[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް – 1

الحمد  لله الذي أرسل رسوله بالهدى ودين الحق ليظهره علي الدين كله وكفى  بالله شهيدا،  وصلواتــه وسلامه بركـاته على نبينا محـمد ، خاتم الأنبياء والمرسلين، وعلى آله وأصحابه والتابعين ، ومن استـن بسنته بـإِحسان إلى يوم الدين، أما بعد:

އަމިއްލައަށް “ޤުރްއާނީން” ގެ ނަން ދީގެން އުޅޭ މިބައިމީހުން ސުންނަތާ ދެކޮޅަށް އަޑުއުފުލައި ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތާ މީސްތަކުން ދުރަށް ފޭ ކުރުމައްޓަކައި އެކި ކަހަލަ ބާޠިލު ޝައްކުތަކާއި ދަޢުވާތައް ގެންގުޅެތެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އިސްލާމް ދީނުގެ އަސާސީ ޢިލްމު ރަނގަޅަށް ލިބިފައި ނެތް ނުވަތަ، ހެޔޮކޮށް ފަހުމްވެފައި ނެތް ޖާހިލުންނާއި، އީމާންތެރިކަން ބަލިކަށި މީހުންނަށް އެދަޢުވާގެ ޒަރިއްޔާއިން ވަސްވާސް ދީ މިދީނުން ބޭރުކޮށްލައެވެ. ނަމަވެސް އެބައިމީހުންގެ އެ ދަޢުވާތަކަށް ކުޑަކޮށްވެސް ޢިލްމީ ގޮތުން ނަޒަރެއް ދީފި ކޮންމެ މީހަކަށްވެސް އުޑުމަތި ސާފު ދުވަހެއްގެ މެންދުރުގެ އިރު ފަދައިން ޔަޤީންވެގެން ދާނެ އެންމެ ފުރަތަމަވެސް ކަމަކީ، އެއީ އެއްވެސް އަޞްލެއް ނެތް، ބުހުތާނުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ތަރަހަ ބަލި ދަޢުވާތަކެއް ކަމުގައެވެ. އަދި އެމީހުންގެ ދަޢުވާތަކަކީ ޤުރްއާނުގެ އާޔަތްތަކާއި ނަބަވީ ޙަދީޘްތަކާއި ޞަޙާބީންގެ އަޘަރުތައް އޭގެ މަޙައްލުން މުޅިން ބޭރުގައި، ނުބައި މާނައިގައި ބޭނުންކޮށްފައިވާ ދަޢުވާތަކެއް ކަމުގައެވެ. އެމީހުން ޤަޞްދުކުރި ގޮތުގައި އެއީ ސުންނަތައް އިންކާރުކޮށް، އޭގެ މަޝްރޫޢިއްޔަތުކަން ބާޠިލުކޮށް، އެއަށް ފުރަގަސްދީ، އެ އެއްލާލުމައްޓަކައި، އެމީހުންނަށް ލިބިގެންވި ބޮޑެތި ހުއްޖަތްތަކެކެވެ. ނަމަވެސް ޙަޤީޤަތުގައި ﷲ ތަޢާލާގެ ރަޙްމަތާއި ޙިކުމަތްތެރިކަމުން ، އެ ހުރިހާ އެއްޗެއް ވެސް ވެގެން ގޮސްފައިވީ އެމީހުންގެ “މައްޗަށް” އަދި އެމީހުންނާ ދެކޮޅަށް ހުރި ހުއްޖަތްތަކެއް ކަމުގައެވެ. އަދި ފަޟީޙަތެއް ކަމުގައެވެ. ތިރީގައި މިވަނީ އެމީހުންގެ ދަޢުވާތަކާއި އެއަށް ހުރި “ކުރު” އަދި “މަދު” ރައްދުތަކެކެވެ:

 

ނުނިމޭ…

 

***

މަރުޖިޢުތައް:

  • شبهات حول السنة – العلامة الشيخ عبد الرزاق عفيفي – رحمه الله.
  • الأنوار الكاشفة لما في كتاب أضواء على السنة – العلامة عبد الرحمن بن يحيى المعلمي اليماني – رحمه الله.
  • الشبهات الثلاثون المثارة لإنكار السنة النبوية عرض وتفنيد ونقد – د. عبد العظيم إبراهيم محمـد المطعني – رحمه الله.
  • دفاع عن السنة ورد شبه المستشرقين والكتاب المعاصرين – د. أبو محمـد محمـد بن محمـد أبو شيبة – حفظه الله.
  • زوابع في وجه السنة قديماً وحديثاً – الشيخ صلاح الدين مقبول أحمد – حفظه الله.
  • شبهات القرآنيين حول السنة النبوية – أ. د. محمود بن محـمد مزروعة – حفظه الله.
  • كشف حقيقة القرآنيين منكري السنة – أحمد مجاهد الشيـبانـي – حفظه الله.
  • دعوى أن تشدُّد الصحابة في قبول السنة منقصة لها –