ޞަދަޤާތްކުރުމަކީ، ﷲ ގެ އިޛުނަފުޅާއެކު މުޞީބާތްތަކާއި ދަތިކަން ފިލުވައިދޭ ކަމެކެވެ. އިބްނުލް ޤައްޔިމު ވިދާޅުވިއެވެ.
“ޞަދަޤާތްކުރުމާއި އިޙްސާންތެރިވުމީ މުޞީބާތްތަކާއި އެސްފީނައާ އަދި ޙަސަދަވެރިންގެ ނުބައިކަން އެއްކިބާކުރުމުގައި އަޖައިބުކުރަނިވި އަސަރެއްކުރުވާކަމެކެވެ. މިކަމުގައި ކުރީގެ އުންމަތްތަކުގެ ތަޖުރިބާ ފިޔަވާ އެހެން ކަމެއް (ހެއްކެއްގެ) ގޮތުގައި ނުވީނަމަވެސް ފުދުނީހެވެ. އެސްފީނާއާއި ޙަސަދައާ އަދި އުނދަގޫތައް، ޞަދަޤާތްކުރާ އިޙްސާންތެރިމީހަކަށް ޖެހުމަކީ ވަރަށް ދުރުކަމެކެވެ. އަދި އެއިންކަމެއް ޖެހުނަސް ވަރަށް ކުޑަކޮށްމ މެނުވީ ނުޖެހެއެވެ. އަދި އެކަމުގައި އޭނާއަށް އެހީއާއި ވާގިވެރިކަން ލިބިގެންދެއެވެ. އަދި އެކަން ނިމޭއިރު އޭނާއަށް ހެޔޮގޮތް މެދުވެރިވެއެވެ. ފަހެ ޞަދަޤާތްކުރާ އިޙްސާންތެރިންވަނީ އެބައިމީހުންގެ ޞަދަޤާދާއި އިޙްސާންތެރިކަމުގެ ރައްކަލުގައެވެ. އޭގެ ސަބަބުން އޭނާގެ ކިބައިގައި، ހިމާޔަތްކޮށްދޭނެ އައްޑަނައަކާއި ވަރުގަދަ ކިއްލާއެއް ﷲ ތަޢާލާ ލައްވައެވެ.”[1]
އަދިވެސް ވިދާޅުވިއެވެ.
“މުޞީބާތްތަކުގެ އެކި ވައްތަރުތައް އެއްކިބާކޮށްދިނުމުގައި ޞަދަޤާތުގެ ވަރަށް އަޖައިބުކުރަނިވި އަސަރެއްވެއެވެ. އެއީ ފާޖިރެއް ނުވަތަ އަނިޔާވެރިއެއްކަމުގައިވިޔަސް މެއެވެ. އަދި ކިއެއް ހެއްޔެވެ. ކާފިރެއްކަމުގައިވިޔަސްމެއެވެ. ފަހެ ހަމަކަށަވަރުން ﷲ ތަޢާލާ އޭނާގެ ކިބައިން އެކި ވައްތަރުގެ މުޞީބާތް އެއްކިބާކޮށްދެއްވައެވެ. މިއީ އެންމެންވެސް ވަރަށް ރަނގަޅަށް ދަންނަކަމެކެވެ. މިކަމަށް މިބިމުގައިވާ އެންމެންވެސް އިޤުރާރުވާނެއެވެ. އެހެނީ މިއީ އެބައިމީހުން ތަޖުރިބާކޮށްފަައިވާނޭ ކަމެކެވެ.”[2]
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް
[1] الوابل الصيب ص: 49
[2] الوابل الصيب ص: 51