ޚުލާޞާ” title_size=”h2″ title_color=”custom” separator_style=”disabled” title_bg=”enabled” separator_color=”accent” custom_title_color=”#ffffff”]
ޢީސާ عليه السلام ރަސޫލުކަމާއިގެން ފޮނުއްވުނީ މޫސާ عليه السلام ގެ ޝަރީޢަތް އައުކުރައްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި ޔަހޫދީންގެ އަތުގައިވާ ތައުރާތު ތެދުކުރައްކުރަނިވި ފޮތެއްކަމުގައިވާ އިންޖީލު އެކަލޭފާނަށް ބާވާލެއްވުނެވެ. ޢީސާ عليه السلام ގެ ރިސާލަތުގެ އަސާސުތަކަކީ މިއެވެ.
- ޢީސާ عليه السلام ފޮނުއްވުނީ ޚާއްޞަކޮށް ބަނީއިސްރާއީލަށް ތެދުމަގު ދެއްކެވުމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ﴿وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يبَنِى إِسْرَءِيلَ إِنِّى رَسُولُ اللَّهِ إِلَيْكُم مُّصَدِّقاً لِّمَا بَيْنَ يَدَىَّ مِنَ التَّوْرَاه…﴾[1]
- އެކަލޭފާނު ގޮވާލެއްވީ ޝިރުކުން އެއްކިބާވެ، ޚާލިޞް ތައުޙީދަށެވެ. ﷲ ތަޢާލާއީ އެއްކައުވަންތަ، އެއްވެސް ބައިވެރިޔަކު ނުވާފަރާތެއްކަމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.﴿لَقَدْ كَفَرَ الَّذِينَ قَالُواْ إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ وَقَالَ الْمَسِيحُ يَابَنِى إِسْرَءِيلَ اعْبُدُواْ اللَّهَ رَبُّى وَرَبَّكُمْ إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّـلِمِينَ مِنْ أَنصَارٍ – لَّقَدْ كَفَرَ الَّذِينَ قَالُواْ إِنَّ اللَّهَ ثَـلِثُ ثَلَـثَةٍ وَمَا مِنْ إِلَـهٍ إِلاَّ إِلَـهٌ وَحِدٌ وَإِن لَّمْ يَنتَهُواْ عَمَّا يَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُواْ مِنْهُمْ عَذَابٌ أَلِيمٌ﴾[2]
- އަލްމަސީޙް عليه السلام އަކީ ރަސޫލެއްކަމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ﴿إِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّ اللَّـهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ اسْمُهُ الْمَسِيحُ عِيسَى ابْنُ مَرْيَمَ وَجِيهًا فِي الدُّنْيَا وَالْآخِرَةِ وَمِنَ الْمُقَرَّبِينَ﴾[3]
- އަލްމަސީޙު ޢީސާ عليه السلام ވަޑައިގެންނެވީ އެޤައުމުގެ މީހުންގެ ޙާޖަތްތަކާއެގޮތައް އައު ޝަރީޢަތަކާއިގެންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ﴿ وَمُصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَلاٌّحِلَّ لَكُم بَعْضَ الَّذِي حُرِّمَ عَلَيْكُمْ﴾[4]
- ޢީސާ عليه السلام ގޮވާލެއްވީ ބާވާލެއްވިފައިވާ ސަމާވީފޮތްތައް ތެދުކުރުމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ﴿وَقَفَّيْنَا عَلَى ءاثَـرِهِم بِعَيسَى ابْنِ مَرْيَمَ مُصَدِّقاً لِّمَا بَيْنَ يَدَيْهِ مِنَ التَوْرَاةِ وَءَاتَيْنَـهُ الإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقاً لِّمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ﴾[5]
- ޢީސާ عليه السلام ވަނީ އެކަލޭފާނަށްފަހު މުޙައްމަދު ﷺ ވަޑައިގަންނަވާނޭކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ﴿وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يبَنِى إِسْرَءِيلَ إِنِّى رَسُولُ اللَّهِ إِلَيْكُم مُّصَدِّقاً لِّمَا بَيْنَ يَدَىَّ مِنَ التَّوْرَاةِ وَمُبَشِّراً بِرَسُولٍ يَأْتِى مِن بَعْدِى اسْمُهُ أَحْمَدُ فَلَمَّا جَاءَهُم بِالْبَيِّنَـتِ قَالُواْ هَـذَا سِحْرٌ مُّبِينٌ﴾[6]
=ނިމުނީ=
ލިޔެ ޖަމާކުރީ:
އަަޙްމަދު ޙުސައިން
ޢަބްދުﷲ ނަސީފް
މަޞްދަރު: البداية والنهاية لابن كثير
[1] الصفّ: 06
[2] المائدة: 72-73
[3] آل عمران: ٤٥
[4] آل عمران: 50
[5] المائدة: 46
[6] الصفّ: 06