[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމާމު ނަވަވީގެ ސާޅީސް ޙަދީސް 22

الحديث الثالث والثلاثون:

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا أنَّ رَسُولَ اللَّهِ ﷺ قَالَ: ((لَوْ يُعْطَى النَّاسُ بِدَعْواهُمْ، لَادَّعَى رِجَالٌ أَمْوَالَ قَوْمٍ وَدِمَاءَهُمْ، لَكِنِ الْبَيِّنَةُ عَلَى الْمُدَّعِي، وَالْيَمِينُ عَلَى مَنْ أَنْكَرَ((

[حَدِيثٌ حَسَنٌ، رَوَاهُ البَيهَقِيُّ وَغَيرُهُ هَكَذَا، وَبَعضُهُ فِي الصَّحِيحَينِ]

 

 

ޙަދީޘްގެ މާނަ

 

އިބްނު ޢައްބާސް رضي اللّه عنهما ރިވާ ކުރެއްވިއެވެ. ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ.
“(ޝަރުޢީ މައްސަލަ ތަކުގައި) މީސްތަކުންނަށް އެމީހުން ދަޢުވާ ކުރާހައި އެއްޗެއް ދޭނަމަ، (ﷲ އަށް ބިރުވެތި ނުވާ) މީހުން (ޙައްޤަކާ ނުލައި އެހެން) މީހުންގެ މުދަލާއި ލެޔަށް (އެބަހީ: ޤިޞާޞްހިފައިދިނުމަށް އެދި) ދަޢުވާ ކުރީސްކަން ކަށަވަރެވެ. އެހެނެއްކަމަކު، ހެކި ހުށަހަޅައި (ސާބިތު ކުރުން) ވަނީ ދަޢުވާކުރާ މީހާގެ މައްޗަށެވެ. އަދި (އެއީ ތެދެއް ނޫންކަމަށް ﷲ ގަންދީ) ހުވާ ކުރުންވަނީ އިންކާރު ކުރާ (ދަޢުވާ ރައްދުވާ) މީހާގެ މައްޗަށެވެ.”

 

ޙަދީޘުން ލިބޭ ފައިދާތައް

 

– މީސްތަކުންގެ މުދާ ރައްކާތެރިކުރުމަކީ ޝަރީޢަތުގެ އެންމެ މުހިންމު އެއް މަޤްޞަދެވެ. މީހަކު ތިމަންނައަށް ފައިސާތަކެއް ނުވަތަ މުދާތަކެއް ދޭންޖެހޭކަމަށް ބުނެ ދަޢުވާކުރުމުން އެ ފައިސާ ނުވަތަ މުދާ ލިބޭނަމަ، މީސްތަކުންގެ މުދަލަށް ލިބިފައިވާ ރައްކާތެރިކަން ފިލައިދާނެއެވެ.

– އަރައިރުންވުންތައް ހައްލުކުރާނެގޮތް މި ޙަދީޘްގައި ބަޔާންކޮށްދެއްވައިފައިވެއެވެ.

– ދަޢުވާ ލިބިގަންނަފަރާތް އެއްބަސްނުވާނަމަ، ދަޢުވާކުރާ ފަރާތުން ޙުއްޖަތް ބަޔާންކޮށްދޭންޖެހޭނެއެވެ.

– ދަޢުވާކުރާ ފަރާތަށް ޙުއްޖަތް ނުދެއްކިއްޖެނަމަ، ދެން ދަޢުވާ ލިބިގަންނަފަރާތުން ހުވާކުރާނީއެވެ. އޭނާ ހުވާކޮށްފިނަމަ، އެ ދަޢުވާ އިން އޭނާ ބަރީއަވީއެވެ. ހުވާނުކޮށްފިނަމަ، އޭނާގެ މައްޗަށް ދަޢުވާކުރެވެއެވެ.

– الأصل براءة الذمة މި ފިޤްހީ ޤާއިދާ މި ޙަދީޘާއި ގުޅިފައިވެއެވެ. މި ޤާޢިދާގެ މާނައަކީ ”އަސްލަކީ ޒިއްމާއިން ބަރީއަވެގެންވުމެވެ.”

– ފަހުން ރައްދުކުރާނެކަމަށް ބުނެ ފައިސާނެގުމަށްފަހު، ފައިސާދިންފަރާތާއި ފައިސާނެގިފަރާތާއިދެމެދު ނެގި މިންވަރާއިމެދު ޚިލާފު އުފެދިއްޖެނަމަ، ހުވާކުރަންޖެހޭނީ ދަރަންޏަށް ފައިސާނެގިފަރާތުންނެވެ. އަޞްލަކީ ދަރަނި ނެގި ފަރާތް ދަރަނިން ބަރީޢަވެގެންވުމެވެ. މިސާލަކަށް މުޙައްމަދު އަތުން އަޙުމަދު 5000 ރުފިޔާ ދަރަންޏަށް ނެގިއެވެ. އޭގެ އެއް އަހަރު ފަހުން ދަރަނި ދައްކަން އަޙްމަދު އައުމުން މުޙައްމަދު ބުންޏެވެ. ”ކަލޭ ދަރަނީގެ ގޮތުގައި ނެގީ 5500 ރުފިޔާއެވެ.” ދިފާޢުގައި އަޙްމަދު ބުންޏެވެ. ”އަހަރެން ދަރަނީގެ ގޮތުގައި ނެގީ 5000 ރުފިޔާއެވެ.” މިޙާލަތުގައި ހެކި ދައްކަންޖެހޭނީ މުޙައްމަދެވެ. އެއީ މުޙައްމަދަކީ المدعي ކަމަށް ވާތީއެވެ. އަދި އެ އަދަދަށް ފައިސާ ނުނަގާ ކަމަށް އަޙްމަދު ހުވާ ކުރަންޖެހޭނެއެވެ. އެއީ المدعى عليه ކަމަށް ވާތީއެވެ.

 

އިމާމު ނަވަވީގެ 40 ޙަދީޘް – އެހެންބައިތައް