[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު ހޯދުމަށްޓަކައި ބީރައްޓެހިވުން 3

ބީރައްޓެހިވެފައިވާމީހާ ﷲ އަށް ތެދުވެރިވެއްޖެނަމަ، އެބީރައްޓެހިކަމާ ކުރިމަތިލުމަށް، ﷲ ތަޢާލާ އެމީހެއްގެ މޭ ތަނަވަސްކޮށްދެއްވާނެއެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ވެދެވަޑައިގެންނެވީ ﷲ އަށް ތެދުވެރިވާ ޙާލު، އެއިލާހަށްޓަކައެވެ. އަދި އެއިލާހުގެ ރުއްސެވުން އެދިވަޑައިގެންނެވެ. ފަހެ އޭގެ ސަބަބުން އެކަލޭގެފާނަށް ބާރާއި ކާމިޔާބު ލިބިވަޑައިގަތެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން ޙާޞިލުވިއެވެ.

އެއާ ޚިލާފަށް އަޙްޒާބު ހަނގުރާމައިގެ ދުވަހު، އެކަލޭގެފާނުގެ ޢަދާވާތްތެރިން އެއްވެސް ތެދުވެރިކަމެއްނެތި މަދީނާއަށް ވަނުމަށް ދިމާކުރުމުން، ފަހެ ނިކަމެތިކަމާއި ހަލާކާ ކުރިމަތިލާން ޖެހުނެވެ. އެބައިމީހުން އެކަންކުރީ ﷲ އަށް ތެދުވެރިވުމެއް ނެތިއެވެ. އަދި އެއިލާހަށްޓަކައެއްވެސް ނޫނެވެ. އަދި ކިއެއްހެއްޔެވެ. އެބައިމީހުން އެކަންކުރީ ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އާ ދެކޮޅުވެރިވުމަށްޓަކައެވެ.

ކޮންމެ މީހެއްވެސް އެމީހެއްގެ ގެ ދޫކޮށް އެހެން ރަށަކަށް ދާހުށީ ދެގޮތުންކުރެ އެއްގޮތަކަށެވެ. އެއީ ތެދުވެރިކަމާއެކުއެވެ. ނުވަތަ ތެދުވެރިކަމެއް ނެތިއެވެ. ފަހެ އެޙާލަތުގައި އެމީހެއް އެކަމެއް އެކުރިގޮތެއްގެ ނިމުމާ އެމީހަކާ ބައްދަލުވާ ހުއްޓެވެ.

ﷲ ތަޢާލާ އަޅަކު މަތިވެރިކުރެއްވުމަށް އެދިވޮޑިގަންނަވާނަމަ އެންމެ ފުރަތަމަ އެމީހަކު އިމްތިޙާނުކުރައްވައެވެ. ފަހެ އޭނާ ﷲ ގެ ޙަޟްރަތަށް ރުޖޫޢަވެ، އެއިލާހުގެ ޙަޟްރަތަށް ދަންނަވައި ހެޔޮޢަމަލުކޮށް އެއިލާހާ ކުއްތަންވެއްޖެނަމަ އެމީހަކު އުފުއްލަވައެވެ. އެކަންވާހުށީ އެމީހަކު ﷲ ގެ ޙަޟްރަތަށް ރުޖޫޢަވި މިންވަރަކަށެވެ.

ފަހެ ބީރައްޓެއްސެއްގެ ގޮތުގައި އުޅެން ޖެހުމުން އެކަމާ ހިތާމަނުކުރާށެވެ. އަދި އެކަމުގައި ހުރި މުޞީބާތްކަމާމެދު ކެތްތެރިކަން ކުޑަވިޔަ ނުދޭށެވެ. ފަހެ އެކަމުގައި ޢިލްމުވެރިންވަނީ ވަރަށް ބޮޑެތި އުނދަގޫތަކާއި ދަތިތަކާ ކުރިމަތިލައްވާފައެވެ. އޭގެ ސަބަބުން ދީން އުނގެނުމުގައި އެބޭކަލުންގެ ހަރުދަނާކަންވެގެން ދިޔައީ އިތުރެވެ. އަދި އެކަމުގެ ސަބަބުން އެމަތިވެރި ބޭކަލުންގެ ކޮނޑުމަތީގައި މިދީން މިވަނީ ޙިމާޔާތްވެފައެވެ.

ފަހެ އެބޭކަލުން އެހިންގެވި މަގުން ހިނގާށެވެ. ބީރައްޓެހިވެފައިވާ ހިނދު ތިބާ ތިޔަ ހިނގަނީ އެބޭކަލުންގެ ފިޔަވަޅު މަތީގައެވެ. އަދި އެކަމުގައި ﷲ ގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ. އަދި އެއިލާހަށް ކިޔަމަންގަނެ އެއިލާހަށް ރައްކާތެރިވާށެވެ. އޭރުން އެއިލާހު ތިބާ ރައްކާތެރިކުރައްވާނެއެވެ. އަދި ރަށުގައިވާ ތިބާގެ ޢާއިލާގެ މީހުންވެސް އެއިލާހު ރައްކާތެރިކޮށްދެއްވާނެއެވެ. އަދި ތިބާގެ އެކަނިވެރިކަންވެސް ފިލައިގެން ގޮސްދާނެއެވެ.

 

_________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް