ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން ދެކެ ލޯބިފުޅު ވެވަޑައިގަންނަވާކަން އެކަނބަލުންގެ ޙާޒިރުގައި ފާޅުކުރައްވާ ކަމުގައި ވިއެވެ:
ލޯތްބަކީ ހަމައެކަނި ޢަމަލުން ދައްކަން ޖެހޭ އެއްޗެއް ނޫންކަމާއި، ޢަމަލުގެ އިތުރުން ދުލުންވެސް އެއިޙްސާސު ބަޔާންކުރައްޖެހޭކަން ނަބިއްޔާ صلى الله عليه وسلم ވަނީ އެކަލޭގެފާނުގެ އުއްމަތަށް ދައްކަވާފައެވެ.
އެގޮތުން ޢާއިޝާ رضي الله عنها އެކަލޭގެފާނާ އެކުގައި ރަޖާކޮޅު ދަށުގައި އޮންނަވަނިކޮށް ނަބިއްޔާ صلى الله عليه وسلم ގެ ލޮބިވެތި ދަރިކަނބަލުން ފާޠިމާ رضي الله عنها ވަޑައިގެން ދެކެވުނު ވާހަކަފުޅުގެ ތެރޭގައި އެކަމަނާއަށް ޙަދީޘްފުޅު ކުރެއްވިއެވެ:
“أَيْ بُنَيَّةُ أَلَسْتِ تُحِبِّينَ مَا أُحِبُّ؟”. “އޭ ދަރިފުޅާއެވެ. ތިމަންކަލޭގެފާނު ލޯބިފުޅުވާ ފަރާތްތެއް ދެކެ ކަމަނާ ލޯބިފުޅު ނުވަންތޯއެވެ”. ޖަވާބުގައި ފާޠިމާ رضي الله عنها ވެސް ވިދާޅުވިއެވެ: “ނޫނެކެވެ. (ލޯބިވެވަޑައިގަންނަވަމެވެ)”. البخاري (2581) ، ومسلم (2442).
މި ޙަދީޘުން ލިބޭ އިތުރު ފިލާވަޅަކީ ދަރިން ކުރިމަތީގައިވެސް އެމީހަކު އެމީހެއްގެ އަނބިމީހާ ދެކެ ލޯބިވާކަން ބަޔާންކުރުމަކީ ސުންނަތުން ސާބިތުވާކަމެއް ކަމުގަކެވެ. އެއީ އެއްވެސް ޙާލެއްގައި ދަށު ދަރަޖައިގެ، އަދަބާ ޚިލާފު ނުވަތަ ބޭއަދަބީ ކަމެއް ނޫންކަމެވެ.
ނުނިމޭ…

















