ޢިލްމުގެ އަހުލުވެރިންގެ މަޖުލިސްތަކަށް ޙާޟިރުވުމަށް މަލާއިކަތް ބޭކަލުން ލޯބިކުރައްވައެވެ. އަދި އެބޭކަލުންގެ ފިޔަފުޅުތަކުން އެތަން ވަށާލައްވައެވެ. އަދި އުޑާއި ބިމުގައި ވާހާ ބަޔަކު އެބައިމީހުންނަށް ފާފަފުއްސެވުމަށް އެދި ދަންނަވައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((مَنْ سَلَكَ طَرِيقًا يَبْتَغِي فِيهِ عِلْمًا سَلَكَ اللَّهُ بِهِ طَرِيقًا إِلَى الجَنَّةِ، وَإِنَّ الْمَلاَئِكَةَ لَتَضَعُ أَجْنِحَتَهَا رِضَاءً لِطَالِبِ العِلْمِ، وَإِنَّ العَالِمَ لَيَسْتَغْفِرُ لَهُ مَنْ فِي السَّمَوَاتِ وَمَنْ فِي الأَرْضِ حَتَّى الحِيتَانُ فِي الْمَاءِ،وَفَضْلُ العَالِمِ عَلَى العَابِدِ، كَفَضْلِ القَمَرِ عَلَى سَائِرِ الكَوَاكِبِ، إِنَّ العُلَمَاءَ وَرَثَةُ الأَنْبِيَاءِ، إِنَّ الأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلاَ دِرْهَمًا إِنَّمَا وَرَّثُوا العِلْمَ، فَمَنْ أَخَذَ بِهِ أَخَذَ بِحَظٍّ وَافِرٍ)) [رواه الترمذي]
މާނައީ:”ޢިލްމު (އެބަހީ ޝަރުޢީ ޢިލްމު) ޙާޞިލްކުރުމުގެ މަގެއް ހޯދައިފިމީހާ ދަންނާށެވެ. އޭނާއަށް ސުވަރުގެދިޔުމުގެ މަގެއް ﷲ ޞުބުޙާނަހޫވަތަޢާލާ ތަނަވަސްކޮށްދެއްވާނެއެވެ. އަދި ހަމަކަށަވަރުން ކިޔަވާކުއްޖާގެ ކަންތައްތަކަށް ރުއްސަވާހާލު މަލާއިކަތްބޭކަލުން، އެބޭކަލުންގެ ފިޔަފުޅުތައް ކިޔަވާކުއްޖާއަށްޓަކައި ފަތުރުއްވާލައްވައެވެ. އަދި ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާ ބަޔަކާއި، ކަނޑުގައިވާ މަސްމަހާމެއްސަށްދާންދެން ޢިލްމުވެރިޔާގެ ފާފަ ފުއްސަވާދެއްވުމަށް އެދި ދަންނަވައެވެ. އަދި ހަމަކަށަވަރުން ތަރިތަކުގެ މައްޗަށް، ހަނދު މަތިވެރިވެގެންވާ ފަދައިން، އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާ، މަތިވެރިވެގެންވެއެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ވާރުތަ މުދަލެއްގެ ގޮތުން، ދީނާރެއް ދިރުހަމެއް ދޫނުކުރައްވައެވެ. އެބޭކަލުން ވާރުތަ މުދަލެއްގެ ގޮތުން ދޫކުރައްވާފައިވަނީ ޢިލްމެވެ. ފަހެ އެ ޢިލްމު ލިބިގެންފިމީހާ ބޮޑުވެގެންވާ ނަޞީބަކުން ނަޞީބު ލިބިގެންފިއެވެ.”
_________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް