[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުﷲ صلى اللّه عليه وسلم ގެ ދަރިކަނބަލުން ޒައިނަބު رضي الله عنها

ޒައިނަބު رضي الله عنها އަކީ ރަސޫލުﷲ صلى اللّه عليه وسلم ގެ ދޮށީ ދަރިކަނބަލުންނެވެ. އެކަމަނާގެ މަންމާފުޅު، ޚަދީޖާ رضي الله عنها ގެ ޙަޔާތްޕުޅުގައި އެކަމަނާގެ މަންމަފަރާތު ބޮޑުދައިތަގެ ދަރިކަލުން އަބުލްޢާޞްއާ ކައިވެނި ބައްލަވައިގެންނެވިއެވެ. އަދި އެކަމަނާއަށް ދެބޭފުޅުން ލިބިލެއްވިއެވެ. އެއީ އުމާމާ އާއި ޢަލީއެވެ. ފާޠިމަތުގެފާނު އަވަހާރަވުމުން ޢަލީގެފާނު އުމާމާއާ ކައިވެނި ބައްލަވައިގެންނެވިއެވެ. އަދި ފަތަޙައިގެ ދުވަހު ނަބިއްޔާ صلى اللّه عليه وسلم ގެ ސަވާރީގެ ފަހަތުގައި އިންނެވީ ޢަލީ ބުން ޢަބުލްޢާސްއެވެ. ލަފާކުރެވޭގޮތުގައި ޢަލީވަނީ ތުއްޕުޅުއިރު އަވަހާރަވެފައެވެ.

އަބުލްޢާޞް ޒައިނަބުގެފާނާ ކައިވެނިބައްލަވައިގެންނެވީ ރަސޫލުﷲ صلى اللّه عليه وسلم ނަބީކަމާއިގެން ފޮނުއްވުމުގެ ކުރިންނެވެ. ޒައިނަބުގެފާނު އިސްލާމްވެވަޑައިގެންނެވުމަށްފަހު ހިޖުރަ ކުރެއްވިއެވެ. އެއީ ފިރިކަލުން އިސްލާމުވުމުގެ ހައަހަރު ކުރިންނެވެ.

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އަބުލްޢާޞް މުޝްރިކެއްގެ ގޮތުގައި ބަދުރު ހަނގުރާމައިގައި ބައިވެރިވިއެވެ. އަދި ޢަބްދުﷲ ބުން ޖުބައިރުލް އަންޞާރިއްޔު، އަބުލްޢާޞް އަސީރުކުރެއްވިއެވެ.

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. މައްކާގެ އަހުލުވެރިން އެބައިމީހުންގެ ތެރެއިން އަސީރު ކުރެވުނު މީހުންގެ ފިދުޔަ ފޮނުވިއެވެ. ރަސޫލުﷲ صلى اللّه عليه وسلم ގެ ދަރިކަނބަލުން ޒައިނަބު އަބުލްޢާޞް ބުނުލް ރަބީޢުގެ ފިދުޔައެއްގެ ގޮތުގައި ހާރެއް ފޮނުއްވިއެވެ. އެއީ އެކަމަނާ އަބުލްޢާޞްއާ ކައިވެނި ބައްލަވައިގެންނެވުމުން ޚަދީޖާ رضي الله عنها ދެއްވި ހާރެކެވެ. ފަހެ، ރަސޫލުﷲ އަށް އެހާރު ފެނިވަޑައިގަތުމުން އެކަލޭގެފާނަށް ވަރަށް އަޘަރުކުރައްވައި ހިތްޕުޅު މަޑުވެގެންދިޔައެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«إِنْ رَأَيْتُمْ أَنْ تُطْلِقُوا لَهَا أَسِيرَهَا، وَتَرُدُّوا عَلَيْهَا الَّذِي لَهَا»

މާނައީ: ” އެކަމަނާގެ އަސީރު ދޫކޮށްލައްވާ އެކަމަނާއަށްވާ އެތި (އެބަހީ: ހާރު) އެކަމަނާއަށް ރައްދު ކުރެއްވުމަށް ތިޔަބޭކަލުންނަށް ފެނިވަޑާއިގަންނަވާ ހެއްޔެވެ؟”

އެހިނދު އެކަލޭގެފާނުގެ ޞަޙާބީން ދެންނެވިއެވެ. “އާދޭހެވެ.” [رواه أبو داود]

އެކަމަނާ އަވަހާރަވީ ހިޖުރައިން 8 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

*******

މަޞްދަރު: سير أعلام النبلاء / الجزء الثاني / ص: ٢٤٦-٢٥٠