[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 39

ބައެއް މީހުންނަށް އެފަދަ ޙާލަތްތައް ދިމާވުމުން އަނބިމީހާ ދެކެ ހިތްހަމަނުޖެހި ރުޅި އާދެވެއެވެ. ތިމާގެ އަގުވައްޓާލީ ކަމަށް ވިސްނެއެވެ. އަދި މީހުންގެ ކުރިމަތީގައި ނުވަތަ ގެއަށް ގޮސް އަނބިމީހާއަށް އެކަމާ ފާޑުކިޔައެވެ. ނަމަވެސް އެހެން ހެދުމުން ކަންތައް ޙައްލުވުމުގެ ބަދަލުގައި ޙާލަތު ހައްތަހާ ވާނީ ގޯސްކަން ފިރިން ދަންނަން ވާނެއެވެ. އޭރުން އަނބިމީހާއަށް ވިސްނޭނީ އޭނާ ހިތުގައި ޖެހުނު ވަގުތުގައި ހައްތަހާ ދެރަކޮލަނީ ކަމުގައެވެ. އެހީތެރިވެ އޯގާތެރިވާންވީ ވަގުތުގައިވެސް ނިކަމެތިކޮށްލަނީ ކަމުގައެވެ. އަނބިމީހާ އޭނާގެ ޖަޒުބާތުގެ ތިލަފަތުން އެމާޙައުލު ކިރާ ފަދައިން ފިރިމީހާވެސް އޭނާގެ ޖަޒުބާތުގެ ތިލަފަތް ނަގައިގެން ކުށްވެރިއަކީ ކާކުތޯ ކިރަންވެއްޖެ ނަމަ މައްސަލައިގެ ޙައްލެއް ނުފެންނާނެއެވެ. މާޙައުލު ފިންޏެއް ނުކުރެވޭނެއެވެ. ފަހަރެއްގައި އަނބިމީހާ ފިރިމީހާއަށްޓަކައި އޭނާގެ ޝުޢޫރުތައް ޤުރުބާންކުރުމަށް ފަހު ހަނު ހުރެދާނެއެވެ. އޭނާގެ އިޙުސާސްތައް ހިންދާލައިގެން ހުރެދާނެއެވެ. ނަމަވެސް އޭނާ ދެރަވެ ހިތުގައި ޖެހުނު ގަޑީގައި ފިރިމީހާގެ އޯގާތެރިކަން ނުލިބުނުކަން ގިނަ ފަހަރު ހަނދާނެއް ނުނެތޭނެއެވެ. އެލަކުނެއް ނުފިލާނެއެވެ.
އަންހެނުންނަށް ވުރެ ބުއްދީގެ އިތުރުކަން ފިރިހެނުންނަށް ދެއްވާފައި ވުމުގެ ބޭނުމަކީ، އެފަދަ ހާލަތްތަކުގައިވެސް އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. ފިރިމީހާ ޢަމަލުކުރާ ގޮތުން މައްސަލަ އިރުތަށް ގޯސްވާނާމަ އޭނާގެ ބުއްދީގެ ފުރިހަމަކަމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ! އެހާރުން، ބުއްދީގެ އިތުރުކަން ދެއްވާފައިވާ މިފިރިހެނާ ، އަންހެނުންގެ މައްޗަށް ﷲ ތަޢާލާ ބެލެހެއްޓުންތެރިއެއް ކަމުގައި ލެއްވުމުގެ މަޤްޞަދެއް ޙާޞިލެއް ނުވެއެވެ.
އަޅުގަނޑުމެން، ފިރިހެނުންނަށް އޮތީ އެފަދަ ޙާލަތުގައިވެސް ނަބިއްޔާ صلى الله عليه وسلم ޢަމަލުފުޅު ކުރެއްވި ގޮތް ހޯދައިބަލައި އެއިން ފިލާވަޅު ލިބިގަނެ އެއާ އެއްގޮތަށް ޢަމަލު ކުރުމެވެ. މަތީގައި ބަޔާންވެދިޔަ ޙަދީޘުން އެވަނީ އެފަދަ ޙާލަތްތަކުގައި ޢެކަލޭގެފާނު ޢަމަލުފުޅު ކުރެއްވި ގޮތެވެ. ފަހެ ތިބާގެ އަންހެނުން ދެރަވެ ރޮއެ ހަދާނަމަ އޭނާގެ ހިތް އުފާވާފަދަ ނުވަތަ އެނުތަނަވަސްކަން ފިލާނެ ފަދަ ކަމެއް ކޮށްދީގެން ނަމަވެސް އޭނާއާއަށް އޯގާތެރިކަން ފޯރުކޮށްދެވޭތޯ ބަލާށެވެ. އެއީ ތިބާގެ އަމިއްލަ އަތުން އޭނާގެ ކަރުނަތައް ފޮހެލައިދީގެން ކަމުގައި ވިޔަސްމެއެވެ. އެއީކީ ފިރިހެނަކަށް ވީތީ ކުރަން ލަދުގަނެ ޖެހިލުންވާންޖެހޭ ކަމެއް ނޫނެވެ. ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން އެކަން އެއޮތީ ފެންނާށެވެ.

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 38