ދުޢާއުލް އިސްތިފްތާޙް
[ނޯޓް : ދުޢާއުލް އިސްތިފްތާޙްގެ މުރާދަކީ ނަމާދު ފެއްޓުމަށްޓަކައި الله أكبر ކިޔުމަށްފަހު، ސޫރަތުލް ފާތިޙާ ކިޔުމުގެ ކުރިން ކިޔާ ދުޢާއެވެ.]
(1) ނަބިއްޔާ صلى الله عليه وسلم ނަމާދު ފައްޓަވާއިރު، މިފަދައިން ޙަދީޘްކުރައްވައެވެ.
«سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ، وَلَا إِلَهَ غَيْرَكَ» [رواه أبو داود]
މާނައީ: “އިބައިލާހުގެ ހުސްޠާހިރުވަންތަ ކަމާއެވެ. އޭ ﷲ! އިބައިލާހަށް އެންމެހާ ޙަމްދު ތަޢުރީފު ލިބިވޮޑިގެންވެއެވެ. އިބައިލާހުގެ އިސްމުފުޅުގެ ބަރަކާތްތެރިކަމާއެވެ. އަދި އިބައިލާހުގެ މާތްކަމުގެ އަރަހުށިކަމާއެވެ. އަދި އިބައިލާހު ފިޔަވާ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.” [ރިވާކުރެއްވީ އަބޫ ދާއޫދު رحمه الله]
(2) އަބޫހުރައިރާ رضي الله عنه ވިދާޅުވިއެވެ.
كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِذَا كَبَّرَ فِي الصَّلَاةِ، سَكَتَ هُنَيَّةً قَبْلَ أَنْ يَقْرَأَ، فَقُلْتُ: يَا رَسُولَ اللهِ بِأَبِي أَنْتَ وَأُمِّي أَرَأَيْتَ سُكُوتَكَ بَيْنَ التَّكْبِيرِ وَالْقِرَاءَةِ، مَا تَقُولُ؟ قَالَ: «أَقُولُ: اللهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ. اللهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ. اللهُمَّ اغْسِلْنِي مِنْ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ» [متفق عليه]
މާނައީ: ރަސޫލުﷲ صلى الله عليه وسلم ނަމާދަށް ހަށަންބަންނަވާހިނދު ކިޔަވަން ފެއްޓުމުގެ ކުރިން އިރުކޮޅަކު ހަނު ހުންނަވައެވެ. ފަހެ، ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިމަންކަލޭގެފާނުގެ ބައްޕައާއި މަންމަވެސް ކަލޭގެފާނަށްޓަކައި ފިދާވެގެންވެއެވެ[1]. ހަށަންބަތްތަކުބީރާއި ކިޔަވާ ވިދާޅުވުމާއި ދެމެދު ހަނު ހުންނަވަމު ނޫންހެއްޔެވެ. ކަލޭގެފާނު ވިދާޅުވަނީ ކޮން އެއްޗެއްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެވަގުތު ތިމަންކަލޭގެފާނު ވިދާޅުވަމެވެ.
«اللهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ.
اللهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ.
اللهُمَّ اغْسِلْنِي مِنْ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ»
(މާނައީ: “އޭ ﷲ! އިރުއަރާ ފަރާތާއި އިރު އޮއްސޭ ފަރާތާ ދެމެދު އިބައިލާހު ދުރުކުރެއްވި ފަދައިން މިއަޅާއާއި މިއަޅާގެ ކުށްފާފަތަކާއި ދެމެދު ދުރުކޮށްދެއްވާނދޭވެ!
އޭ ﷲ! ހުދުފޭރާން ހަޑި މިލައިން ސާފުކުރެވޭ ފަދައިން މިއަޅާގެ ކުށްފާފަތަކުން މިއަޅާ ސާފުކޮށްދެއްވާނދޭވެ!
އޭ ﷲ! ސުނޯއާއި ފެނާއި ގަނޑުފެނުން މިއަޅާގެ ކުށްފާފަތައް ދޮވެދެއްވާނދޭވެ!”)” [ރިވާކުރެއްވީ އިމާމް ބުޚާރީ އަދި މުސްލިމު رحمهما الله])
*********************
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –
[1] މިއީ ޢަރަބި ބަހުގައި މީހަކަށް ޤަދަރުކުރުމަށްޓަކައި ބުނެ އުޅޭ ޢިބާރާތެކެވެ.