[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމާމު ނަވަވީގެ ސާޅީސް ޙަދީސް 28

الحديث الحادي والأربعون:

عَنْ أَبِي مُحَمَّدٍ، عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رَضِيَ اللَّهُ عَنْهُمَا قَالَ: قَالَ رَسُولُ اللَّهِ ﷺ: ((لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ هَوَاهُ تَبَعًا لِمَا جِئْتُ بِهِ((

[حديث حسن صحيح، رويناه في كتاب الحجة بإسناد صحيح]

 

މާނައީ: އަބޫ މުޙައްމަދު ޢަބްދު ﷲ ބުން ޢަމްރު ބުން އަލްޢާޞް رضي اللّه عنهما ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.

“ތިޔަބައިމީހުންގެ ނަފްސުގެ އެދުންތައް، ތިމަންކަލޭގެފާނު ގެނެސްދެއްވި (އެންމެހާ) ކަންތައްތަކަށް ތަބާ ވެއްޖައުމަށް ދާންދެން، ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް (ފުރިހަމަ ގޮތުގައި) އީމާނެއް ނުވެއެވެ.”

ޙަދީޘްއާއި ގުޅުން ހުރި އެހެން ބައެއް ނައްޞުތައް

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

((حُفَّتْ النَّارُ بِالشَّهَوَاتِ وَحُفَّتْ الْجَنَّةُ بِالْمَكَارِهِ))  [رواه مسلم]

މާނަ : ” ނަރަކަ ވަށައިލެވިގެންވަނީ ޝަހުވަތްތަކުންނެވެ. (އިންސާނާގެ ހަވާނަފްސު އެދޭ ކަންތައްތަކުންނެވެ.) އަދި ސުވަރުގެ ވަށައިލެވިގެންވަނީ އިންސާނާ ނުރުހުންތެރިވާ ކަންތަކުންނެވެ. ” 

ޙަދީޘުން އެނގޭގޮތުގައި، ނަރަކައިގެ ޢަޒާބުން ސަލާމަތްވުމަށްޓަކައި ހަވާނަފްސު އެދުންތަކުން ދުރުވާން ޖެހެއެވެ. ﷲތަޢާލާ ނަހީކުރައްވާފައިވާ އެޝަހުވަތްތަކުގެ ތެރެއަށް ވަދެއްޖެ ކަމުގައި ވާނަމަ އެދެވެނީ ނަރަކައާއި ދިމާއަށެވެ. އަދި ސުވަރުގެ ޙާސިލުކުރުމަށްޓަކައި ތިމާގެ ނަފްސު ކުރަންނޭދޭ ކަންތައްތައްވެސް ކުރަން އެބަ ޖެހެއެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށްވީތީއެވެ. އެ އަމުރުފުޅުތަކަށް ކިޔަމަންވުމުގެ ގޮތުންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَبُرِّ‌زَتِ الْجَحِيمُ لِمَن يَرَ‌ىٰ [36] فَأَمَّا مَن طَغَىٰ [37] وَآثَرَ‌ الْحَيَاةَ الدُّنْيَا [38] فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ [39] وَأَمَّا مَنْ خَافَ مَقَامَ رَ‌بِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ [40] فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ [41]  

މާނަ : ” އަދި ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ. [36] ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ!  [37 ، 38] ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ނަރަކަޔެވެ. [39] އަދި އެމީހާގެ ވެރިއިލާހުގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ!  [40] ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ. [41]”

ﷲ ތަޢާލާ ވަހީކުރެއްވިއެވެ.

وَعَسَىٰ أَن تَكْرَ‌هُوا شَيْئًا وَهُوَ خَيْرٌ‌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ‌ لَّكُمْ ۗ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ    [سورة البقرة 216]

މާނަ : ”އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ލޯބިކުރާކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.“

 

އިމާމު ނަވަވީގެ 40 ޙަދީޘް – އެހެންބައިތައް