[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމާމު ނަވަވީގެ ސާޅީސް ޙަދީސް 29

الحديث الثاني والأربعون:

عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: ((قَالَ اللَّهُ تَعَالَى: يَا ابْنَ آدَمَ، إِنَّكَ مَا دَعَوْتَنِي وَرَجَوْتَنِي، غَفَرْتُ لَكَ عَلَى مَا كَانَ مِنْكَ وَلاَ أُبَالِي.

يَا ابْنَ آدَمَ، لَوْ بَلَغَتْ ذُنُوبُكَ عَنَانَ السَّمَاءِ، ثُمَّ اسْتَغْفَرْتَنِي، غَفَرْتُ لَكَ.

يَا ابْنَ آدَمَ، إِنَّكَ لَوْ أَتَيْتَنِي بِقُرَابِ الأَرْضِ خَطَايَا، ثُمَّ لَقِيتَنِي لَا تُشْرِكُ بِي شَيْئًا، لَأَتَيْتُكَ بِقُرَابِهَا مَغْفِرَةً((

[رواه الترمذي، وقال: حديث حسن صحيح]

މާނައީ: އަނަސް رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ﷲ تعالى (ޤުދުސިއްޔަ ޙަދީޘެއްގައި) ވަޙީކުރެއްވިއެވެ.

“އޭ އާދަމުގެ ދަރިޔާއެވެ! ހަމަކަށަވަރުން ތިމަން އިލާހަށް، ތިބާ ދުޢާ ދަންނަވާ އަދި ތިމަންއިލާހުގެ ޙަޟްރަތުން އުންމީދުކުރާހާހިނދަކު، ތިބާގެ ފާފަ ފުއްސަވާދެއްވާހުށީމެވެ. އަދި އެކަމަށް (އެބަހީ: ތިބާއަށް ކުރެވުނު ފާފަތަކަށް) ތިމަންއިލާހުގެ ޙަޟްރަތުގައި ފަރުވާލެއް ނެތެވެ. އޭ އާދަމުގެ ދަރިޔާއެވެ! އުޑުގެ ވިލާތަކާ ހަމައަށް ތިބާގެ ފާފަތައް ފޯރިކަމުގައިވިޔަސް، ދެންފަހެ ތިމަންއިލާހުގެ ޙަޟްރަތުގައި ފާފަ ފުއްސަވައިދެއްވުންއެދި ދަންނަވައިފިނަމަ، ތިބާގެ ފާފަ ފުއްސަވައިދެއްވާހުށީމެވެ. އޭ އާދަމުގެ ދަރިޔާއެވެ! ބިންފުރޭހާ ފާފަތަކާއިގެން ތިމަންއިލާހުގެ ޙަޟްރަތަށް ތިބާ އައިކަމުގައިވިޔަސް، ތިމަންއިލާހާ ޝަރީކުކޮށްފައިނުވާނަމަ، ބިން ފުރޭހާ ފާފަފުއްސެވުން ގެނެސްދެއްވާހުށީމެވެ.”

 

 

ނޯޓު: މިޙަދީޘް ގެ މަޤްސަދަކީ ފާފަކުރުމަށް ހިތްވަރުދިނުމެއްނޫނެވެ. ނަމަވެސް އިންސާނުންނަކީ ހަނދާންނެތިގެންނާއި އަދިވެސް މިފަދަ ބައެއް ސަބަބުތައް މެދުވެރިވެގެން ފާފަތައް ކުރެވޭ ބައެއް ކަމުގައިވާތީ، އެފަދަ ޙާލަތްތަކުގައި ނާއުއްމީދުނުވެ، ފާފައިން ތައުބާވެ، ދިރިއުޅުން ﷲ އެންގެވި ގޮތްމަތީ އަލުން ފެށުމަށް ހިތްވަރުދިނުމެވެ. ތައުބާގެ ޝަރުތުތަކުގެ ތެރޭގައި ކުރެވުނު ފާފައާއިމެދު ދެރަވެ ހިތާމަކޮށް، އެފާފަ އަލުން ނުކުރުމަށް ޢަޒުމުކަނޑައެޅުން ހިމެނެއެވެ. ފާފަކުރުމުގެ ނިޔަތުގައި ތައުބާވާ މީހާ އެވަނީ ބޮޑު ވެގެންވާ އުރެދުންތެރިކަމެއްގައެވެ.

ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ސުވަރުގެ އެބަޔަކަށް ލިބުން ހައްޤުވެގެންވާ ތަޤްވާވެރީންގެ ސިފަތައް ބަޔާންކުރައްވަމުން ވަޙީކުރައްވާފައި ބަސްފުޅެއްގެ މާނާގައިވަނީ:

”އަދި އެއުރެންނަކީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ އެއުރެންގެ ނަފުސުތަކަށް އަނިޔާވެރިވެއްޖެނަމަ ( އެބަހީ ކިތަންމެ ކުޑަ ފާފައެއް ކޮށްފި ކަމުގައިވީނަމަވެސް) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުން އެދި ދުޢާކޮށް އުޅޭ މީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވަނީ ފަހެ ކާކުހެއްޔެވެ؟ އަދި އެއުރެން ދެނެތިބި ޙާލު އެއުރެން ކުރިކުށުގެ މަތީގައި ދެމިނުތިބެއެވެ…

[آل عمران 135]

 

މި ޙަދީޘްގައިވާ ((يَا ابْنَ آدَمَ، إِنَّكَ لَوْ أَتَيْتَنِي بِقُرَابِ الأَرْضِ خَطَايَا، ثُمَّ لَقِيتَنِي لَا تُشْرِكُ بِي شَيْئًا، لَأَتَيْتُكَ بِقُرَابِهَا مَغْفِرَةً((

އޭ އާދަމުގެ ދަރިޔާއެވެ! ބިންފުރޭހާ ފާފަތަކާއިގެން ތިމަންއިލާހުގެ ޙަޟްރަތަށް ތިބާ އައިކަމުގައިވިޔަސް، ތިމަންއިލާހާ ޝަރީކުކޮށްފައިނުވާނަމަ، ބިން ފުރޭހާ ފާފަފުއްސެވުން ގެނެސްދެއްވާހުށީމެވެ.”

މިޢިބާރާތުން ޝިރުކުކުރުމުގެ ނުރައްކާތެރިކަން ދޭހަވެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.

﴿ إِنَّ اللَّهَ لا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ ﴾ [النساء: 48]

މާނައީ: “ހަމަކަށަވަރުން ﷲ އަށް ޝިރުކު ކޮށްފައިވާ އެއްވެސް އަޅެއްގެ ފާފަ، އެކަލާނގެ ނުފުއްސަވާ ހުއްޓެވެ. އަދި އެނޫން އެހެން ހުރިހާ ފާފަތަކެއް، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ފުއްސަވާ ދެއްވާ ހުއްޓެވެ.”

 

އިސްތިޣްފާރުކުރެވިދާނެ ފަސޭހަގޮތެއް

 

((أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ))

މާނައީ: “ޔާ ﷲ. މިއަޅާގެ ފާފަތައް ފުއްސަވާނދޭވެ. އަދި މިއަޅާ އިބަ ﷲއަށް ތައުބާވަމެވެ.”

 

 

މަރާޖިޢުތައް:

  1. جامع العلوم و الحكم
  2. شرح الأربعين النووية لفضيلة الشيخ العلامة محمد بن صالح العثيمين – رحمه الله
  3. شرح الأربعين النووية لفضيلة الشيخ عبد المحسن العباد – حفظه الله
  4. رياض الصالحين ގެ ދިވެހި ތަރުޖަމާ
  5. ދަރުމަ މަޖައްލާގެ އެކި ޢަދަދުތައް
  6. https://dhisalafiyyah.net/article/8432
  7. net
  8. އުޞޫލީ ޤަވާޢިދުތައް، އައް ޝެއިޙް އިސްމާޢީލް ރިޔާޟް
  9. https://dhisalafiyyah.net/article/27963
  10. الممتع في القواعد الفقهية ؛ د مسلم بن ماجد الدوسري – حفظه الله

 

އިމާމު ނަވަވީގެ 40 ޙަދީޘް – އެހެންބައިތައް