ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
އިސްލާމްދީނުގައި އަޚްލާޤަށް ދީފައިވާ އަހައްމިޔަތުސޫރަތުގައިވާ މުހިއްމު ނުކުތާތައް
- މިނެކިރުމުގައި މަކަރުހަދާ މީހުންނަށް ގެއްލުމާއި ހަލާކުހުރިކަން އެނގިގެންދެއެވެ. (1 ވަނަ އާޔަތުން 6ވަނަ އާޔަތަށް)
- ކާފަރުންނަށް ނަރަކައިގެ އަޒާބުހުރިކަން ބަޔާންވެފައިވެއެވެ. (7 ވަނަ އާޔަތުން 17ވަނަ އާޔަތަށް)
- މުއުމިނުންގެ ޖަޒާއަކީ ސުވަރުގެ ކަމާއި ސުވަރުގޭގެ މަތީ ދަރަޖަތައް ޙާޞިލުކުރުމަށް އެއްބަޔަކު އަނެއްބަޔަކާއި ވާދަކުރުމަށް އަންގަވާފައިވެއެވެ. (18 ވަނަ އާޔަތުން 28ވަނަ އާޔަތަށް)
- މުއުމިނުންނަށް ދުނިޔެމަތީގައި ކުރިމަތިވާ މަލާމާތާއި ފުރައްސާރައާއި އުނދަގޫތަކުގެ ވާހަކައާ އަދި އެފަދަ މުއުމިނުންނަށް ހުރި ހެޔޮ ޖަޒާގެ ވާހަކަ ބަޔާންވެފައިވެއެވެ. (29 ވަނަ އާޔަތުން 36 ވަނަ އާޔަތަށް)
ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
* ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވިއިރު، މަދީނާގެ އަހުލުވެރިންނަކީ މިނެކިރުމުގައި ވަރަށް ބޮޑަށް މަކަރުހަދާ ބައެކެވެ. އެހެންކަމުން މާތް ﷲ މިއާޔަތްތައް ބާއްވައިލެއްވިއެވެ. މިއާއިއެކު، މަދީނާގެ އަހުލުވެރިން ވެގެންދިޔައީ މިނެކިރުމުގައި އެންމެ ޢަދުލުވެރި މީސްތަކުންކަމުގައެވެ. މިކަމުން އެނގިގެންދަނީ އިސްލާމްދީނުގައި ރިވެތި އަޚްލާޤަށާއި ރީތި ގޮތުގައި މީސްތަކުންނާއި މުޢާމަލާތްކުރުމަށް ދީފައިވާ އަހައްމިޔަތެވެ.
* ﴿وَمِزَاجُهُ مِن تَسْنِيمٍ﴾
މާނައީ: “އެއާ އެއްކުރައްވާފައިވަނީ تسنيم އެވެ.”
މިއާޔަތުގެ ތަފްސީރުގައި ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ. އެއީ (އެބަހީ: ތަސްނީމަކީ) ސުވަރުގޭގައިވާ ކޯރެކެވެ. އެ ކޯރުން (އެއްވެސް އެއްޗަކާ އެއްކުރުމެއް ނެތި) ބޯނީ ކުއްތަންކުރެވިގެންވާ އަޅުންނެވެ. އަދި ހެޔޮލަފާ މީހުންނަށް ދެވޭ ބުއިމަކީ ތަސްނީމު އެއަށް އެއްކުރެވިގެންވާ ބުއިމެކެވެ. [تفسير السمعاني]
* ﴿كَلَّا بَلْ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَ﴾
މާނައީ: “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ.”
މި އާޔަތުގެ ތަފްސީރު މޫރިތި ސުންނަތުގައި އައިސްފައިވެއެވެ.
«إِنَّ العَبْدَ إِذَا أَخْطَأَ خَطِيئَةً نُكِتَتْ فِي قَلْبِهِ نُكْتَةٌ سَوْدَاءُ، فَإِذَا هُوَ نَزَعَ وَاسْتَغْفَرَ وَتَابَ سُقِلَ قَلْبُهُ، وَإِنْ عَادَ زِيدَ فِيهَا حَتَّى تَعْلُوَ قَلْبَهُ، وَهُوَ الرَّانُ الَّذِي ذَكَرَ اللَّهُ» [ رواه الترمذي (3334) و قال حديث حسن صحيح، وحسنه الألباني]
މާނައީ: “ހަމަކަށަވަރުން އަޅަކު ފާފައެއްކޮށްފިނަމަ އޭނާގެ ހިތުގައި ކަޅު ތިއްކެއް ޖެހޭނެއެވެ. ފަހެ، އޭނާ އެފާފައަކުން ދުރުވެ، އިސްތިޣުފާރުކޮށް، ތައުބާވެއްޖެނަމަ އޭނާގެ ހިތް އަލިވެ، ސާފުވެދެއެވެ. އޭނާ އެފާފައަކަށް އެނބުރި އަތުވެއްޖެނަމަ އޭނާގެ ހިތް ފޮރުވިއްޖައުމަށްދާންދެން ތިކިތައް އިތުރުވެދެއެވެ. އެއީ ﷲ ބަޔާންކުރައްވާފައިވާ “الرَّانُ” އެވެ.”
މަޞްދަރު: أول مرة أتدبر القرآنކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް