيثَ، وَفِيهِ قَالَ: ثُمَّ سِرْنَا فَمَرَرْنَا بِمَاءٍ فَأَتَتْهُ امْرَأَةٌ بِابْنٍ لَهَا بِهِ جِنَّةٌ، فَأَخَذَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِمَنْخَرِهِ فَقَالَ: ((اُخْرُجْ إنِّي مُحَمَّدٌ رَسُولُ اللَّهِ))

قَالَ: ثُمَّ سِرْنَا فَلَمَّا رَجَعْنَا مِنْ سَفَرِنَا مَرَرْنَا بِذَلِكَ الْمَاءِ فَأَتَتْهُ الْمَرْأَةُ بِجَزَرٍ وَلَبَنٍ، فَأَمَرَهَا أَنْ تَرُدَّ الْجَزَرَ، وَأَمَرَ أَصْحَابَهُ فَشَرِبُوا مِنْ اللَّبَنِ، فَسَأَلَهَا عَنْ الصَّبِيِّ فَقَالَتْ: وَاَلَّذِي بَعَثَك بِالْحَقِّ مَا رَأَيْنَا مِنْهُ رَيْبًا بَعْدَك. [أحمد 4/173]

ޢަބްދުއްރައްޒާޤު ރިވާކުރައްވާފައިވެއެވެ…

ރަސޫލުﷲ صلى الله عليه وسلم ގެ ކިބައިން ފެނިވަޑައިގަތް ތިންކަމެއް، ޛިކުރު ކުރައްވާފައިވާ ޙަދީޘެއް ޔަޢުލާ ބުން މުއްރާ އައްޘަޤަފީގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެޙަދީޘްގައި (ޔަޢުލާ) ވިދާޅުވެފައިވެއެވެ. ދެން ފަހެ، ތިމަންމެން ފެންގަނޑެއްގެ ކައިރިން ކުރިއަށް ދަނިކޮށް އެތަނަށް އަންހެނަކު އައެވެ. އެމީހާއާކު ޖިންނިމޮޔަވެފައިވާ ކުޑަކުއްޖަކު ވިއެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم އެކުއްޖާގެ ނޭފަތުގައި ހިއްޕަވާ ޙަދީޘްކުރެއްވިއެވެ. “ނުކުންނާށެވެ. ތިމަންކަލޭގެފާނީ ﷲ ގެ ރަސޫލާ މުޙައްމަދެވެ.”

(ޔަޢުލާ) ވިދާޅުވިއެވެ. “ދެން ތިމަންމެން ކުރިއަށް ދިޔައީމެވެ. ފަހެ، ތިމަންމެން އެނބުރި އައި އިރު އައީ އެފެންގަނޑު ކައިރިންނެވެ. ފަހެ، އެއަންހެންމީހާ ކެރެޓުކޮޅަކާއި ކިރު ފޮދެއް ހިފައިގެން އެތަނަށް އައެވެ. ފަހެ، އެމީހާއަށް ކެރެޓްތައް ރައްދުކުރުމަށް އެކަލޭގެފާނުގެ އަޞްޙާބުންނަށް އަމުރުކުރެއްވިއެވެ. އަދި އެކަލޭގެފާނާއި އަޞްޙާބުން ކިރުފޮދު ހިއްޕެވިއެވެ. ދެން ކުޑަކުއްޖާއާ ބެހޭގޮތުން ސުވާލު ކުރެއްވިއެވެ. ފަހެ އެއަންހެންމީހާ ދެންނެވިއެވެ. “ޙައްޤާއިގެން ކަލޭގެފާނު ފޮނުއްވި އިލާހު ގަންދީ ބުނަމެވެ. ކަލޭގެފާނު ވަޑައިގެންނެވިފަހުން އެފަދަ ކަމެއް ނުފެނެއެވެ.”

ނަބީބޭކަލުންގެ އަރިހުގައި ޝައިޠާނުންނަށް އެފަދަކަމެއް ނުކުރެވޭނެކަމަށާއި ނަބީބޭކަލުން އެފަދަ ކަމެއް ކުރެއްވިކަން އަހަރުމެންނާ ހަމައަށް ފޯރާފައި ނުވާކަމަށް ދެކޭމީހަކު ދަންނައެވެ. އެފަދަ ކަމެއް އަހަރުމެންގެ ގާތުގައި ހިނގުމުން އަހަރުމެންނަށް ﷲ ތަޢާލާއާއި އެއިލާހުގެ ރަސޫލާ އަމުރުކުރައްވާފައިވަނީ އަނިޔާލިބިފައިވާ މީހާއަށް އެހީތެރިވުމަށެވެ. އަދި މުޞީބާތުގައިވާ މީހުންގެ ކިބައިން އެކަންކަން ދުރުކުރުމެވެ. އަދި މުސްލިމުންނަށް ފައިދާހުރި ކަންކަންކޮށްދިނުމަށެވެ.

ޞަޙީޙް ބުޚާރީއާއި ޞަޙީޙް މުސްލިމްގައި ރިވާވެގެން އައިސްފައިވާ ޙަދީޘުން ފާތިޙާ ސޫރަތުން ރުޤްޔާ ކުރެއްވިކަން ޘާބިތުވެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

((وَمَا أَدْرَاك أَنَّهَا رُقْيَةٌ)) [البخاري في الإمارة (2276) ومسلم في السلام (2201/65)]

މާނައީ: “އެއީ ރުޤްޔާއެއްކަން އެނގުނީ ކިހިނެތް ހެއްޔެވެ؟”

އަދި މީހެއްގެ ގަޔަށް ދިރޭ އެއްޗެއް ކަށިޖެހުމުން، ރުޤްޔާކޮށްގެން އެމީހާއަށް ޝިފާ ލިބުމުން، އެކަމަށްޓަކައި އެމީހާ ދިން ތަކެތި ހިފުމަށް އެކަލޭގެފާނު އިޛުނަ ދެއްވިއެވެ. އަދި އެކަލޭގެފާނު ނަމާދަށް ހުންނަވަނިކޮށް އެނަމާދު މެދުކަނޑާލުމަށް މަސައްކަތްކުރި ޝައިޠާނާއަށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((أَعُوذُ بِاَللَّهِ مِنْك أَلْعَنُك بِلَعْنَةِ اللَّهِ التَّامَّةِ ثَلَاثَ مَرَّاتٍ)) [مسلم في المساجد ومواضع الصلاة 542/40]

މާނައީ: “ތިބާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް ﷲގެ ޙަޟްރަތުގައި އެދެމެވެ. ﷲގެ ލަޢުނަތުން ކަލެއަށް ލަޢުނަތްދެމެވެ.” ތިން ފަހަރު އެފަދައިން ޙަދީޘްކުރެއްވިއެވެ.

އަދި މިއީ އިންސާނުންގެ ތެރެއިން ކާފިރު، ފާޖިރު، އަނިޔާވެރިންގެ ކިބައިން ދިފާޢުވުންފަދަ ކަމެކެވެ…

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް