[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމުވެރިންގެ ދަރުސްތަކަށް ޙާޟިރުވުން

ޢިލްމުވެރިންގެ ދަރުސްތަކަށް ޙާޟިރުވުމަކީ މަތިވެރި އަޅުކަމެކެވެ. އެބޭފުޅުންގެ ދަރުސްތަކުގެ ސަބަބުން އީމާންކަން އިތުރުވެއެވެ. އަދި ޞާލިޙުންނާ އެއްމަޖުލިސްކުރެއެވެ. އެބޭފުޅުންގެ މޫނުތަކުން ފެނިގެންދަނީ ﷲ އަށް ބިރުވެތިވުމުގެ އަލާމަތެވެ. އަދި އުންމަތަށް ނަޞީޙަތްތެރިވާތަނެވެ. ޢިލްމުވެރިންގެ މަޖުލިސްތަކަށް ޙާޟިރުވުމުން ނިކަމެތިންނަށް އޯގާތެރިވުމަށާއި ފަޤީރުންނަށް ހެޔޮފޯރުކޮށްދިނުން ދަސްވެއެވެ. އެބޭފުޅުންގެ ދަރުސްތަކުން ފެނިގެންދަނީ ޢިލްމުވެރިންގެ ގޮތެވެ. އަދި ބަސްފުޅުގައިވާ ތެދުވެރިކަމެވެ. އަދި އެބޭފުޅުންގެ ގުނަވަންތަކުން ފެނިގެންދަނީ އުޅުމުގެ ރިވެތިކަމާއި އަޅުކަންކުރާކަމުގެ ޢަލާމާތްތަކެވެ.

އެބޭފުޅުންނަކީ އަބަދުވެސް ވަޤުތަށް ރައްކާތެރިވާ ބައެކެވެ. އަދި މުޢާމަލާތްކުރުމުގައި ރިވެތި ބައެކެވެ. ދުވަސްވީ މީހުންގެ ކެތްތެރިކަމާއި ބުއްދިވެރިންގެ ޙިކުމަތްތެރިކަންވެއެވެ.

އެބޭފުޅުންގެ އެކުވެރިންނާއެކު ފެނިގެންދަނީ ވަފާތެރިކަމާއި ލޯތްބާއި ކުލުނެވެ. އަދި ބީރައްޓެހިންނަށް މެހެމާންދާރީ އަދާކުރެއެވެ. އެބޭކަލުންނާ އެއްމަޖުލިސްކުރުމުން ސަލަފުންގެ ފާހަގަކޮށްލެވޭ ޝަޚްސިއްޔަތުތައް ހަނދުމަވެއެވެ. އެބޭފުޅުން އަބަދުވެ ތިއްބަވަނީ އާޚިރަތަށް ގަދައަޅާ މަސައްކަތްކުރުމުގައެވެ.

އެބޭފުޅުންގެ ދަރުސްތަކުން، ފަށައިގަންނަ ކުދިންނަށް ލިބިގެންދަނީ ފޮތްތަކުގައިވާ އެންމެ މުހިންމު ވާހަކަތަކެވެ. އެބޭފުޅުން ހިތުދަސްކޮށްފައިވަނީ އެބޭފުޅުން ކިޔާފައިވާ އެންމެ މުހިންމު ވާހަކަތަކެވެ. އަދި އެބޭފުޅުން އެފާޅުކުރައްވަނީ ދަސްކުރައްވާފައިވާ އެންމެ ފާހަގަކޮށްލެވޭ ވާހަކަތަކެވެ. އެބޭފުޅުންގެ މަޖުލިސްތަކުގައި ކުރިއަށްދަނީ ފޮތްތަކުގެ އެންމެ ފުނުގައިވާ ލަފްޒުތައް އިޞްލާޙުކޮށްދެއްވުމެވެ. އަދި އެބޭފުޅުން ކިޔުއްވާފައިވާ އެންމެ ހެޔޮ ވާހަކަތަކަށް އިރުޝާދުދެއްވުމެވެ. އަދި އެބޭފުޅުން ހިތުދަސްކޮށްފައިވާ އެއްޗެއްގެ ޚުލާޞާ ކިޔައިދިނުމެވެ. އެބޭފުޅުންނާ ގާތްވުމުން ތޫނުފިލި ޢިލްމުވެރިންގެ ފޮޅުވަތްތަކުގައިވާ ވާހަކަތައް ސާފުވެގެންދެއެވެ. އެބޭފުޅުންގެ ދަރުސްތަކުގައިވަނީ ހެޔޮކަންތައް ފެތުރުމާއި މޭވާ ކެނޑުމެވެ.

ފަހެ އެބޭފުޅުންނާއި އެބޭފުޅުންގެ ދަރުސްތަކާ އެންމެ ގާތްމީހަކަށް ތިބާވާށެވެ. އޭރުން ތިބާއަށްވެސް އެބޭފުޅުންގެ ޢިލްމާއި ޚުލުޤުގެ އާރުން ފައިދާ ލިބިގެންދާނެއެވެ.

__________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް