މިއީ 20 ރަޖަބު 1439 ވީ ހުކުރު ދުވަހު މަސްޖިދުއް ނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ޚުޠުބާ ދެއްވީ: الشيخ صلاح البدير –حفظه الله–
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ
الحمدُ لله الذي خلَقَنا لعبادة، وأنذَرَنا موارِدَ الرَّمادة، وأشهدُ أن لا إله إلا اللهُ وحدَه لا شريكَ له القائِلُ: ﴿لِلَّذِينَ أَحْسَنُوا الْحُسْنَى وَزِيَادَةٌ﴾ [يونس: 26]، وأشهدُ أن نبيَّنا وسيِّدنا محمدًا عبدُه ورسولُه مَن اتَّبَعَه نالَ الفوزَ والسعادَة، صلَّى الله وسلَّم عليه وعلى آلِه وأصحابِه أهلِ القِيادة والرِّيادة والسِّيادة.
* އަޖަލުތައް ގާތްވަނީއެވެ. އުންމީދުތައް ނިމުމަކަށް އަންނަނީއެވެ. ދަތުރަށް ފަށަންވި ވަގުތާއި ބަދަލުވާންވީ ވަގުތު ޖެހެނީއެވެ.
* ދުނިޔެއަކީ އެތަނުގައި ދިރިއުޅުމުގައި އަޅާއަށް މުޞީބާތްތަކާއި އާފާތްތަކާއި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ގޮވައްޗެވެ. އެތަނުގައި މަސައްކަތްކުރުމާއި ވަރުބަލިވުން ވެއެވެ. އަދި ބަލިމަޑުކަމާއި މުޞީބާތްތަކާއި ދެކޮޅުވެރިމީހުންނާ ބައްދަލުވެއެވެ. ކަންމިހެން އޮތްއިރު، އެންމެ ދީލަތިވަންތަ އަދި ރަޙީމުވަންތަ އިލާހު، އެއިލާހުގެ އަޅުތަކުންނަށް ގޮވާލައްވަނީ އެއިލާހުގެ ކަރާމަތުގެ ގޮވައްޗަށެވެ. އެއީ ސަލާމަތްކަމާއި ނިޢުމަތުގެ ގޮވައްޗެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَاللَّهُ يَدْعُو إِلَى دَارِ السَّلَامِ وَيَهْدِي مَنْ يَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ﴾ [يونس: 25]
މާނައީ: “ﷲ ގޮވައިލައްވަނީ ސަލާމަތުގެ ގޮވައްޗަށެވެ. (އެބަހީ: ސުވަރުގެއަށެވެ.) އަދި އެއިލާހު އިރާދަކުރައްވާ ބަޔަކަށް، ސީދާވެގެންވާ ތެދުމަގަށް އެއިލާހު މަގު ދައްކަވައެވެ.”
* އެއީ އެތަނުގެ ނިޢުމަތްތަކަށް ނިމުނެއް ނުވާ އަދި ފަނާވުމެއް ނުވާ ގޮވައްޗެވެ. އަދި އެތަނެއްގައި އެންމެހާ ހެޔޮކަން އިތުރުވަމުންދާ ގޮވައްޗެވެ. ތަޤުވާވެރިންނަށްވާ ކަރާމަތެއްގެ ގޮތުގައި ތައްޔާރުކުރެވި، ގާތްކުރެވި، ޒީނަތްތެރިކުރެވިފައިވާ ތަނެކެވެ. އެތަނުގައި ބިރުވެތިވުމެއް، ބިރުގަތުމެއް، ކަންބޮޑުވުމެއް ނުވެއެވެ. އަދި އެތަނުގައި އުނދަގުލެއް އަދި ވަރުބަލިކަމެއް ނުވެއެވެ. އަދި އެތަނުގައި ފަޤީރު ވެދާނެކަމުގެ އަދި ދަރަނިވެރި ވެދާނެކަމުގެ ބިރެއް ނުވެއެވެ. އަދި އެތަނުން ނެރުއްވުމެއް، ނިމުމެއް، ފަނާވުމެއް ނުވެއެވެ.
﴿وَمَا هُمْ مِنْهَا بِمُخْرَجِينَ﴾ [الحجر: 48]
މާނައީ: “އަދި އެ ތަނުން ނެރުއްވާނެ ބަޔަކު ކަމުގައިވެސް އެބައިމީހުން ނުމެވޭމެއެވެ.”
* ސުވަރުގެއަށް ވަދެއްޖެމީހާ ދަންނައެވެ. އޭނާއަށް އޮތީ ހިތްހަމަޖެހުމާއި ފަސޭހަކަމެވެ. ހިތާމަކުރުމެއް ނެތެވެ. އޭނާގެ ހެދުން ބަލެއް ނުވާނެއެވެ. އޭނާގެ ޒުވާންކަން ފަނާވުމެއް ނެތެވެ. އަދި ގޮވާލާމީހަކު އެބައިމީހުންނަށް ގޮވާލާނެއެވެ.
«إِنَّ لَكُمْ أَنْ تَصِحُّوا فَلَا تَسْقَمُوا أَبَدًا، وَإِنَّ لَكُمْ أَنْ تَحْيَوْا فَلَا تَمُوتُوا أَبَدًا، وَإِنَّ لَكُمْ أَنْ تَشِبُّوا فَلَا تَهْرَمُوا أَبَدًا، وَإِنَّ لَكُمْ أَنْ تَنْعَمُوا فَلَا تَبْأَسُوا أَبَدًا» [رواه مسلم]
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންނަށް އޮތީ އަބަދުމެ ބަލިނުވު ހެޔޮ ޞިއްޙަތުގައި ދެމިތިބުމެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންނަށް އޮތީ އަބަދުމެ މަރުނުވެ ދިރިތިބުމެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންނަށް އޮތީ އަބަދުމެ ޒުވާންކަންމަތީ މުސްކުޅިނުވެ ދެމިތިބުމެވެ. އަދި ހަމަކަވަރުން ތިޔަބައިމީހުންނަށް އޮތީ އަބަދުމެ ޢަޛާބުން ދުރުހެލިވެ ނިޢުމަތުގައި ދެމިތިބުމެވެ.”
* އެތަނުގައިވަނީ ލޮލަކަށް ފެނުފައިނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި އިންސާނެއްގެ ހިތަށް ތަޞައްވުރު ކުރެވިފައިނުވާފަދަ ކަންތައްތަކެކެވެ.
﴿وَالْمَلَائِكَةُ يَدْخُلُونَ عَلَيْهِمْ مِنْ كُلِّ بَابٍ [23] سَلَامٌ عَلَيْكُمْ بِمَا صَبَرْتُمْ فَنِعْمَ عُقْبَى الدَّارِ [24]﴾ [الرعد: 23، 24]
މާނައީ: އަދި އެތަނުގެ ހުރިހާ ދޮރަކުން، މަލާއިކަތުން އެބައިމީހުންގެ ގާތަށް ވަދެވަޑައިގަންނަވާނެއެވެ. [23] (އެބޭކަލުން ވިދާޅުވާނެއެވެ.) ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުށްޓެވެ. ފަހެ، އާޚިރަތުގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ! [24]”
* އެބައިމީހުންގެ ގާތަށް މަލާއިކަތުން ވަދެވަޑައިގަންނަވާނެއެވެ. އަދި މަލާއިކަތުން އެބައިމީހުންނަށް ސަލާމް ދަންނަވާ މަރްޙަބާ ކިޔާނެއެވެ.
﴿سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ﴾ [الزمر: 73]
މާނައީ: “ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުށްޓެވެ. ތިޔަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ، އެ ސުވަރުގޭގައި ދެމިތިބެނިވިގޮތުގައި ތިޔަބައިމީހުން އެތަނަށް ވަންނާށެވެ!”
* ސަލާމަތްކަމާއި ނިޢުމަތުގެ ގޮވަތީގައި މިވާ ގާތްކުރެއްވުމާއި ކަމޭހިތުމުގެ މަތިވެރިކަމާއެވެ!
* ސުވަރުގޭގައި ﷲ ތަޢާލާ ފެނުމާމެދު ދަންނައެވެ. އެއީ ވާދަކުރާމީހުން އެކަމަކަށްޓަކައި ވާދަކުރަންވީކަމެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿وُجُوهٌ يَوْمَئِذٍ نَاضِرَةٌ [22] إِلَى رَبِّهَا نَاظِرَةٌ [23]﴾ [القيامة: 22، 23]
މާނައީ: “އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ. [22] އެ މޫނުތަކުގެ ވެރިރައްބަށް ބަލަބަލައި ތިބެއެވެ. [23]”
* ކޮންފަދަ ހިތްގައިމުކަމަކާއި ނިޢުމަތާއި، ބާއްޖަވެރިކަމާއި އިޚްތިޔާރު ކުރެއްވުމެއް ހެއްޔެވެ؟ އެދުވަހުން އެބައިމީހުންނަށް ﷲ ތަޢާލާ ފެންނާނެއެވެ. މިއީ ޚަބަރު ދެއްވާފައިވާ ހިތްގައިމުކަމެވެ. ފަހެ، އެތަން ފެނުމުން ލިބޭ ލައްޒަތު ކޮންފަދައެއް ހެއްޔެވެ؟ ފަހެ، މިފަދަ ނިޢުމަތްތަކަށް ތައްޔާރުވާށެވެ.
اللهم إنا نسألُك لذَّةَ النَّظَر إلى وجهِك، والشَّوقَ إلى لِقائِك في غير ضرَّاء مُضِرَّة، ولا فِتنةٍ مُضِلَّة.
ދެވަނަ ޚުޠުބާ
الحمدُ لله آوَى إلى مَن لُطفِه أوَى، وأشهدُ أن لا إله إلا اللهَ وحدَه لا شريكَ له داوَى بإنعامِه مَن يئِسَ مِن أسقامِه الدوَا، وأشهدُ أن نبيَّنا وسيِّدنَا محمدًا عبدُه ورسولُه مَن اتَّبَعه كان على الهُدى، ومَن عصاه كان في الغِوايةِ والرَّدَى، صلَّى الله عليه وعلى آله وأصحابِه وسلَّم تسليمًا كثيرًا.
* ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ. އުންމީދާއެކު އެއިލާހުގެ ޙަޟްރަތުން އެދޭށެވެ. އަދި އެއިލާހަށް ކިޔަމަންތެރިވާށެވެ. އަދި އެއިލާހަށް ނުއުރެދޭށެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا﴾ [الأحزاب: 70]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ!”
* ތިޔަބައިމީހުން ދަތުރަށް ތައްޔާރުވާށެވެ. ތިޔަބައިމީހުންގެ ޙަޔާތާއިގެން އަވަސްވެގަންނާށެވެ. އަދި ތިޔަބައިމީހުންގެ ވަގުތުތައް ޣަނީމާކުރާށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَسَارِعُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ﴾ [آل عمران: 133]
މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ ތަޤުވާވެރިންނަށެވެ.”
اللهم صلِّ وسلِّم على عبدِك ورسولِك محمدٍ، وارضَ اللهم عن خُلفائِه الأربعة، أصحابِ السنَّة المُتَّبَعة: أبي بكرٍ، وعُمر، وعُثمان، وعليٍّ، وعن سائِرِ الآلِ والأصحابِ، وعنَّا معهم يا كريمُ يا وهَّاب.
اللهم أعِزَّ الإسلام والمُسلمين، وأذِلَّ الشركَ والمُشرِكين، ودمِّر أعداء الدين، وعُمَّ بالأمنِ والرَّخاءِ جميعَ أوطانِ المُسلمين يا رب العالمين.
اللهم آمِنَّا في أوطانِنا، واحفَظ أئمَّتَنا ووُلاةَ أمورِنا، وأيِّد بالحقِّ إمامَنا ووليَّ أمرنا وولِيَّ عهدِه يا رب العالمين، اللهم وفِّقهما لهُداك، واجعَل عملَهما في رِضاك يا رب العالمين.
اللهم إنا نسألُك النَّصرَ المُؤزَّر لجُنودِنا وجُيوشِنا المُرابِطِين على حُدودِنا، حُماةِ العقيدةِ والتوحيد، اللهم نصرَك المُؤزَّر، اللهم النصرَ والفتحَ والتمكِين، اللهم اشفِ صُدورَ قَومٍ مُؤمنين يا رب العالمين.
اللهم ادفَع عنَّا الغلا والوبا والرِّبا والزِّنا، والزلازِلَ والمِحَن، وسُوءَ الفتَن ما ظهَرَ مِنها وما بطَن.
اللهم أعتِقنا مِن رِقِّ الذُّنُوب، وخلِّصنَا مِن أشَرِ النُّفوس، يا عظيمَ العفوِ، يا قريبَ الرحمةِ، هَبْ لنا مِن لدُنكَ مغفِرةً ورحمةً، وأسعِدنا بتقوَاك، واجعَلنا نخشَاك كأنَّنا نرَاك.
اللهم ارحَم موتانا، واشفِ مرضانا، وفُكَّ أسرانا، وانصُرنا على من عادانا.
اللهم اجعَل رِزقَنا رغَدًا، ولا تُشمِت بِنا أحدًا، ولا تجعَل لكافِرٍ علينا يدًا.
اللهم اجعَل دعاءَنا مسمُوعًا، ونداءَنا مرفوعًا يا كريمُ يا عظيمُ يا رحيمُ.