[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވަފާތެރިކަން (މަސްޖިދުލް ޙަރާމްގެ ހުކުރު ޚުޠުބާ 20/3/1439)

މިއީ 20 ރަބީޢުލްއައްވަލް 1439 ވީ ހުކުރު ދުވަހު މަސްޖިދުލްޙަރާމްގައި ދެއްވި ޚުޠުބާގެ ޚުލާޞާ

 

ޚުޠުބާ ދެއްވީ: الشيخ ماهر المعيقلي – حفظه الله –

 

ޚުޠުބާގެ ޚުލާޞާ:

 

 

ފުރަތަމަ ޚުޠުބާ

الحمدُ لله، الحمدُ لله الذي صدقَ وعدَه، وألهَمَ الإنسانَ هَديَه ورُشدَه، ومدَحَ مِن عبادِه مَن حفِظَ أمانتَه وعهدَه، وأشهدُ أن لا إله إلا الله وحدَه لا شريكَ له، وأشهدُ أن محمدًا عبدُه ورسولُه أوفَى الخلق بالوعُود والذِّمَم، وأشكَرُهم للإحسان والنِّعَم، صلَّى الله وسلَّم وبارَك عليه، وعلى آلِه وصحبِه وسلَّم.

 

* ﷲ ތަޢާލާ، މީސްތަކުންގެ ކިބައިން ޚުލްޤުގެ ފުރަތަމަ އަހުދުކަށަވަރު ހިއްޕެވީ އެބައިމީހުން، އެބައިމީހުންގެ ބަފައިކަލުން އާދަމް عليه السلام ގެ މައިބަދައިގައި ވަނިކޮނެވެ. އެއީ އަޅުކަމުގައި އެއިލާހު އެއްކައުވަންތަކޮށް އެއިލާހާ އެއްވެސް ފަރާތެއް ބައިވެރި ނުކުރުމަށެވެ.

﴿وَإِذْ أَخَذَ رَبُّكَ مِنْ بَنِي آدَمَ مِنْ ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَى أَنْفُسِهِمْ أَلَسْتُ بِرَبِّكُمْ قَالُوا بَلَى شَهِدْنَا أَنْ تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَذَا غَافِلِينَ﴾ [الأعراف: 172]

މާނައީ: “އަދި ކަލޭގެފާނުގެ ވެރިރައްބު އާދަމުގެދަރިންގެ ކިބައިން އެއުރެންގެ ބުރިކަށިތަކުން އެއުރެންގެ ދަރިފަސްކޮޅު ނެރުއްވައި އެއުރެންގެ އަމިއްލަ ނަފްސުގެ މައްޗަށް އެއުރެން ހެކިކުރެއްވިހިނދު ހަނދުމަކުރާށެވެ !(އެއިލާހު ވަޙީކުރެއްވިއެވެ.) ތިޔަބައިމީހުންގެ ވެރިރައްބު ކަމުގައި، ތިމަންއިލާހު ވޮޑިގެން ނުވަންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ނޫނެކެވެ. (އިބައިލާހީ، އަޅަމެންގެ ވެރިރައްބެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ. (އެކަން އެހެންވީ) މިކަމާމެދު ޣާފިލްވެގެންވާ ބަޔަކުކަމުގައި ހަމަކަށަވަރުން، ތިމަންމެންވީމުއޭ، ޤިޔާމަތްދުވަހުން ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ.”

* އެއިލާހު ރަސޫލުން ފޮނުއްވެވީ އުފާވެރިކަމުގެ ޚަބަރު ދެއްވާ އަދި އިންޛާރުކުރައްވާ ބައެއްކަމުގައެވެ. އަދި ނަބީބޭކަލުންގެ ވާރުތަވެރިންކަމުގައި ޢިލްމުވެރިން ލެއްވިއެވެ. އަދި ޢިލްމު ފޮރުވުމެއްނެތި ބަޔާންކޮށްދެއްވުމަށް އެބައިމީހުންގެ ކިބައިން އެއިލާހު އަހުދުކަށަވަރު ހިއްޕެވިއެވެ.

﴿وَإِذْ أَخَذَ اللَّهُ مِيثَاقَ الَّذِينَ أُوتُوا الْكِتَابَ لَتُبَيِّنُنَّهُ لِلنَّاسِ وَلَا تَكْتُمُونَهُ﴾ [آل عمران: 187]

މާނައީ: “ފޮތް ލިބުނު މީހުންގެ ކިބައިން ﷲ ޢަހުދުކަށަވަރު ހިއްޕެވިހިނދު ހަނދުމަ ކުރާށެވެ! އެ ޢަހުދަކީ ތިޔަބައިމީހުން މީސްތަކުންނަށް އެ ފޮތް ބަޔާންކޮށް ދިނުމަށާއި، އެ ފޮތް ވަންހަނާ ނުކުރުމަށް ހިއްޕެވި ޢަހުދެވެ.”

* ﷲ ތަޢާލާވަނީ ޢަހުދަށް ވަފާތެރިވުމަށް ހުރިހާ މުސްލިމުންގެ މައްޗަށް އަމުރުކުރައްވާފައެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا أَوْفُوا بِالْعُقُودِ﴾ [المائدة: 1]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ޢަޤުދުތައް ފުއްދާށެވެ!”

* ވަފާތެރިކަންވަނީ ރިވެތި އަޚްލާޤުގެ ތެރެއިންނެވެ. އަދި އެއީ ތަޤުވާވެރިންގެ ޞިފަތަކުގެ ތެރެއިން ޞިފައެކެވެ. އަދި ޤިޔާމަތްދުވަހު އެކަމާމެދު ސުވާލު ވެވޭނެއެވެ.

﴿وَأَوْفُوا بِالْعَهْدِ إِنَّ الْعَهْدَ كَانَ مَسْئُولًا﴾ [الإسراء: 34]

މާނައީ: “އަދި ތިޔަބައިމީހުން، ޢަހުދު ފުއްދާށެވެ! ހަމަކަށަވަރުން، ޢަހުދަކީ (އެއާމެދު) ސުވާލުކުރައްވާނޭ ކަމެއްކަމުގައި ވިއެވެ.”

* ވަފާތެރިންނަކީ އެބައިމީހުންގެ ރައްބަށް ވެފައިވާ ޢަހުދަށް ފަރުވާތެރިވާނެ ބައެކެވެ. އެއިލާހުގެ ޙައްދުތަކަށް އެބައިމީހުން ރައްކާތެރިވާނެއެވެ. އަދި އެއިލާހުގެ އަމުރުތަކަށް ކިޔަމަންތެރިވެ ނަހީތަކުން ދުރުވެ ރައްކާތެރިވާނެއެވެ.

* ނަމާދު ޤާއިމުކުރުމާއި، ޒަކާތްދިނުމާ އަދި ބަހާއި ޢަމަލުގައި އިޙްސާންތެރިވުމަކީ ﷲ އަށް ވެފައިވާ ޢަހުދެވެ. އަދި އެކަންކަމަށް ވަފާތެރިވުން ވާޖިބުވެގެންވެއެވެ.

﴿وَإِذْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ لَا تَعْبُدُونَ إِلَّا اللَّهَ وَبِالْوَالِدَيْنِ إِحْسَانًا وَذِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينِ وَقُولُوا لِلنَّاسِ حُسْنًا وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِنْكُمْ وَأَنْتُمْ مُعْرِضُونَ﴾ [البقرة: 83]

މާނައީ: “އިސްރާޢީލުގެ ދަރިންގެ ކިބައިން، ތިމަންއިލާހު ކަށަވަރުވެގެންވާ ޢަހުދު ހިއްޕެވިހިނދު، ހަނދުމަކުރާށެވެ! އެއީ، ﷲ އަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި، މިސްކީނުންނަށް ހެޔޮކޮށް ހިތުމަށެވެ. އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ! އަދި ތިޔަބައިމީހުން ނަމާދު ޤާއިމު ކުރާށެވެ! އަދި ޒަކާތް ދޭށެވެ! ދެން ތިޔަބައިމީހުން ދެކޮޅުވެރިވެގެންވާ ޙާލު، ތިޔަބައިމީހުންގެ ތެރެއިން މަދު ބަޔަކު މެނުވީ (ޢަހުދު ފުއްދުމަށް) ފުރަގަސްދިނީއެވެ”.

* ގާތްތިމާގެ ބޭފުޅުންނާއި، އަނބިއަނބިކަނބަލުންނާ އަދި އަޞްޙާބުންނަށް އެންމެ ވަފާތެރި ފަރާތްކަމުގައި ނަބިއްޔާ صلى الله عليه وسلم ވެވަޑައިގެންނެވިއެވެ.

* އެކަލޭގެފާނުގެ އަނބިކަނބަލުން ޚަދީޖާ رضي الله عنها  އަށް އެންމެ މަތިވެރި ވަފާތެރިކަމުން ވަފާތެރިވެ ވަޑައިގެންނެވިއެވެ. އެކަމަނާ އަވަހާރަވުމަށްފަހުވެސް އެކަމަނާގެ ޛިކުރު ކުރެއްވުން ގިނަކުރެއްވިއެވެ. އަދި އެކަމަނާގެ ރައްޓެހިން ހޯއްދަވާ އެބޭކަނބަލުންގެ ޙާލު ބައްލަވާ ހެއްދެވިއެވެ.

* ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ގެ ކިބައިގައި ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. އެކަލޭގެފާނުވީ ވަފާތެރި ޢަހުދު ފުއްދަވާ ބޭކަލެއްކަމުގައެވެ.

* ﷲ ތަޢާލާވަނީ އެއިލާހުގެ ޙައްޤު އަދާކުރުމަށްފަހު އެއާވިދިގެން މައިންބަފައިންގެ ޙައްޤު އަދާކުރުމަށް ވަޞިއްޔަތްކުރައްވާފައެވެ.

﴿وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا﴾ [النساء: 36]

މާނައީ: “ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކުނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ!”

* ﷲ ގެ މަގުގައި ހިޖުރަކުރުމާއި ޖިހާދުކުރުމަށްވުރެ މައިންބަފައިންނަށް ހެޔޮކޮށްހިތުމުގެ އަޖުރު މަތިވެރިވެގެންވެއެވެ.

ޞަޙީޙް މުސްލިމްގައި ވެއެވެ.

أَقْبَلَ رَجُلٌ إِلَى نَبِيِّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: أُبَايِعُكَ عَلَى الْهِجْرَةِ وَالْجِهَادِ، أَبْتَغِي الْأَجْرَ مِنَ اللهِ، قَالَ: «فَهَلْ مِنْ وَالِدَيْكَ أَحَدٌ حَيٌّ؟» قَالَ: نَعَمْ، بَلْ كِلَاهُمَا، قَالَ: «فَتَبْتَغِي الْأَجْرَ مِنَ اللهِ؟» قَالَ: نَعَمْ، قَالَ: «فَارْجِعْ إِلَى وَالِدَيْكَ فَأَحْسِنْ صُحْبَتَهُمَا»

މާނައީ:“ﷲގެ ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. “ﷲގެ ޙަޟްރަތުން ޘަވާބާއި އަޖުރަށް އެދި، އެއިލާހުގެ މަގުގައި ޖިހާދުކުރުމަށާއި ހިޖުރަކުރުމަށް އަހުރެން ކަލޭގެފާނަށް ބައިއަތުހިފަމެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިބާގެ މައިންބަފައިންކުރެ އެކަކުވެސް ދުނިޔޭގައި އެބަތިބި ހެއްޔެވެ؟” އެމީހާ ދެންނެވިއެވެ. “އާދޭހެވެ. އެދެމީހުން ދުނިޔޭގައި އެބަތިއްބެވެ.” އެކަލޭގެފާނު ސުވާލުކުރެއްވިއެވެ.  “ތިބާ ﷲގެ ޙަޟްރަތުން ދަރުމައާއި ޘަވާބު ބޭނުން ހެއްޔެވެ؟” އެމީހާ ދެންނެވިއެވެ. “އާދޭހެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިބާގެ މައިންބަފައިންގެ ގާތަށްގޮސް އެދެމީހުންނަށް ހެޔޮކޮށް ހިތާށެވެ.”

*ސުންނަތް އަޅުކަންތަކަށްވުރެ މައިންބަފައިންނަށް ހެޔޮކޮށްހިތުން މަތިވެރިވެގެންވާކަމުގައި ސަލަފުއްޞާލިޙުން ދެކެވަޑައިގެންނެވިއެވެ.

* މައިންބަފައިން މަރުވުމުން އެމީހުންނަށް ހެޔޮކޮށްހިތުމެއް ނުނިމެއެވެ. ވަފާތެރި ދަރިއަކު އޭނާގެ ޞަދަޤާތާއި އިޙްސާންތެރިކަމުގައި އޭނާގެ މައިންބަފައިން ބައިވެރިކުރެއެވެ. އަދި އެމީހުންނަށް ދުޢާކޮށް ފާފަފުއްސެވުން އެދި ދެންދެވުން ހަނދާން ނައްތާނުލައެވެ.

ޞަޙީޙުލްބުޚާރީގައި ވެއެވެ.

أَنَّ سَعْدَ بْنَ عُبَادَةَ رَضِيَ اللَّهُ عَنْهُ تُوُفِّيَتْ أُمُّهُ وَهُوَ غَائِبٌ عَنْهَا، فَقَالَ: يَا رَسُولَ اللَّهِ إِنَّ أُمِّي تُوُفِّيَتْ وَأَنَا غَائِبٌ عَنْهَا، أَيَنْفَعُهَا شَيْءٌ إِنْ تَصَدَّقْتُ بِهِ عَنْهَا؟ قَالَ: «نَعَمْ»، قَالَ: فَإِنِّي أُشْهِدُكَ أَنَّ حَائِطِيَ المِخْرَافَ صَدَقَةٌ عَلَيْهَا

މާނައީ: ސަޢުދު ބުން ޢުބާދާ ގެ މަންމާފުޅު އަވަހާރަވީއިރު އެކަލޭގެފާނު އެކަމަނާގެ އަރިހުގައި ނެތެވެ. ފަހެ އެކަލޭގެފާނު ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. މަންމާފުޅު އަވަހާރަވީ ތިމަންކަލޭގެފާނު އެކަމަނާގެ އަރިހުގައި ނެތީހެވެ. ތިމަންކަލޭގެފާނު އެކަމަނާގެ ފަރާތުން ޞަދަޤާތެއް ކޮށްފިނަމަ އެކަމުން އެކަމަނާއަށް ފައިދާއެއް ކުރާނެ ހެއްޔެވެ؟” ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އާދޭހެވެ.” ސަޢުދުގެފާނު ދެންނެވިއެވެ. “ފަހެ، މިޚްރާފޭ ކިޔުނު ކަދުރު ދަނޑު އެކަމަނާގެ ފަރާތުން ޞަދަޤާތްކުރިކަމަށް ކަލޭގެފާނު ހެކި ކުރައްވަމެވެ.”  

* މީސްތަކުންކުރެ ވަފާތެރިކަމުގައި އެންމެ މަތިވެރިވީ ނަބީބޭކަލުންނެވެ. ރަސޫލުﷲ صلى الله عليه وسلم މިއުންމަތަށް ވަފާތެރިވެ ވަޑައިގެންނެވި ކަންކަމުގެ ތެރެއިން އެއްކަމަކީ އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވުނު ރިސާލަތު ފޯރުކޮށްދެއްވުމެވެ. އަދި އެކަލޭގެފާނު އަމާނާތް އަދާކޮށްދެއްވިއެވެ.

* ތެދުވެރިކަމާއެކު ނަބިއްޔާ صلى الله عليه وسلم ދެކެ ލޯބިވާނަމަ އެމިހެއްގެ ކިބައިން އެކަމުގެ ޢަލާމާތްތައް ފެންނާނެއެވެ. އެއީ ޢަމަލާ ބަހުން އެކަލޭގެފާނުގެ ސުންނަތަށް ތަބާވެ، އަމުރުފުޅުތަކަށް ބޯލަނބާ ކިޔަމަންވެ، ނަހީކުރެއްވިކަންކަމުން ދުރުވުމެވެ.

﴿قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ﴾ [آل عمران: 31]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބާވާށެވެ! އޭރުން، ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ.”

بارَك الله لي ولكم في القرآنِ العظيم، ونفعَنا بسُنَّة سيِّد المُرسَلين، أقولُ قولي هذا، وأستغفِرُ اللهَ تعالى لي ولكم، فاستغفِروه؛ إنه هو الغفورُ الرحيم

 

 

ދެވަނަ ޚުޠުބާ

* ހަމަކަށަވަރުން އިންސާނާ އެމީހަކު ދިރިއުޅޭ ތަނަށާއި މުޖުތަމާއަށް ވަފާތެރިވުމަކީ ސާފު ފިޠުރަތުގައިވާ އިންސާނުންގެ ކިބައިގައިވާ ކަމެކެވެ. އަދި އެއީ ރިތެވި ޚުލުޤުގެ އަހުލުވެރިން ކުރަމުން އައިކަމެކެވެ. އެބައެއްގެ މުޖުތަމާއަށް ވަފާތެރިމީހުން އެބައިމީހުންގެ އަޙުދަށް ވަފާތެރިވާނެއެވެ. އަދި އަމާންކަމަށް ރައްކާތެރިވާނެއެވެ. އަދި އެބައެއްގެ މުދާ ހިމާޔަތްކުރާނެއެވެ. އަދި ބިނާކުރަނިވި މަސައްކަތްކުރާނެއެވެ. އަދި މީސްތަކުން އެއްގަލަކަށް އެރުވޭތޯ މަސައްކަތްކުރާނެއެވެ. އަދި ވެރިންނަށް ކިޔަމަންތެރިވާނެއެވެ. އަދި އެބައިމީހުން ހިފާފައިވާ ބައިޢަތަށް ވަފާތެރިވާނެއެވެ. އަދި އެބައިމީހުންނަށް ވާގިވެރިވާނެއެވެ. އޭގެ ސަބަބުން ފައިދާ ޢާންމުވެގެންދާނެއެވެ. އަދި މަޞްލަޙަތުތައް ޙާޞިލުވެގެންދާނެއެވެ.

* ﷲ ގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން މުސްލިމުން އެބައިމީހުންގެ އަމިއްލަ ރަށަށް ވަފާތެރިވާ ފަދައިން އެބައިމީހުންގެ މުޤައްދަސް ތަންތަނަށާ އަދި ހުރިހާ ކަންކޮޅުތަކެއްގައި އުޅެމުންދާ މުސްލިމުންނަށް މެދުވެރިވަމުންދާކަންކަމަށްވެސް ވަފާތެރިވާނެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ބަސްފުޅަށް ޢަމަލުކުރުމުގެ ގޮތުންނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

)) مَثَلُ الْمُؤْمِنِينَ فِى تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى)) [رواه مسلم]

މާނައީ: “އެކަކު އަނެކަކުދެކެ ލޯބިވުމުގައްޔާއި އެކަކު އަނެކަކަށް ރަޙުމުކުރުމުގައްޔާ އަދި އެކަކު އަނެކަކަށް އޯގާތެރިވުމުގައި މުއުމިނުންގެ މިޘާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. ހަށިގަނޑުން ގުނަވަނަކަށް އުނދަގުލެއް ކުރިމަތިވާ ހިނދު، ނިދިނަގާލައި ހުންއައިސް، މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެއެވެ.”

* ދެޙަރަމްފުޅުގެ އަހުލުވެރިންނަކީ ކުރީގައިވެސް އަދި މިހާރުވެސް މުސްލިމުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި ވަފާތެރި ބައެކެވެ. އަދި އެކަންކަމުގައި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސްވެގަންނަ ބައެކެވެ. އަދި އެބައިމީހުންގެ ޙާލު ބަލައި މުޤައްދަސް ތަންތަން ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ބައެކެވެ. މިޤައުމުގެ ވެރިންވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ނަޞްރުދޭ ބައެކެވެ. އަދި މުސްލިމުންގެ ފުރަތަމަ ޤިބްލަކަމުގައިވާ މަސްޖިލުއް އަޤްޞާ ދިފާޢުކުރުމަށް މަސައްކަތްކުރާ ބައެކެވެ. އެހެނީ އެއީ އިސްލާމްދީނުގައި ތިންވަނައަށް އެންމެ ޝަރުފުވެރި މިސްކިތެވެ. އަދި އެތަނަކުން އަހަރެމެންގެ ނަބިއްޔާ صلى الله عليه وسلم އިސްރާކުރެއްވުނު ތަނެވެ.

اللهم صلِّ على محمدٍ وعلى آل محمدٍ، كما صلَّيتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد، اللهم بارِك على محمدٍ وعلى آل محمدٍ، كما بارَكتَ على إبراهيمَ وعلى آل إبراهيم، إنك حميدٌ مجيد.

وارضَ اللهم عن الخُلفاء الراشِدِين: أبي بكرٍ، وعُمر، وعُثمان، وعليٍّ، وعن سائِرِ الصحابةِ والتابِعِين، ومَن تبِعَهم بإحسانٍ إلى يوم الدين، وعنَّا معهم بعفوِك وكرمِك وجُودِك يا أرحم الراحمين.

اللهم أعِزَّ الإسلامَ والمسلمين، اللهم أعِزَّ الإسلامَ والمسلمين، اللهم أعِزَّ الإسلامَ والمسلمين، وأذِلَّ الشركَ والمُشرِكين، واحمِ حَوزةَ الدين، واجعَل هذا البلدَ آمنًا مُطمئنًّا، رخاءً سخاءً، وسائرَ بلادِ المُسلمين.

اللهم أصلِح أحوالَ إخوانِنا المُسلمين في كل مكانٍ برحمتِك يا ذا الجلال والإكرام.

اللهم فرِّج همَّ المهمُومين مِن المُسلمين، ونفِّس كَربَ المكرُوبِين، واقضِ الدَّينَ عن المَدِينِين، واشفِ مرضانا ومرضَى المُسلمين.

اللهم انصُر جنودَنا المُرابِطين على حُدودِ بلادِنا، اللهم أيِّدهم بتأيِيدك، واحفَظهم بحِفظِك، اللهم كُن لهم مُعِينًا ونصِيرًا برحمتِك يا أرحَم الراحِمين.

اللهم انصُر إخوانَنا في اليمَن، اللهم انصُر إخوانَنا في اليمَن، اللهم عليك بعدوِّك وعدوِّهم يا قويُّ يا عزيزُ يا ذا الجلال والإكرام، اللهم احفَظ نساءَهم وأموالَهم وأعراضَهم برحمتِك يا أرحَم الراحِمين.

اللهم أصلِح حالَ إخوانِنا في فلسطين، اللهم أصلِح حالَ إخوانِنا في فلسطين، اللهم اجبُر كسرَهم، اللهم اجبُر كسرَهم، وقوِّ ضعفَهم، واجعَل العاقِبةَ لهم.

اللهم احفَظ مسرَى نبيِّك – صلى الله عليه وسلم -، اللهم اجعَل المسجِدَ الأقصَى شامِخًا عزيزًا إلى يوم القِيامة برحمتِك يا أرحَم الراحِمين، اللهم احفَظه مِن كيدِ الكائِدين، وظُلم الظالِمين يا ذا الجلال والإكرام، يا قويُّ يا عزيزُ.

اللهم وفِّق خادِمَ الحرمَين لما تُحبُّ وترضَى، واجزِه عن الإسلام والمُسلمين خيرَ الجزاء، اللهم وفِّقه ووليَّ عهدِه لِما فيه خيرٌ للبلاد والعباد، اللهم وفِّق جميعَ وُلاةِ أمور المسلمين لما تُحبُّه وترضَاه. اللهم لا تدَع لنا ذنبًا إلا غفَرتَه، ولا مريضًا إلا شفَيتَه، ولا مُبتلًى إلا عافَيتَه، ولا ضالًّا إلا هدَيتَه، ولا مُبتلًى إلا عافَيتَه، ولا مَيتًا مِن أمواتِنا إلا رحِمتَه برحمتِك يا أرحَم الراحِمين.

سُبحان ربِّك ربِّ العزَّة عما يصِفُون، وسلامٌ على المُرسَلين، والحمدُ لله ربِّ العالمين.

 

***************

ޚުޠުބާގެ އަޞްލު