وَمَنْ بِهِ يَبْتَغِي الدُّنْيَا فَلَيْسَ بهِ * يَوْمَ القِيَامَةِ مِنْ حَظٍّ وَلَا قَسَمِ
އެ(ޢިލްމު) ބޭނުންކޮށްގެން ދުނިޔެ ހޯދަން އުޅޭ މީހާ ދަންނައެވެ. އޭނާއަށްޓަކައި ޤިޔާމަތްދުވަހު އެއްވެސް ނަޞީބެއް ނުވަތަ މިންވަރެއް ނުވެއެވެ.
كَفَى بِهِ (مَن كانَ) فِي شُورَى وَهُودٍ وَفِي الْـ * إسْراءِ مَوْعِظَةً لِلحَاذِقِ الفَهِمِ
އަދި ވިސްނޭ، ތޫނުފިލި މީހުންނަށްޓަކައި ޝޫރާ ސޫރަތާއި ހޫދު ސޫރަތް އަދި އިސްރާ ސޫރަތުގައިވާ ވާހަކަތައް ފުދެއެވެ.
إِيَّاكَ وَاحْذَرْ مُمَارَاةَ السَّفِيهِ بِهِ * كَذَا مُبَاهاةَ أهْلِ العِلْمِ لَا تَرُمِ
ތަންދޮރު ނުފިލާ މީހުންނާ ޖަދަލުކުރުމުން ތިބާ ދުރުހެލިވާށެވެ. އަދި ޢިލްމުވެރިންގެ މައްޗަށް (ބަސްކިޔައި) ފަޚުރުވެރިވެގަތުމަށްވެސް ޤަޞްދުނުކުރާށެވެ.
فَإِنَّ أَبْغَضَ كُلِّ الخَلْقِ أَجْمَعِهِمْ * إِلَى الإِلَهِ أَلَدُّ النَّاسِ فِي الخِصَمِ
ފަހެ، ހަމަކަށަވަރުން ހުރިހާ މަޚްލޫޤުންގެ ތެރެއިންވެސް ﷲ ތަޢާލާގެ ޙަޟުރަތުގައި އެންމެ ނުރުހުންތެރިކަން ބޮޑީ ޒުވާބުކުރުމުގައި އެންމެ ދެކޮޅުވެރިމީހުންނެވެ.
وَالعُجْبَ فَاحْذَرْهُ إِنَّ العُجْبَ مُجْتَرِفٌ * أَعْمَالَ صَاحِبِهِ فِي سَيْلِهِ العَرِمِ
އަދި އަމިއްލަ ނަފްސު ފެނުމާމެދު ރައްކާތެރިވާށެވެ. ހަމަކަށަވަރުން އަމިއްލަ ނަފްސު ފެނުނުމީހާގެ ޢަމަލުތައް ސައިލުލް ޢަރިމީގައި[1] ކަހާލައިގެން ހިނގައިދާނެއެވެ.
وَبِالْمُهِمِّ الْمُهِمِّ ابْدَأْ لِتُدْرِكَهُ * وَقَدِّمِ النَّصَّ، والآرَاءَ فَاتَّهِمِ
އަދި (ފުރަތަމަ) އެންމެ މުހިންމުކަން، ދެން އެއާ ޖެހިގެން އޮތް އެންމެ މުހިންމުކަން (މިފަދައިން ތަރުތީބުން) ކިޔަވާށެވެ. އަދި ނައްޞުތައް އިސްކޮށްފައި މީސްތަކުންގެ ރައުޔަށް ތުހުމަތުކުރާށެވެ.
قَدِّمْ وُجُوبًا عُلُومَ الدِّينِ إِنَّ بِهَا * يَبِينُ نَهْجُ الهُدَى مِنْ مُوجِبِ النِّقَمِ
އަދި ވާޖިބުވެގެންވަނީ ދީނުގެ ޢިލްމުތަކަށް އިސްކަންދިނުމެވެ. އެހެނީ ހިދާޔަތުގެ މަގާއި އުޤޫބާތްލިބެނިވި ކަންކަން ބަޔާންވެގެންދަނީ އެޢިލްމުގެ ސަބަބުންނެވެ.
****************
މިއީ العلَّامة حافظ بن أحمد حكمي ـ رحمه الله ـ ލިޔުއްވާފައި އަލްމީމިއްޔާ އޭ ކިޔުނު ޅެމުން ނަގާފައިވާ ބައިތުތަކެކެވެ.
[1] މިއީ އިހުޒަމާނުގައި ސަބާގެ މީހުންގެ މައްޗަށް ފައިބައިގެން އައި ފެންގަނޑަކަށް ކިޔާ ނަމެކެވެ.