[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 44

ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިކަބަލުންނާ އެކީ ކުޅެ ހެއްދެވިއެވެ:

އެއްފަހަރަކު ޢާއިޝާ رضي الله عنها އާ ނަބިއްޔާ صلى الله عليه وسلم އާ އެކުގައި ދަތުރެއްގައި ނިކުމެވަޑައިގެންނެވިއެވެ. އެއީ، އެކަމަނާ ހަށިގަނޑުން ހިކި ޖާރިއާއެއްގެ ގޮތުގައި ހުންނެވި އިރެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم ގާފިލާގެ މީސްތަކުން ކުރިއަރައިގެން ދިއުމަށް އަމުރުފުޅު ކުރެއްވުމުން އެބައިމީހުން އެދެކަލުންނާ ދުރަށް ކުރިއަށް ޖެހުނެވެ. އެހިނދު ނަބިއްޔާ صلى الله عليه وسلم ޢާއިޝާއަށް ޙަދީޘްފުޅު ކުރެއްވިއެވެ: “تعالي حتي أسابقك”. “(ދުވެގެން މޮޅުވަނީ ކާކުތޯ ބެލުމަށް) ތިމަންކަލޭގެފާނު ކަމަނާއާ ވާދަޖެހުމަށްޓަކައި އަންނާށެވެ”. އަދި އެފަހަރު ޢާއިޝާ رضي الله عنها ކުރިހޯދިއެވެ. އަދި އެއަށްފަހު އޭގެ ފަހުން ޢާއިޝާ رضي الله عنها ގެ ރޫފަ ރަނގަޅުވެ ގައިގަ ކޮންމެވެސް ވަރަކަށް މަސްޖަހަންދެން މަޑުކުރެއްވިއެވެ. އަދި ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި އެހެން ދަތުރަކަށް ނިކުމެވަޑައިގެންނެވި ފަހަރަކު ހަމަ ކުރީ ފަހަރެކޭ އެއްފަދައިން ޖާފިލާގެ މީސްތަކުން ކުރިއަށް ޖެހުމަށް އަމުރުފުޅު ކުރެއްވުމަށް ފަހު ޢާއިޝާ رضي الله عنها އާ އަނެއްކާވެސް ވާދަ ޖެއްސެވިއެވެ. އަދި އެފަހަރު ނަބިއްޔާ صلى الله عليه وسلم ކުރި ހޯއްދެވުމަށް ފަހު ހިނިވަރުނަކުރައްވަމުން އެކަމަނާއަށް ޙަދީޘްފުޅު ކުރެއްވިއެވެ: “މިއީ އެފަހަރުގެ ބަދަލުގައެވެ”. رواه أحمد (25745) واللفظ له، وأبو داود (2578)، وابن ماجة (1979)، وصححها الألباني في الصحيحة (131).

މިފަދައިން އަޅުގަނޑުމެންގެ ތެރެއިން އަނބިންނާ އެކީގައި ކުޅެ ހަދާ މީހުންނަކީ މިއަދު ވަރަށްވެސް މަދު ބައެއްކެވެ. އަދި ވަކީން ޚާއްޞަކޮށް ނަބިއްޔާ صلى الله عليه وسلم ގެ އެ އުމުރުގެ މީހަކު އަމިއްލަ އަނބިމީހާއާ އެކުގައި އެފަދައިން ދުވެ ވާދަކުރާ މީހަކު ނުވެސް ހުންނާނޭ ބުނުމަކީ ދޮގު ބަހެއް ކަމުގައި ނުވާނެއެވެ.
ޒުވާނުންގެ ތެރެއިން އަނބިމީހާއާ އެކުގައި އެފަދައިން ކުޅެ ހަދާ މީހަކު “ފެނުނަސް ފެންނަނީ” އެމީހުންގެ ކައިވެނީގެ ފުރަތަމަ ދުވަސްކޮޅެވެ. ދަރިން ލިބި ދިރިއުޅުމައިގެން އަވަދި ނެތި އުޅޭ ހިސާބަށް ހަޔާތުގެ ޞަފުޙާތައް އެއްލޭ އިރު ގިނަ ދެމަފިރިންނަށް އެކުގައި ހޭދަކޮށްލެވެނީ މަދު ވަގުތުކޮޅެކެވެ.

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 43