ޢީސާ عليه السلام އަށްފަހު ނަޞާރާއިން ބައިބައިވުން” title_size=”h2″ title_color=”custom” separator_style=”disabled” title_bg=”enabled” separator_color=”accent” custom_title_color=”#ffffff”]
އިބްނު އަބީ ޙާޠިމް ރިވާކުރައްވާފައިވެއެވެ. ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެފާނު ވިދާޅުވިއެވެ. ޢީސާ عليه السلام އުޑަށް އުފުއްލެވުމުގެ ހިނދުކޮޅެއް ކުރިން ޢީސާ عليه السلام އެކަލޭގެފާނުގެ ޙަވާރީންގެ އަރިހަށް ވަޑައިގެންނެވިއެވެ. އެބައިމީހުންގެ ޢަދަދަކީ ބާރަ އެވެ. އެބައިމީހުން ތިބީ ވަކި ގެއެއްގައެވެ. އެކަލޭގެފާނު އެގެއަށް ވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ އިސްތަށިފުޅުން ފެންތިކި ތިކި ޖަހަޖަހާ ހުއްޓެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔައިގެ ތެރޭގައި ތިމަންކަލޭގެފާނަށް އީމާންވުމަށްފަހު، ބާރަ ފަހަރު ކާފަރުވާނޭ ބަޔަކު ވެއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ކަލޭގެފާނަށްޓަކައި ތިމަން ކަލޭގެފާނުގެ ސިފަފުޅުޖެހި ޝަހީދުވެގެން ދިއުމަށް އިސްނަންގަވާނީ ކޮންބޭކަލެއްތޯއެވެ؟ އެބޭކަލަކު ވާނީ ތިމަންކަލޭގެފާނާއެކު (ސުވަރުގޭގަ) އެވެ. އެތަނުގައި އިން އެންމެ ޒުވާން ހާވާރީ އެކަމަށް އިސްނެންގެވިއެވެ. ދެން ޢީސާ عليه السلام އެކަލޭގެފާނަށް އިށީންނެވުމަށް އެންގެވިއެވެ. ޢީސާ عليه السلام އަނެއްކާވެސް އެސުވާލު ތަކުރާރު ކުރެއްވިއެވެ. ދެންވެސް ހަމަ އެހަވާރީ އެކަމުގައި އިސްނަންގަވަމުން ގެންދެވިއެވެ. އަދި ޢީސާ عليه السلام އެޒުވާނައަށް އިށީންނެވުމަށް އަންގަވަމުން ގެންދެވިއެވެ. އަނެއްކާވެސް އެޒުވާން ހަވާރީ އިސްނެންގެވިއެވެ. އަދި ޢީސާ عليه السلام ވިދާޅުވިއެވެ. ތިޔަބޭފުޅާ އެމީހަކު ކަމުގައި ވާހުއްޓެވެ. ދެންފަހެ ޢީސާ عليه السلام ގެ ސޫރަ އޭނާގެ ގައިގަޖެހި، އީސާ عليه السلام އެގޭގައިވާ އާނގައަކުން އުޑަށް އުފުއްލެވުނެވެ. ޔަހޫދީން އެކަލޭގެފާނު ހޯދަން އައިއިރު އެބައިމީހުންނަށް ފެނުނީ އެއްކަލަ ޒުވާން ހަވާރީއެވެ. ދެން އެބައިމީހުން އެޒުވާނާ ޞަލީބަށް އަރުވައި ޝަޙީދު ކޮށްލެއްވިއެވެ. ދެން އެބައިމީހުން އެކަލޭފާނަށް އީމާންވުމަށްފަހު ބާރަ ފަހަރަށް ކާފަރުވިއެވެ. ޢީސާ عليه السلام އާއި ތަބަޢަވިމީހުން ތިން ފިރުޤާއަކަށް ބެހިގެން ދިޔައެވެ. އެއްފިރުޤާއަކީ އަލް ޔަޢުޤޫބިއްޔާ އެވެ. އެބައިމީހުން ބުންޏެވެ. “ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންނާ އެކުގައި އެކަލާނގެ އިރާދަކުރެއްވެވި މުއްދަތެއް ވާންދެން ހުންނެވުމަށްފަހު އުޑަށް އަރާ ވަޑައިގަތީއެވެ.” އަނެއް ފިރުޤާއެއް ކަމުގައިވާ ނަސްތޫރިއްޔާއިން ބުންޏެވެ. “ﷲ ގެ ދަރިކަލުން އަހަރުމެންނާ އެކުގައި އެކަލާނގެ އިރާދަކުރެއްވި މުއްދަތަކަށް ހުންނެވުމަށްފަހު، ﷲ އެކަލޭގެފާނު އުޑަށް އުފުއްލެވީއެވެ.” އަނެއްފިރުޤާކަމުގައިވާ މުސްލިމުން ބުންޏެވެ. “ﷲ ތަޢާލާގެ އަޅު އަދި އެކަލާނގެ ރަސޫލާ އަހަރުމެންނާއި އެކުގައި ﷲ އިރާދަކުރެއްވި ދުވަސްތަކެއް ވާންދެން ހުންނެވުމަށްފަހު އެކަލާނގެ ޙަޟްރަތަށް އެކަލޭގެފާނު އުފުއްލެވިއެވެ.” ކާފިރުވީ ދެފިރުޤާގެ ބައިގަނޑު މުސްލިމުންގެ ފިރުޤާއާ ދެކޮޅަށް އެއްބަސްވެ އެބައިމީހުން ޤަތުލު ކޮށްލިއެވެ. (ﷲ އެބައިމީހުންނަށް ރަޙްމަތް ލައްވާށިއެވެ.) އެއަށްފަހު މުޙައްމަދުގެފާނު އިސްލާމްދީނައިގެން ފޮނުއްވުމާއި ހަމައަށް އެބާޠިލު ޢަޤީދާ އެގޮތުގައި ދެމި އޮތެވެ. އިބްނު ކަޘީރު ވިދާޅުވާ ގޮތުގައި މިބަސްފުޅަކީ އިބްނު ޢައްބާސްގެފާނާ ހަމައަށް ޞައްޙަ ސަނަދުން ރިވާވެގެންވާ ބަސްފުޅެކެވެ. އަދި އައްނަސާއީ އަބޫ ކުރައިބުގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު އަބޫ މުޢާވިޔާ އަރިހުން މިބަސްފުޅު ގެންނަވާފައި ވެއެވެ.[1]
=ނުނިމޭ=
ލިޔެ ޖަމާކުރީ:
އަަޙްމަދު ޙުސައިން
ޢަބްދުﷲ ނަސީފް
މައިގަނޑު މަޞްދަރު: البداية والنهاية لابن كثيرމިލިޔުމުގެ އެހެން ބައިތައް[1] تفسير ابن كثير