ކަމަކާމެދު ޖިންނީންނާ ސުވާލުކުރުމާ އަދި ޖިންނީންނާ ވާހަކަދައްކާމީހުންނާ ސުވާލުކުރުމާމެދު ދަންނައެވެ. އެމީހުން ދައްކާ ކޮންމެ ވާހަކައެއް ތެދުކޮށް، އަދި އޭގެ ސަބަބުން އެސުވާލުކުރެވޭ މީހުންނަށް މާތްކޮށް ހިތާނަމަ އެއީ ޙަރާމްކަމެކެވެ. އެއީ ޞަޙީޙު މުސްލިމުގައާއި އަދި އެނޫންވެސް ފޮތްތަކުގައި (ޙަދީޘްތަކުން) ޘާބިތުވެފައިވާ ފަދައިންނެވެ.
عَنْ مُعَاوِيَةَ بْنِ الْحَكَمِ السُّلَمِي قَالَ: قُلْت: يَا رَسُولَ اللَّهِ، أُمُورًا كُنَّا نَصْنَعُهَا فِي الْجَاهِلِيَّةِ، كُنَّا نَأْتِي الْكُهَّانَ، قَالَ: ((فَلَا تَأْتُوا الْكُهَّانَ)) [مسلم في السلام (2227/121)]
މާނައީ: މުޢާވިޔާ ބުން ޙަކަމްގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ޖާހިލިއްޔަ ޒަމާނުގައި ތިމަން ބޭކަލުން ކަމެއްކޮށް އުޅުނީމެވެ. ތިމަން ބޭކަލުން ކާހިނުންގެ ގާތަށް ދިޔައީމެވެ. ޙަދީޘްކުރެއްވިއެވެ.
“ފަހެ ކާހިނުންގެ ގާތަށް ނުދާށެވެ.”
وَفِي صَحِيحِ مُسْلِمٍ أَيْضًا عَنْ عُبَيْدِ اللَّهِ؛ عَنْ نَافِعٍ؛ عَنْ صَفِيَّةَ؛ عَنْ بَعْضِ أَزْوَاجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيْءٍ لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ يَوْمًا)) [مسلم في السلام (2230/125) بلفظ: ((أربعين ليلة))]
އަދި ޞަޙީޙު މުސްލިމުގައިވާ އެހެން ރިވާޔަތެއްގައިވެއެވެ. ނަބިއްޔާ ގެ އަރިހުން އެކަލޭގެފާނުގެ ބައެއް އަނބިކަނބަލުން ރިވާކުރެއްވިއެވެ. އެކަނބަލުންގެ އަރިހުން ޞަފިއްޔާ ރިވާކުރެއްވިއެވެ. އެކަމަނާގެ އަރިހުން ނާފިޢު ރިވާކުރެއްވިއެވެ. އަދި ނާފިޢުގެ އަރިހުން ޢުބައިދުﷲ ރިވާކުރެއްވިއެވެ. ނަބިއްޔާ ޙަދީޘްކުރެއްވިއެވެ.
“ފާލަބަލާ މީހެއްގެ ގާތަށް ގޮސް، ކަމަކާމެދު ސުވާލުކޮށްފިމީހަކު ދަންނައެވެ. އެމީހެއްގެ ސާޅީސް ދުވަހުގެ ނަމާދު ޤަބޫލުނުވެވޭ ހުއްޓެވެ.”
އަދި އެހެން ލަފްޒެއްގައިވެއެވެ.
“ސާޅީސް ރޭގެ ނަމާދު (ޤަބޫލުނުވެވޭ ހުއްޓެވެ.)” …
=ނިމުނީ=
މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.