[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދުޢާކުރުން 1

ދުޢާކުރުމަކީ އަޅުވެރިކަމުގެ ސިފައެކެވެ. އަދި ހިތުގެ ބަގީޗާއެކެވެ. އަދި ދުނިޔޭގައިވާ ބަގީޗާއެކެވެ. އަދި ލުއިފަސޭހަ، ކޮންމެ ވަޤުތެއްގައި، ކޮންމެ ތަނެއްގައި އަދި ކޮންމެ ޙާލަތެއްގައިވެސް ކުރެވޭފަދަ އަޅުކަމެކެވެ. އަދި އެއީ މުޞީބާތްތަކުގެ ޢަދާވާތްތެރިޔާއެވެ. އޭގެ ސަބަބުން އެކަން ހުއްޓުވި، އެކަމަށް ފަރުވާކުރެވެއެވެ. އަދި އެ މެދުވެރިވުމަށް ދުޢާ ހުރަސްއަޅައެވެ. އަދި އޭގެ ސަބަބުން މުޞީބާތްތައް އުފުލިގެންދެއެވެ. ނުވަތަ ދިމާވުމަށްފަހު ލުއިވެގެންދެއެވެ.

ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ވިދާޅުވިއެވެ.

“އިޖާބަ ނުކުރައްވަފާނެތީ ތިމަންކަލޭގެފާނު ކަންބޮޑުވެވަޑައި ނުގަންނަވަމުއެވެ. ފަހެ ދުޢާކުރުމުގެ ތައުފީޤު ލިބިވަޑައިގެންފިނަމަ، ފަހެ އިޖާބަވުންވަނީ އެއާއެކުގައެވެ.”

ދުޢާކުރުމުން، ﷲ ގެ އިޛުނަފުޅާއެކު މުޞީބާތްތައް ފިލައިދެއެވެ. އަދި ޢަޛާބާއި ހަލާކަށް އެހުރަސްއަޅައެވެ. އަދި އެއީ މުއުމިނުންގެ ހަތިޔާރެކެވެ. ސަބަބުތަކުގެ ތެރޭގައި، އެއަށްވުރެ ފައިދާބޮޑު އަދި އެއެދޭކަމެއް ޙާޞިލުކުރުމުގައި އަސަރުކުރުވާ އެއްޗެއް ނުވެއެވެ.

ނިޢުމަތްތައް ހޯދުމުގައްޔާ އަދި ޢުޤޫބާތްތައް އެއްކިބާކުރުމުގައި އެފަދަ އެހެންކަމެއް ނުވެއެވެ. އޭގެ ސަބަބުން ކަންބޮޑުވުންތަކަށް ޙައްލު ލިބި، ހާސްކަން ފިލައިދެއެވެ. އެކަން ކުރާ ވަޤުތު، އަޅާ ﷲ އާ ކުއްތަންވެގެން ދިޔުމަކީ އެކަމަށް ލިބިގެންވާ ޝަރަފެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ﴾  [سورة البقرة ١٨٦]

މާނައީ: “އަދި ތިމަންއިލާހާމެދު ތިމަންއިލާހުގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންއިލާހީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ އިލާހެވެ. ތިމަންއިލާހުގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ ދުޢާކުރި މީހާގެ ދުޢާ، އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން ތިމަންއިލާހަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން އިލާހަށް އީމާންވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.”

އެންމެ ނުކުޅެދުންތެރިމީހަކީ ދުޢާކުރުމަށްވެސް ނުކުޅެދުންތެރިވިމީހާއެވެ.

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް