الحمد لله الذي فرض الحج علي عباده، والصلاة والسلام على من بيّن كيفيته لأمته، وعلى آله وصحبه ومن تبعهم بإحسان إلى يوم الدين.
އާދޭހެވެ! އަޅުކަމެއް އަދާކުރުމަށް ޤަޞްދުކުރާ ކޮންމެ މުސްލިމެއްގެ ވެސް އެންމެ އިސް ވާޖިބަކީ އިސްލާމްދީނުގައި އެއަޅުކަމެއް އަދާކުރުމަށް އަންގަވާފައިވާގޮތް އޮޅުންފިލުވައި ދަސްކުރުމެވެ. ޞައްޙަ ދަލީލުތަކުގެ އަލީގައި އެއަޅުކަން ފުރިހަމައަށް އަދާކުރަންވާގޮތުގެ ފިޤުހުވެރިކަން ޙާޞިލުކުރުމެވެ. އެހެނީ ޖާހިލުކަންމަތީ ﷲ އަށް އަޅުކަންކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެހެންކަމުން ޙައްޖާއި ޢުމްރާގެ އަޅުކަންވެސް އަދާކުރަންވާނީ މާތް ނަބިއްޔާ صلى الله عليه وسلم ދެއްކެވި ގޮތަށެވެ.
އެގޮތުން މިއީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރާނެ ގޮތް ބަޔާންކުރެވިފައިވާ ކުރު ލުއި ފޮތެކެވެ. ދުޢާއަކީ މިފޮތުގެ ސަބަބުން ޙައްޖާއި ޢުމްރާ ކުރުމަށް ޤަޞްދުކުރާ މީހަކަށް އެދެ އަޅުކަން އަދާކުރާނެ ފުރިހަމަ ގޮތް އެނގި އެއާއެއްގޮތަށް ޢަމަލުކުރުމުގެ ހެޔޮ ތައުފީޤު ﷲ ތަޢާލާ މިންވަރުކޮށް ދެއްވުމެވެ.
وصلى الله وعلى محمد وعلى آله وصحبه وسلم
إلياس جمال
ފޮތުގެ ނަން: | ޙައްޖުވެރިޔާގެ އަތްމަތީ ފޮތް | ޞަފްޙާގެ ޢަދަދު: | 60 (A6 ސައިޒް) |
ލިޔުއްވީ: | އައްޝައިޚް އިލްޔާސް ޖަމާލް | ފައިލް ސައިޒް: | 395 KB |