يَا طَالِبَ العِلْمِ لَا تَبْغِي بِهِ بَدَلًا * فَقَدْ ظَفِرْتَ وَرَبِّ اللَّوْحِ والْقَلَمِ
އޭ ކިޔަވާ ކުއްޖާއެވެ. ތިޔަކަމަށްޓަކައި ބަދަލަކަށް ނޭދޭށެވެ. ފަހެ ލައުޙާއި ޤަލަމުގެ ވެރިރައްބު ގަންދީ ބުނަމެވެ. ތިބާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
وَقَدِّسِ العِلْمَ وَاعْرِفْ قَدْرَ حُرْمَتِهِ * فِي القَوْلِ وَالفِعْلِ، وَالآدَابَ فَالْتَزِمِ
ޢިލްމަށް ޙުރުމަތްތެރިކޮށް ހިތާށެވެ. އަދި އޭގެ ޙުރުމަތްތެރިކަން ދެނެގަންނާށެވެ. އަދި ބަހާއި ޢަމަލާއި އަދަބު އަޚުލާޤުންވެސް އެކަން ދައްކާށެވެ.
وَاجْهَدْ بِعَزْمٍ قَوِيٍّ لَا انْثِنَاءَ لَهُ * لَوْ يَعْلَمُ الْمَرْءُ قَدْرَ العِلْمِ لَمْ يَنَمِ
އަދި ފަނޑުވުމެއްނުވާ ވަރުގަދަ ޢަޒުމަކާއެކު ބުރަކޮށް މަސައްކަތްކުރާށެވެ. ޢިލްމުގެ މަތިވެރިކަން މީހަކަށް އެނގިއްޖެނަމަ ނުވެސް ނިދާނެކަން ކަށަވަރެވެ.
وَالنُّصْحُ فَابْذُلْهُ لِلطُّلَّابِ مُحْتَسِبًا * فِي السِّرِّ وَالْجَهْرِ، وَالأُسْتاذَ فَاحْتَرِمِ
އަދި ކިޔަވާ ކުދިންނަށް ސިއްރާއި ފާޅުގައި އަޖުރަށް އެދިގެން ނަސޭޙަތްތެރިވާށެވެ. އަދި އުސްތާޒަށް އިޙްތިރާމުކުރާށެވެ.
وَ«مَرْحَبًا» قُلْ لِمَنْ يَأتِيكَ يَطْلُبُهُ * وَفِيهِمُ احْفَظْ وَصَايَا الْمُصْطَفَى بِهِمِ
އަދި ޢިލްމު ހޯދުމަށްޓަކައި ތިބާގެ ގާތަށް އަންނަމީހަކަށް މަރުޙަބާ ކިޔާށެވެ. އަދި އެބައިމީހުންނާ މެދު ނަބިއްޔާ ﷺ ކޮށްފައިވާ ވަޞިއްޔަތާ އެއްގޮތަށް ޢަމަލުކުރާށެވެ.
وَالنِّيَّةَ اجْعَلْ لِوَجْهِ اللهِ خَالِصَةً * إِنَّ البِنَاءَ بِدُونِ الأَصْلِ لَمْ يَقُمِ
އަދި ﷲ ގެ ވަޖުހުފުޅު އަދާއިގެން ނިޔަތް ޚާލިޞްކުރާށެވެ. ބިންގަލެއް ނެތިއްޔާ ބިނާއެއްވެސް ކޮޅަށް ނުހުންނާނެއެވެ.
وَمَنْ يَكُنْ ـ لِيَقُولَ النَّاسُ ـ يَطْلُبُهُ * أَخْسِرْ بِصَفْقَتِهِ فِي مَوْقِفِ النَّدَمِ
އެއީ (ދީން) ކިޔަވާ ކުއްޖެކޭ މީސްތަކުން ލައްވާ ބުނުވުމަށްޓަކައި އުޅޭ ކުއްޖާ ދަންނައެވެ. އޭނާ އެވަނީ ހިތާމަކުރަންޖެހޭފަދަ ތަނެއްގައި، އެހޯދި މުދަލާއެކު ގެއްލުމެއްގެ ތެރޭގައެވެ.
****************
މިއީ العلَّامة حافظ بن أحمد حكمي ـ رحمه الله ـ ލިޔުއްވާފައި އަލްމީމިއްޔާ އޭ ކިޔުނު ޅެމުން ނަގާފައިވާ ބައިތުތަކެކެވެ.