[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޭ އަޅުކަންކުރުން 1

ސުންނަތްކަންކަމުގެ ތެރޭގައި ހިމެނޭ މާތްވެގެންވާ ބައެއް ޢަމަލުތައް

 

ރޭ އަޅުކަންކުރުން 1

 

ސުންނަތް ނަމާދުތަކަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިވެގެންވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. ރޭގަނޑު އަނދިރިވާ ވަޤުތަކީ އަގުހުރި ވަޤުތެކެވެ. އަދި އެވަޤުތުގައި ރޭ އަޅުކަންކުރުމަކީ ސުވަރުގޭގެ ނިޢުމަތުގެ އުފާވެރިކަމުގެ ޚަބަރުދެއްވިގެންވާ ޞާލިޙުންގެ ސިފައެކެވެ. އަދި އެއީ އީމާންކަމާއި ބުއްދީގެ ފުރިހަމަކަމުގެ ދަލީލެކެވެ. އަދި އެއީ ޢާލަމްތަކުގެ ވެރިރައްބާ ކުއްތަންވެވޭފަދަ ޢަމަލެކެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

«يَا أَيُّهَا النَّاسُ، أَفْشُوا السَّلَامَ، وَأَطْعِمُوا الطَّعَامَ، وَصَلُّوا وَالنَّاسُ نِيَامٌ تَدْخُلُونَ الجَنَّةَ بِسَلَامٍ» [رواه الترمذي وصححه الألباني]

މާނައީ: “އޭ މީސްތަކުންނޭވެ! ސަލާމް ފަތުރާށެވެ. އަދި (ޙާޖަތްޖެހިފައިވާ މީހުންނަށް) ކާންދޭށެވެ. އަދި މީސްތަކުން ނިދާފައި ތިއްބާ ރޭ އަޅުކަން ކުރާށެވެ. (އޭރުން) ސަލާމަތްކަމާއެކު ތިޔަބައިމީހުން ސުވަރުގެއަށް ވަންނާނެއެވެ.”

ރޭގަނޑުގެ އަނދިރީގައި ރޭ އަޅުކަންކުރުމީ އީމާންކަމުގެ އަހުލުވެރިންގެ ރިވެތި ސިފަތަކުންކުރެ ސިފައެކެވެ.

﴿كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ﴾ [سورة الذاريات ١٧] 

މާނައީ: “އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ.”

ވަޤުތުތަކުގެ ކިލަނބުކަން ފިލައިގެންދަނީ ރޭގަނޑުގެ އަނދިރިކަމުގައެވެ. ޞާލިޙުން އެއްބަޔަކު އަނެއްބަޔަކާ ވާދަކޮށްފައިވަނީ އަނދިރި ވަޤުތުތަކުގައެވެ.

އަބޫ ސުލައިމާން އައްދާރާނީ ވިދާޅުވިއެވެ.

“ﷲ ގަންދީ ބުނަމެވެ. ރޭ އަޅުކަން ނުވާނަމަ ދުނިޔެ ދެކެ ތިމަން ލޯބި ނުވީމުހެވެ.”

ދަތުރުމަތީގައިވެސް އަދި ޤާއިމުވެ ހުންނަވާއިރުގައިވެސް ނަބިއްޔާ ﷺ ރޭ އަޅުކަން ދޫކޮށްނުލައްވައެވެ. ކޮޅަށް ހުންނަވައިގެންނާއި އިށީނދެ އިންނަވައިގެންނާ އަދި ސަވާރީގައި ދަތުރުކުރައްވަމުންވެސް އެކަލޭގެފާނު ރޭ އަޅުކަންކުރައްވައެވެ. އަދި (ދަތުރުމަތީގައި) ޤިބުލައާ ދިމާއަށް ނޫނަސް އެކަލޭގެފާނު ރޭއަޅުކަން ކުރެއްވިއެވެ.

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް