[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމާމު ނަވަވީގެ ސާޅީސް ޙަދީސް 27

الحديث التاسع والثلاثون:

 

عَنِ ابْنِ عبَّاسٍ رَضِيَ اللَّهُ عَنْهُما: أَنَّ رَسُولَ اللَّهِ ﷺ قَالَ: ((إنَّ اللَّهَ تَجَاوَزَ لِي عَنْ أُمَّتِي؛ الْخَطَأَ، وَالنِّسْيَانَ، وَمَا اسْتُكْرِهُوا عَلَيْهِ((

[حديث حسن رواه ابن ماجه والبيهقي وغيرهما]

 

ޙަދީޘްގެ މާނަ

އިބްނު ޢައްބާސް رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންނަށް އޮޅުމަކުން ކުރެވޭ ކަންތައްތަކާއި، ހަނދާންނެތިގެން ކުރެވޭ ކަންތައްތަކާ އަދި މަޖުބޫރުވެގެން ކުރާ ކަންތައްތަކާމެދު ދަންނައެވެ. ﷲ ވަނީ، ތިމަންކަލޭގެފާނަށްޓަކައި އެބައިމީހުންނަށް އެކަންކަން ޢަފޫ ކުރައްވާފައެވެ.”

ޙަދީޘުން ލިބޭ ފައިދާތައް

الخطأ އަކީ ޤަޞްދަކާ ނުލައި ހެދޭ ކުށްތަކެވެ.

 

الحديث الأربعون:

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: ((أَخَذَ رَسُولُ اللَّهِ ﷺ بِمَنْكِبِي، فَقَالَ: كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ، أَوْ عَابِرُ سَبِيلٍ

وَكَانَ ابْنُ عُمَرَ يَقُولُ: إِذَا أَمْسَيْتَ، فَلَا تَنْتَظِرِ الصَّبَاحَ. وَإِذَا أَصْبَحْتَ، فَلَا تَنْتَظِرِ الْمَسَاءَ. وَخُذْ مِنْ صِحَّتِكَ لِمَرَضِكَ، وَمِنْ حَيَاتِكَ لِمَوْتِكَ((

[رواه البخاري]

މާނައީ: އިބްނު ޢުމަރު رضي اللّه عنهما ރިވާކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ ކޮނޑުގައި ހިއްޕަވާ، ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “ބީރައްޓެއްސެއް ނުވަތަ ދަތުރުވެރިއެއް ފަދައިން މިދުނިޔެމަތީގައި ތިބާ އުޅޭށެވެ.”

އަދި އިބްނު ޢުމަރު رضي اللّه عنه ވިދާޅުވެއެވެ. “ހަވީރު ވެއްޖެނަމަ، ފަހެ ހެނދުނަށް އިންތިޒާރު ނުކުރާށެވެ. އަދި ހެނދުނު ވެއްޖެނަމަ، ފަހެ ހަވީރަށް އިންތިޒާރު ނުކުރާށެވެ. އަދި ބަލިވުމުގެ ކުރިން ޞިއްޙަތުގެ ފައިދާ ލިބިގަންނާށެވެ. އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ލިބިގަންނާށެވެ.”

 

 

ޙަދީޘުން ލިބޭ ފައިދާތައް

މިދުނިޔަވީ ޙަޔާތުގައި އިންސާނާއަށް ލިބިފައިވާ ޢުމުރަކީ އަޖަލެއްވާ އެއްޗެކެވެ. އަދި އާޚިރަތުގައި ތިބާއަށްއޮތް ދަރަޖަ ބިނާވެގެންވަނީ މިދުވަސްތަކަށެވެ. އެއީ ތިބާ ތިހޭދަކުރަމުންދާ ދުވަސްތަކެވެ. ތިބާގެ ނަފްސަށްޓަކާ ހެޔޮކަމެއް އިސްކޮށްފިނަމަ ތިބާ ވާހުށީ ބާއްޖަވެރިންގެ ތެރެއިންނެވެ. އަދި މިދުނިޔަވީ ޙަޔާތުގައި ތިބާގެ ނަފްސަށް ތިބާ އިހުމާލުވެ، ލިބިފައިވާ ވަގުތުގައި ފަރުވާކުޑަކޮށްފިނަމަ އާޚިރުތުގައި އެކަމާ ހިތާމަކުރާނެއެވެ.

ކަންމިހެން އޮތުމާއެކު، ބުއްދިވެރިންގެ ގޮތަކީ ޙަޔާތުން ފާއިތުވެދާ ކޮންމެ ދުވަހެއްގެ ހިސާބު އެދުވަހަކު ބަލައި، ކޮންމެ ދުވަހެއްގައިމެ ތިމާއަށް ކުރެވިފައިވާ ކަންކަމާމެދު ވިސްނައި ފިކުރުކޮށް ހެދުމެވެ. ﷲ ރުއްސަވާ ވޮޑިގެންނުވާ ގޮތެއްގައި، ތިމާގެ ޙަޔާތުން އެންމެ ހިނދުކޮޅެއްވެސް ހޭދަކުރެވިފައިވާނަމަ، އެކަމެއް މުރާޖަޢާކޮށް އެކަމާމެދު ހިތާމަކޮށް، ކުރިއަށް އޮތް ތާނގައި އެފަދަކަމަކަށް އަރައިނުގަތުމަށް ޢަޒުމް ކަނޑައެޅުމެވެ.

ދުނިޔެ އަކީ ވަގުތީ މަންޒިލެކެވެ. ހިނދުކޮޅެއްގެ ތަނެކެވެ.

 

އިމާމު ނަވަވީގެ 40 ޙަދީޘް – އެހެންބައިތައް