[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞަދަޤާތްކުރުން 2

އެންމެ މޮޅު ޞަދަޤާތަކީ ޞަދަޤާތް ލިބޭ ފަރާތް އެއަށް ބޭނުންޖެހިފައިވަނިކޮށް ކުރާ ޞަދަޤާތެވެ. އަދި ދާއިމީގޮތެއްގައި މެދުނުކެނޑިކުރާ ޞަދަޤާތެވެ. ޞަދަޤާތުގެ ސަބަބަން އަޅާ ނަރަކައިން ސަލާމަތްވެގެންދެއެވެ. އެހެންކަމުން ޢީދު ދުވަހެއްގައި ނަބިއްޔާ صلى الله عليه وسلم އަންހެންކަނބަލުންނަށް ޚުޠުބާދެއްވަމުން ޙަދީޘްކުރެއްވިއެވެ.

((يَا مَعْشَرَ النِّسَاءِ، تَصَدَّقْنَ، فَإِنِّي رَأَيْتُكُنَّ أَكْثَرَ أَهْلِ النَّارِ)) [رواه البخاري]

މާނައީ: އޭ އަންހެން ކަނބަލުންނޭވެ. ތިޔަކަނބަލުން ޞަދަޤާތްކުރާށެވެ. ހަމަކަށަވަރުން ނަރަކައިގައި އެންމެ ގިނައީ އަންހެން ކަނބަލުންކަމުގައި ތިމަން ކަލޭގެފާނު ދެކެވަޑައިގަތީމެވެ.”

އަދިވެސް ޙަދީޘްކުރެއްވިއެވެ.

((اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ)) [متفق عليه]

މާނައީ: “ކަދުރުފަޅިއެއް ހޭދަކޮށްގެންވެސް ތިޔަބައިމީހުން ނަރަކައިން ރައްކާތެރިވާށެވެ.”

ޞަދަޤާތްކުރުމުގެ ސަބަބުން ފާފައިގެ ސުންޕާކަން ފިލުވާލައެވެ. މުޢާޛު رضي الله عنه އަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ)) [رواه الترمذي]

މާނައީ: “އަދި ފެން ޖެހުމުން އަލިފާން ނިވޭ ފަދައިން، ޞަދަޤާތުގެ ސަބަބުން ކުށް ފާފަތައް ފުހެވިގެންދެއެވެ.”

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް