[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޞީބާތްތަކަށް ކެތްތެރިވުން 2

މުޞީބާތްތައް މެދުވެރިވާނީ ޤަޞްދުކޮށްގެން އުޅުނު ގޮތާ ޚިލާފަށެވެ. އަދި އެދޭ އެދުންތަކާ ދެކޮޅަށެވެ. އެކަކަށްވެސް މިދުނިޔަ ސާފުކަންމަތީގައި ނުއޮންނާނެއެވެ. އެއީ ކިތަންމެ ބޮޑު މިންވަރެއް ޙާޞިލުވިކަމުގައިވިޔަސްމެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ يُرِدِ اللَّهُ بِهِ خَيْرًا يُصِبْ مِنْهُ» [رواه البخاري]

މާނައީ: “ﷲ ތަޢާލާ މީހަކަށް ހެޔޮގޮތް އިރާދަކުރައްވާނަމަ އެމީހަކަށް މުޞީބާތް މެދުވެރިކުރައްވައެވެ.”

ޒަމާންތައް ފާއިތުވާ ވަރަކަށް ނިޢުމަތާއި އިމްތިޙާނުތަކުގެ ދެމެދުގައި ބަދަލުވަމުން އިންސާނާ ކުރިއަށް ދެއެވެ.

އިބްނުލް ޤައްޔިމު ވިދާޅުވިއެވެ.

“ސުވަރުގެއަށްޓަކައި ޚަލްޤުކުރެވިފައިވާ މީހާއަށް، ނުރުހުންތެރިވާފަދަ ކަންތައްތައް މެދުނުކެނޑި މެދުވެރިވެއެވެ. ޢަޒުމުގަދަ މުއުމިނުން ބޮޑެތި ކަންތައްތައް ދިމާވިޔަސް ޘާބިތުވެއެވެ. އަދި އޭނާގެ ހިތްބަދަލެއް ނުވާނެއެވެ. އަދި ދުލުން ޝަކުވާއެއް ނުކުރާނެއެވެ. މުޞީބާތްތައް ފޮރުވުމާއި ތަދުތައް ވަންހަނާކުރުމަކީ ޝަރަފުވެރިންގެ ޞިފައެކެވެ. ހަލާކުވި ބަޔަކު ހަލާކުވީ ކެތްތެރިކަން ކުޑަވުމުންނެވެ. ފަހެ މުޞީބާތެއް ކުރިމަތިވުމުން އަޖުރު ލިބޭކަމުގެ ވަޢުދާއިގެން ތިބާގެ ނަފްސަށް އެކަން ލުއިކޮށްދޭށެވެ. އަދި އެއީ މާބޮޑުކަމަކަށް ނުހަދާށެވެ. އޭރުން ޝަކުވާއެއް ނުކޮށް އިމްތިޙާނުތައް ފިލައިދާނެތެވެ. އަދި އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ތިބާއަށް މަނާކުރެވުނީ ދެއްވުމަށްޓަކައެވެ. އަދި މުޞީބާތް މެދުވެރިކުރެވުނީ ޢާފިޔަތު ދެއްވުމަށްޓަކައެވެ. އަދި އިމްތިޙާނުކުރެވުނީ ޠާހިރުވުމަށްޓަކައެވެ.”[1]

___________________________

[1] الفوائد ص: 32

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް