[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޭ އަޅުކަންކުރުން 2

ރޭ އަޅުކަން ދޫކޮށްލާ މީހުންނަށް އިހުގެ ޞާލިޙު ބޭކަލުން ޢައިބު ކިޔައި އުޅުއްވިއެވެ.

ޙަސަނުލް ބަޞްރީ رحمه الله ވިދާޅުވިއެވެ.

“ރޭ އަޅުކަން ދޫކޮށްލާމީހަކު އެކަން އެކުރަނީ ފާފައެއްގެ ސަބަބުންނެވެ.”

އެކަލޭގެފާނު މިބަސްފުޅު ވިދާޅުވެފައި މިވަނީ ނަބިއްޔާ ﷺ ޢަބްދުﷲ ބުން ޢުމަރު ބުން އަލްޚައްޠާބަށް ވިދާޅުވި ބަސްފުޅަކަށް ބިނާކޮށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

“ރޭ އަޅުކަންކުރައްވާނަމަ، ޢަބްދުﷲ ބުން ޢުމަރަކީ ހާދަ ރަނގަޅު ބޭކަލެކެވެ.” އެކަލޭގެފާނު މިފަދައިން ޙަދީޘްކުރެއްވުމުން ރޭގަނޑުގެ ވަޤުތުތަކުގައި އިބްނު ޢުމަރު ވަރަށް ކުޑަކޮށް ނޫނީ އަވަހާފުޅުރަނުލައްޕަވައެވެ. [متفق عليه]

އަދި އަބްދުﷲ ބުން ޢަމްރު ބުން އަލްޢާޞްއަށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

“އޭ ޢަބްދުﷲ އެވެ. މިވެނި މީހެއް ފަދައިން ނުވާށެވެ. ކުރިން އޭނާ ރޭ އަޅުކަންކޮށް އުޅުނެވެ. ދެން އެކަން ދޫކޮށްލިއެވެ.” [متفق عليه]

އަޅުކަމުގެ ޝަރަފަކީ ރޭ އަޅުކަންކުރުމެވެ. އަދި ﷲ އަށް އަޅުކަންކޮށްގެން މެނުވީ ނަފްސަށް ޝަރަފެއް ނުވެއެވެ. ދީނުގެ މަތީގައި ޘާބިތެވެ ހުރި ޒުވާނަކު ރޭ އަޅުކަން ދޫކޮށްލުމަކީ އެކަށީގެންވާކަމެއް ނޫނެވެ. އެއީ ފަތިސްވުމުގެ ކުރިން އެންމެ ބައިގަޑި އިރު ކަމުގައިވިޔަސްމެއެވެ. އެވަޤުތުގައި އޭނާގެ ވެރިރައްބަށް ދުޢާދަންނަވާށެވެ. ހާރުދަމުގެ ވަޤުތުގައި ކުރާ ރޭ އަޅުކަން ސަލަފުންގެ ބޭކަލުން ދޫކޮށްނުލައްވައެވެ.
ޠާވޫސް ވިދާޅުވިއެވެ.

“ހާރުދަމުގެ ވަޤުތުގައި ކުރެވޭ ރޭ އަޅުކަން، އެއްވެސް މީހަކު ދޫކޮށްލަފާނެކަމުގައި، ތިމަންކަލޭގެފާނު މީގެ ކުރިން ހިއެއް ނުކުރައްވަމެވެ.”

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް