ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ ހިތުގައި އެކަލޭގެފާނާ މެދު އުފެދޭ ޝުޢޫރުތަކާއި އިޙްސާސްތަކަށް އަންނަ ބަދަލަށްވެސް ވިސްނާވަޑައިގެން އެކަންކަމަށް ނުހަނު ސަމާލުކަން ދެއްވާ ކަމުގައިވިއެވެ:
އެކަނބަލުންނަށް ކެތް ނުކުރެއްވިގެން ނުހިފެހެއްޓެވިގެން އެކަންކަން ބަންޑުންވީމަ ނޫނީ އެނގިވަޑައިނުގަންނަވާ ފަދަ ޣާފިލު ބޭކަލެއް ކަމުގައި އެކަލޭގެފާނު ވެވަޑައެއްނުގަންނަވައެވެ.
އެއްފަހަރަކު އެކަލޭގެފާނު صلى الله عليه وسلم ޢާއިޝާ رضي الله عنها އަށް ޙަދީޘްފުޅު ކުރެއްވިއެވެ:
“إني لأعلم إذا كنت عني راضية، وإذا كنت عليّ غضبى. فقالت”. البخاري 5228. “ކަމަނާ ތިމަންކަލޭގެފާނާ މެދުގައި ހިތްޕުޅާވެވަޑައިގެން ހުންނަވާ ހިނދާއި، ހިތްޕުޅާ ނުވެ ހުންނަވާ ހިނދު ތިމަންކަލޭގެފާނަށް ހަމަޔަޤީނުންވެސް އެނގިވަޑައިގަންނަވައެވެ”. އެކަމަނާ ސުވާލު ކުރެއްވިއެވެ: “مِن أين تعرف ذلك؟”. “އެކަން ކަލޭގެފާނަށް އެނގިވަޑައިގަންވަނީ ކިހިނަކުންތޯއެވެ؟”. ޙަދީޘްފުޅު ކުރެއްވިއެވެ: “أما إذا كنت عنى راضية، فإنك تقولين: لا، وَرَبِّ محمد. وإذا كنت غضبى، قلتِ: لا، ورب إبراهيم”. “ފަހެ ކަމަނާ ތިމަން ކަލޭގެފާނާ މެދު ހިތްޕުޅާވެވަޑައިގެން ހުންނަވާ ނަމަ ވިދާޅުވަނީ: ‘ނޫނެކެވެ، މުޙައްމަދު (صلى الله عليه وسلم) ގެ ރައްބު ގަންދީއެވެ’. އަދި ކަމަނާ ތިމަންކަލޭގެފާނާ މެދު ހިތްޕުޅާ ނުވެ ހުންނަވާ ނަމަ ވިދާޅުވަނީ: ‘ނޫނެކެވެ، އިބްރާހީމް (عليه السلام) ގެ ރައްބު ގަންދީއެވެ'”. އެކަމަނާ ދިވާޅުވިއެވެ: “أجل والله يا رسول الله (صلى الله عليه وسلم) ما أهجر إلاّ اسمَكَ”. “ތެދެކެވެ. އޭ ﷲ ގެ ރަސޫލާ (صلى الله عليه وسلم) އެވެ. ކަލޭގެފާނުގެ ނަންފުޅު ފިޔަވައި އެހެން އެއްވެސް އެއްޗެއް ތިމަން ކަމަނާ އެއްކިބާ ނުކުރައްވަމެވެ”.
ނުނިމޭ…