[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަހު ދިހައާއި އިޢުތިކާފު

މިއީ 16 ރަމަޟާން 1439 ވީ ހުކުރު ދުވަހު މަސްޖިދުއްނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ޚުޠުބާ ދެއްވީ: الشيخ عبد الله بن عبد الرحمن البعيجان –حفظه الله–
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ

الحمدُ لله، الحمدُ لله جعلَ لمَن تابَ إليه سبيلًا، ولمَن أنابَ إليه مُستقرًّا وأحسنَ مقِيلًا، ولمَن نشأَ في عبادتِه ظِلًّا ظَلِيلًا، ﴿فَمَنْ شَاءَ اتَّخَذَ إِلَى رَبِّهِ سَبِيلًا﴾ [المزمل: 19]، أشهدُ أن لا إله إلا الله وحدَه لا شريك له تعظيمًا وتَبجِيلًا، وأشهدُ أن محمدًا عبدُه ورسولُه وكفَى به إمامًا ودلِيلًا، صلَّى الله عليه وعلى آلِهِ وصحبِهِ وسلَّم تسليمًا كثيرًا.

* ދަންނާށެވެ. ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމާއި އެއިލާހުގެ ރުއްސެވުން ލިބުމަކީ އެންމެ ފައިދާހުރި ކަމެވެ. ސުވަރުގެ ވަށާލެވިފައިވަނީ ހިތް ނޭދޭ ކަންކަމުންނެވެ. އަދި ނަރަކަ ވަށާލެވިފައިވަނީ ޝަހުވަތްތަކުންނެވެ.

﴿وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ﴾ [آل عمران: 185]

މާނައީ: “އަދި (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ފުރިހަމައަށް ޖަޒާދެއްވާނެކަން ކަށަވަރީ ޤިޔާމަތް ދުވަހުންނެވެ. ފަހެ ނަރަކައިން އެއްކިބާ ކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ.) ފަހެ އެމީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ.”

* މިއީ ޣަނީމާއެކެވެ. މިލިބިގަތުމަށް އަވަސްވެގަންނާށެވެ. ފަހެ، ހަމަކަށަވަރުން މިމަތިވެރި މައްސަރު މިދަނީ އުނިވަމުން ނިމެމުންނެވެ. މިމަހުގެ ރޭތަކާއި ދުވާލުވަނީ ޝަރަފުވެރިވެގެންނެވެ. ފަހެ، މިމަހުގެ ބާކީއޮތް ބައިގައި ހެޔޮ ޢަމަލުތައް ކުރާށެވެ. އަދި މަތިވެރިވެގެންވާ ތައުބާއިން ތައުބާވުމަށް އަވަސްވެގަންނާށެވެ.

* ޢަމަލުތައް ވަނީ އޭގެ ނިމުމާ އެއްގޮތަށެވެ. ފަހެ، ގަދައަޅާ މަސައްކަތްކުރާށެވެ. މަދު ދުވަސްކޮޅެއް މެނުވީ ނެތެވެ. ތިޔަބައިމީހުންގެ ކުރިމަތީގައި ވަނީ ފަހުދިހައެވެ. އެއީ އެންމެ މާތް ވަގުތުތަކެވެ. އަދި ހެޔޮކަމާއި ކިޔަމަންތެރިކަން އަދާކުރުމުގެ އެންމެ މަތިވެރި މޫސުމެވެ. އަދި ގަދައަޅާ މަސައްކަތްކުރުމަށް އެންމެ އެކަށީގެންވަނީވެސް މިދުވަސްވަރުގައެވެ.

* މި ބަރަކާތްތެރި މަހުގެ ހުރިހާ ދުވަހެއްގައިމެ ކިޔަމަންތެރިކަން އަދާކުރުން ވެއެވެ. އެހެނަސް، ފަހު ދިހައަކީ އެންމެ މަތިވެރިވެގެންވާ، އެންމެ ޤަދަރު އުފުލިގެންވާ، އެންމެ އަޖުރު ބޮޑު ދުވަސްތަކެވެ. އެހެންކަމުން އެހެން އެއްވެސް ދުވަސްވަރެއްގައި މަސައްކަތް ނުކުރައްވާވަރަށް އެދުވަސްތަކުގައި ނަބިއްޔާ صلى الله عليه وسلم ގަދައަޅާ މަސައްކަތްކުރައްވައެވެ. ފަހު ދިހަ އަންނަހިނދު އެކަލޭގެފާނު އިޒާރުކޮޅު ބަނދެލައްވައެވެ. (އެބަހީ: އަޅުކަމަށް ކުރިއަށްވުރެ، ހީވާގިވެ ވަޑައިގަންނަވައެވެ.) އަދި ރޭތައް އިޙްޔާކުރައްވައެވެ. (އެބަހީ: ރޭއަޅުކަމުގައި މުޅިރޭ ހޭދަކުރައްވައެވެ.) އަދި އެކަލޭގެފާނުގެ އަހުލުން (ރޭއަޅުކަންކުރެއްވުމަށް) އަވަހާރަފުޅުން ނަންގަވައެވެ.

* ފަހެ، ފަހު ދިހައިގައި އެއްހާސް މައްސަރަށްވުރެ ހެޔޮވެގެންވާ ރެއެއް ވެއެވެ. އީމާންކަމާއެކު، ﷲ ގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދިހުރެ އެރޭ ރޭއަޅުކަން ކޮށްފިމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާ ދެއްވާނެއެވެ.

* ހަމަކަށަވަރުން އެއީ ލައިލަތުލް ޤަދްރިއެވެ. މުއުމިނުންގެ އެދުމެވެ. އަދި ޞާލިޙުންނާއި ތަޤުވާވެރިންގެ އުންމީދެވެ. އެ ރޭ، ކަނޑައެޅިގެންވާ ކޮންމެ ކަމެއް ބަޔާންކުރައްވަތެވެ. ފަހެ، އެރޭ ރޭއަޅުކަންކުރުމަށް ފަރުވާތެރިވާށެވެ. އަދި އެރޭގެ ދަރުމައާއި ޘަވާބު ހޯދުމަށް ގަދައަޅާ މަސައްކަތްކުރާށެވެ. އަދި އެރޭ ﷲ އަށް ދުޢާ ދަންނަވާށެވެ. އެރޭގެ އަޅުކަން އެއްހާސް މައްސަރަށްވުރެ ހެޔޮވެގެންވެއެވެ. އެރޭ ލިބިއްޖެމީހަކު އަބާއްޖަވެރިވުން ދުރުވެގެންވެއެވެ.

* ﴿إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ (1) وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ (2) لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ (3) تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ (4) سَلَامٌ هِيَ حَتَّى مَطْلَعِ الْفَجْرِ﴾ [القدر: 1- 5]

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު އެޤުރުއާން ބާވައިލެއްވެވީ ލައިލަތުލް ޤަދްރީގައެވެ. [1] ލައިލަތުލް ޤަދްރިއަކި ކޮބައިކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއް ހެއްޔެވެ؟ [2] ލައިލަތުލް ޤަދްރި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. [3] މަލާއިކަތުންނާއި ޖިބްރީލުގެފާނު އެބޭކަލުންގެ ވެރިރައްބުގެ އިޛުނަފުޅާއެކު ހުރިހާ އަމުރުފުޅަކައިގެން އެރޭ ފައިބާވަޑައިގަންނަވާނެއެވެ. [4] ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން އެރޭ ސަލާމަތްކަން ލިބިގެންވެއެވެ. [5]”

بارَكَ الله ولي ولكم في القرآن العظيم، ونفَعَني وإياكُم بما فِيه مِن الآياتِ والذِّكرِ الحكيم، أقولُ ما تسمَعُون، وأستغفِرُ اللهَ العظيمَ الجليلَ لِي ولكُم ولسائِرِ المُسلمين مِن كل ذنبٍ، فاستغفِرُوه، إنه هو الغفورُ الرحيم.

ދެވަނަ ޚުޠުބާ

الحمدُ لله الذي جعلَ طاعتَه سبيلًا لمرضاتِه، وجعلَ رِضاه وسيلةً للفَوزِ بجنَّاتِه، ووفَّقَ المُؤمنين فاعتَكَفُوا على عبادتِه، وهجَرُوا ملذَّاتِهم وشهَوَاتِهم، وآثرُوا مرضاتِه.

* އިޢުތިކާފަކީ އަޅުކަންކުރުމަށްޓަކައި މިސްކިތުގައި އިނުމެވެ. އަދި ޝަހުވަތްތަކާއި ލައްޒަތްތަކުން ނަފްސު އެއްފަރާތް ކުރުމެވެ. އަދި ދުނިޔެއާއި އެތަނުގެ ފިތުނަތަކާއި މަޝްޣޫލުކުރުވާ ކަންކަމާއި އުފާތަކުން ދުރުވުމެވެ. އަދި ﷲ ތަޢާލާއަށް ކުއްތަންވެ މުނަޖާދެންނެވުމެވެ. އަދި މީހުންނާ އެކުވުމުން ދުރުހެލިވެ، ހަޑިހުތުރު ވާހަކަތަކުން ދުރުހެލިވެ، ނަފްސު ޙިސާބުކޮށް، ދުނިޔަވީ ހަޑިތަކުން ކިލަނބުވެފައިވާ ހިތް ޠާހިރުކުރުމެވެ.

* ﷲ ތަޢާލާ ވަނީ މިސްކިތުގައި އިޢުތިކާފަށް އިނުން ޝަރުޢުކުރައްވާ އަމުރުކުރައްވާފައެވެ. ފަހެ، އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَعَهِدْنَا إِلَى إِبْرَاهِيمَ وَإِسْمَاعِيلَ أَنْ طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ﴾ [البقرة: 125]

މާނައީ: “އަދި އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނަށް ތިމަންއިލާހު އެންގެވީމެވެ. ޠަވާފުކުރާ މީހުންނާއި އަޅުކަންކުރުމަށްތިބޭ މީހުންނާއި ރުކޫޢު ސުޖޫދުކުރާ މީހުންނަށްޓަކައި ތިޔަ ދެބަފައިކަލުން ތިމަންއިލާހުގެ ގެފުޅު ޠާހިރުކުރައްވާށެވެ!”

* ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ.

«أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، كَانَ يَعْتَكِفُ العَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ» [متفق عليه]

މާނައީ: “ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އަވަހާރަވެއްޖައުމަށް ދާންދެން ރަމަޟާންމަހުގެ ފަހުދިހައިގައި އިޢުތިކާފަށް އިންނެވިއެވެ. ދެން އެކަލޭގެފާނު އަވަހާރަވުމަށްފަހުގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން އިޢުތިކާފަށް ތިއްބެވިއެވެ.”

* މިސްކިތްތަކަކީ ބިންމަތީގައިވާ ﷲ ތަޢާލާގެ ގެކޮޅުތަކެވެ. ފަހެ، އެތަނުގެ ޙައްޤު ދެނެގަންނާށެވެ. އަދި އެތަނުގެ އަދަބުތައް އަދާކުރާށެވެ. އަދި އެތަނުގެ މަޤާމާއި މަތިވެރިކަމަށް ރައްކާތެރިވާށެވެ. ފަހެ، ހަމަކަށަވަރުން އެތަންތަން ބިނާކުރެވުނީ އަޅުކަންކުރުމަށެވެ. މަޑުމައިތިރިކަމާ ހިމޭންކަމާއެކު އެތަނުގައި ތިބޭށެވެ. އަދި އެތަންތަން، ކުޅިވަރުކުޅޭ ތަންތަނާއި ބާޒާރުތަކަށް ނުހަދާށެވެ. އެތަނުގައި ނަމާދުކުރާމީހުންނާއި އިޢުތިކާފުކުރާމީހުންނަށް އުނދަގޫނުކުރާށެވެ. އެއީ އެތަނުގައި އަޅުކަންކުރުމަށް ހުރަސްއެޅިގެން ދާނޭ ކަމެކެވެ. އަދި އެތަނުގައި ތިބޭ މީހުންގެ ޚުޝޫޢަތްތެރިކަމަށް ބުރުއަރާނޭކަމެކެވެ.

* ތިޔަބައިމީހުން ﷲ ގެ ގެކޮޅުތަކަށް އައީ އަޅުކަންކުރުމަށެވެ. އަދި ދުނިޔެއަށް ފުރަގަސްދީ އާޚިރަތަށް އެދިގެންނެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ތައުބާވެ ބިރުވެތިވެގެންވާ ހިތަކާއިގެން ހުއްޓޭށެވެ. އަދި ބިރުވެތިކަމާއެކު އެދިދަންނަވާށެވެ. އަދި އެކަމަށް ހުރަސްއަޅާ ކަންކަމުން ސަމާލުވާށެވެ. ފޯނުތަކާ އެފަދަ ސާމާނުތަކަށް ސަމާލުވާށެވެ. އަދި ވާހަކަތައް ނަޤުލުކުރުމާވެސް ދުރުހެލިވާށެވެ. މިސްކިތް ޙުރުމަތްތެރިކުރާށެވެ.

* ﴿وَإِذْ بَوَّأْنَا لِإِبْرَاهِيمَ مَكَانَ الْبَيْتِ أَنْ لَا تُشْرِكْ بِي شَيْئًا وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ﴾ [الحج: 26]

މާނައީ: “އިބްރާހީމްގެފާނަށް ގެފުޅު ހުންނަތަން ތިމަންއިލާހު ދެއްކެވިހިނދު، ހަނދުމަކުރާށެވެ! (ތިމަންއިލާހު އެންގެވީމެވެ.) ކަލޭގެފާނު ތިމަންއިލާހަށް އެއްވެސް އެއްޗެއް ޝަރީކުނުކުރައްވާށެވެ! އަދި ޠަވާފުކުރާ މީހުންނަށާއި، ޤާއިމުވެތިބޭމީހުންނަށާއި، ރުކޫޢުކޮށް ސަޖިދަކުރާ މީހުންނަށްޓަކައި، ކަލޭގެފާނު ތިމަންއިލާހުގެ ގެފުޅު ޠާހިރުކުރައްވާށެވެ!”

تقبَّل الله اعتِكافَكم، وسائِرَ طاعاتِكم.

اللهم تقبَّل مِنَّا الصِّيامَ والقِيامَ، اللهم تقبَّل مِنَّا الصِّيامَ والقِيامَ، اللهم وفِّقنا لقِيامِ ليلةِ القَدر إيمانًا واحتِسابًا يا رب العالمين، اللهم إنك عفُوٌّ تُحبُّ العفوَ فاعفُ عنَّا، اللهم إنك عفُوٌّ تُحبُّ العفوَ فاعفُ عنَّا، اللهم إنك عفُوٌّ تُحبُّ العفوَ فاعفُ عنَّا.

اللهم أصلِح أحوالَ المُسلمين في كل مكان يا ذا الجلال والإكرام.

اللهم وفِّق وليَّ أمرِنا بتوفيقِك، وأيِّده بتأيِيدك، اللهم وفِّقه ووليَّ عهدِه لما تُحبُّ وترضَى، وخُذ بناصيتِهما للبِرِّ والتقوَى.

اللهم احفَظ حُدودَنا، وانصُر جُنودَنا يا قويُّ يا عزيز.

عباد الله:

صلُّوا وسلِّمُوا على مَن أمَرَكم الله بالصلاةِ والسلامِ عليه فقال: ﴿إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب: 56].

اللهم صلِّ على مُحمدٍ وعلى آل مُحمدٍ، كما صلَّيتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد، وبارِك على مُحمدٍ وعلى آل مُحمدٍ، كما بارَكتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد.

وارضَ اللهم عن الخُلفاء الراشِدين: أبي بكرٍ، وعُمر، وعُثمان، وعليٍّ، وعن سائِرِ الصحابةِ أجمعين، وعنَّا معهم برحمتِك يا أرحم الراحمين.


ޚުޠުބާގެ އަޞްލު