[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުއުމިނުންގެ ތެރެއިން ފާފަވެރިންނާ މުޢާމަލާތްކުރާ ގޮތް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد:

އީމާންކަމުގެ އަހުލުވެރިންނަށް ދޭންޖެހޭ ޙައްޤުތަކުގެ ދާއިރާއިން ބޭރުނުވާ މީހަކާމެދު މުޢާމަލާތްކުރަން ޖެހޭނީ އެކަން ލާޒިމުކުރާ ގޮތަށެވެ. އެގޮތުން ވީވަރަކުން އޭނާ ކުރާ ހެޔޮކަންކަން ބަލައިގަނެ އެކަމަށް ނަޞްރުދީ، އޭނާ ކުރާ ނުބައިކަންތައް މަނާކޮށް އެކަންކަމާ ދުރުހެލިވާން ޖެހޭނެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

«انْصُرْ أَخَاكَ ظَالِمًا أَوْ مَظْلُومًا»

فَقَالَ رَجُلٌ: يَا رَسُولَ اللَّهِ، أَنْصُرُهُ إِذَا كَانَ مَظْلُومًا، أَفَرَأَيْتَ إِذَا كَانَ ظَالِمًا كَيْفَ أَنْصُرُهُ؟

قَالَ: «تَحْجُزُهُ، أَوْ تَمْنَعُهُ، مِنَ الظُّلْمِ فَإِنَّ ذَلِكَ نَصْرُهُ» [رواه البخاري]

މާނައީ: “ތިބާގެ އަޚާ އަނިޔާވެރިވާ ހިނދުވެސް އަދި އޭނާއަށް އަނިޔާ ލިބޭ ހިނދުވެސް ނަޞްރުދޭށެވެ.”

ފަހެ، ބޭކަލަކު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އޭނާއަށް އަނިޔާލިބޭ ހިނދު ތިމަންނާއަށް، އޭނާއަށް ނަޞްރު ދެވިދާނެއެވެ. އޭނާ އަނިޔާވެރިވާ ހިނދު އޭނާއަށް ނަޞްރުދޭނީ ކިހިނެތް ހެއްޔެވެ؟

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭނާ އަނިޔާކުރުން ހުއްޓުވާށެވެ. ނުވަތަ މަނާކުރާށެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާއަށް ނަޞްރު ދިނުމެވެ.”

ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ލާޒިމުވެގެންވަނީ ލޯބިވުމާއި ރުޅިއައުމާއި ނަޞްރުދިނުމާއި ޢަދާވާތްތެރިވުމުގައި ﷲ އާއި އެއިލާހުގެ ރަސޫލާ ﷺ ގެ އަމުރުފުޅަށް ތަބާވުމެވެ. މީހެއްގެ ކިބައިގައި ހެޔޮކަމާ ނުބައިކަން ހުރިނަމަ ހެޔޮކަމުގައި އޭނާއަށް ނަޞްރުދީފައި ނުބައިކަމުގައި ޢަދާވާތްތެރިވާނީއެވެ. އެއީ މިސާލަކަށް މުސްލިމުންގެ ތެރެއިން ފާސިޤުންފަދަ މީހުންނާ މެދުގައެވެ. އެހެނީ އެފަދަ މީހުންނަކީ އެބައިމީހުންގެ ކިބައިގައި ހެޔޮކަމާއި ނުބައިކަން ހުރި މިންވަރަށް، ޘަވާބައި ޢުޤޫބާތާއި ނަޞްރު ދިނުމާއި ޢަދާވާތްތެރިވުމާއި ލޯތްބާއި ރުޅިއައުން، މިހުރިހާ ކަމެއް އެއްފަހަރާ ޙައްޤުވާ ބައެކެވެ. މިއީ މިކަމުގައި ސުންނަތް ޖަމާޢަތުގެ ގޮތެވެ.

____________________________

 

مجموعة الفتاوى لشيخ الإسلام ابن تيمية (18/59)