ތަކާފުލް
އިސްލާމީ ތަކާފުލްގެ ނިޒާމަކީ ދީނުގައި ކަނޑައެޅިފައިވާ ހުއްދަ މުޢާމަލާތްތަކާއި ޢަޤުދު ތަކުގެ އިންތަކަށް ފެތޭގޮތަށް، ރިބާ އާއި ޖުވާއިން އެއްކިބާ ކުރެވިފައިވާ، އަދި ޔަޤީން ނުވާ ކަންކަމުން (الغرر) ރައްކާތެރިވެގެންވާ މުޢާމަލާތްތަކެއްގެ މައްޗަށް ބިނާވެގެންވާ މާލީ ޙިމާޔަތުގެ އޮނިގަނޑެކެވެ.
އިސްލާމީ ބައެއް ޤައުމުތަކުންވަނީ ތަކާފުލް އަށް ބިނާކޮށްގެން ޞިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމުގެ ޤައުމީ ނިޒާމްތައް ޤާއިމުކޮށްފައެވެ.
ޙަދީޘެއްގައިވެއެވެ.
«إِنَّ الأَشْعَرِيِّينَ إِذَا أَرْمَلُوا فِي الغَزْوِ، أَوْ قَلَّ طَعَامُ عِيَالِهِمْ بِالْمَدِينَةِ جَمَعُوا مَا كَانَ عِنْدَهُمْ فِي ثَوْبٍ وَاحِدٍ، ثُمَّ اقْتَسَمُوهُ بَيْنَهُمْ فِي إِنَاءٍ وَاحِدٍ بِالسَّوِيَّةِ، فَهُمْ مِنِّي وَأَنَا مِنْهُمْ» [متفق عليه]
މާނައީ: “ހަމަކަށަވަރުން އަލްއަޝްޢަރު ވަންހައިގެ މީހުން، ހަނގުރާމައިގެ ސަބަބުން އެބައިމީހުންގެ ކާބޯތަކެތި މަދުވެއްޖެނަމަ، ނުވަތަ ރަށުތެރޭގައި އެބައިމީހުންގެ ޢާއިލާ މީހުންނަށް ކާންދޭނެ ކާބޯތަކެތި މަދުވެއްޖެނަމަ، އެބައިމީހުންގެ އަތުގައި ހުރި ހުރިހާ ކާއެއްޗެއް އެއް ފޮތިގަނޑަކަށް އަޅައެވެ. އަދި އެއަށްފަހު އެއް ކަންވާރަކަށް އަޅައިގެން ހަމަހަމަކޮށް އެމީހުންގެ މެދުގައި އެއެއްޗެހި ބަހައެވެ. އެބައިމީހުންވަނީ ތިމަންކަލޭގެފާނުގެ ކިބައިންނެވެ. އަދި ތިމަންކަލޭގެފާނު ވަނީ އެބައިމީހުންގެ ތެރެއިންނެވެ.”
)އިތުރުބަޔާން: އަލްއަޝްޢަރުވަންހަ އަކީ ޔަމަނުން މަދީނާއަށް ހިޖުރަ ކޮށްފައިވާ ވަންހައެކެވެ.(
މި ޙަދީޘަކީ ތަކާފުލް ނިޒާމު އޭގެ މައްޗަށް ބިނާވެފައިވާ ނައްޞުތަކުގެ ތެރެއިން އެއް ނައްޞެވެ.
=ނުނިމޭ=