[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޙައްރަމް އަދި ޢާޝޫރާގެ 33 ފައިދާ 3

17- ބައެއް ޢިލްމުވެރިންގެ އަރިހުގައި ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ތިން ދަރަޖައެއް ވެއެވެ.
ފުރަތަމައީ ތިންދުވަހު ރޯދަ ހިފުމެވެ. އެއީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހާއި އެގާރަވަނަ ދުވަހެވެ. މި ކަމާ ބެހޭގޮތުން އައިސްފައިވާ ޙަދީޘަކީ ޟަޢީފު ޙަދީޘެކެވެ. (އެ ޙަދީޘްގެ ލަފުޒުގައި ވަނީ މިފަދައިންނެވެ. «صُومُوا يَوْمَ عاشُوراءَ، وَخالِفُوا فِيهِ اليَهُودَ، صُومُوا قَبْلَهُ يَوْمًا أَوْ بَعْدَهُ يوَماً »، وفي رواية: «صُومُوا قَبْلَهُ يَوْمًا وَبَعْدَهُ يَوْمًا ». رواه الإمام أحمد ) 21 54 (، والبيهقي في الكبرى ) 4/ 287 (، وهو في الضعيفة ) 4297 (، وضعَّفه محقِّقو المسند، وحسَّن إسنادَه الشيخ أحمد شاكر.) މާނައީ: “ތިޔަބައިމީހުން ޢާޝޫރާ ދުވަހުގެ ރޯދަހިފާށެވެ. އަދި އެ ރޯދަހިފުމުގައި ޔަހޫދީންނާ ޚިލާފުވާށެވެ. (އެދުވަހާއެކު) އެދުވަހުގެ ކުރީ ދުވަހު ނުވަތަ ފަހު ދުވަހުގައި ރޯދަހިފާށެވެ.” އަދި އެހެން ރިވާޔަތެއްގައިވެއެވެ. “(އެދުވަހާއެކު) އެދުވަހުގެ ކުރީ ދުވަހު އަދި ފަހު ދުވަހުގައި ރޯދަހިފާށެވެ.” ރައްކާތެރިވުމުގެ ގޮތުން އެބޭކަލުން މި 3 ދުވަހު ރޯދަހިއްޕަވާ ކަމުގައި ބައެއް ސަލަފުންގެ ކިބައިން ވާރިދުވެފައިވެއެވެ. (ބައްލަވާ لطائف المعارف )ص 52 (. )
ދެވަނައީ، ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުމެވެ. އެންމެ ގިނަ ޙަދީޘްތައް ހުރީ މިގޮތަށް ރޯދަހިފުމަށެވެ. އަދި ސުންނަތް ގޮތަކީވެސް މިއީއެވެ.
ތިންވަނައީ، ހަމައެކަނި ޢާޝޫރާ ދުވަހު ރޯދަހިފުމެވެ. މިއީ ހުއްދަކަމެކެވެ. އަދި މަކްރޫހަކަމެއް ނޫނެވެ. (ބައްލަވާ: زاد المعاد لابن القيِّم ) 2/ 72 (، وفتح الباري لابن حجر ) 4/ 246 (.)
18- ޢާޝޫރާ ދުވަސް ހުކުރުދުވަހަކާއި ނުވަތަ ހޮނިހިރު ދުވަހަކާ ދިމާވެއްޖެނަމަ އެދުވަސް ރޯދަހިފަން ޚާއްޞަކުރުމަކީ މައްސަލައެއް އޮތްކަމެއް ނޫނެވެ. އަދި އެއީ މަކްރޫހަކަމެއްވެސް ނޫނެވެ. އެހެނީ އެދުވަހުގައި ރޯދަހިފަނީ އެއީ ރޯދަހިފުން ޝަރުޢުވެފައިވާ ދުވަހަކަށް ވާތީއެވެ. (ޢާޝޫރާ ދުވަހަށް ވާތީއެވެ.) އެއީ ހުކުރު ދުވަހަށް ނުވަތަ ހޮނިހިރު ދުވަހަށް ވާތީކީ ނޫނެވެ. (ބައްލަވާ: فتح الباري ) 4/ 23 4 (، وفتاوى ابن باز ) 15 / 414 (، وفتاوى ابن عثيمين .)58/20()
19- ރަމަޟާންމަހުގެ ދުވަސްތަކެއް ޤަޟާކުރަންޖެހިފައިވާ މީހާ، އެ ދުވަސްތަކުގެ ރޯދަތައް ޤަޟާކުރަން ޖެހިފައި އޮންނަމަވެސް ޢާޝޫރާ ދުވަހުގެ ސުންނަތް ރޯދަ ހިފިދާނެއެވެ. އޭގެ ފަހުގައި އެ ރޯދަތައް ޤަޟާކުރެވިދާނެއެވެ. އެންމެ ޞައްޙަ ބަހުގައި، ރަމަޟާންމަހުގެ ރޯދަ ޤަޟާކުރަން ޖެހިފައިވާ މީހާ އެ ރޯދަތައް ޤަޟާކުރުމުގެ ކުރީގައި ސުންނަތް ރޯދަ ހިފުމަކީ ހުއްދަކަމެކެވެ. އެހެނީ އެ ސުންނަތް ރޯދައަކީ ވަކި ދުވަހެއްގައި ހިފުމަށް ކަނޑައެޅި ހަމަޖެހިފައިވާ ރޯދައެކެވެ. އެ ރޯދަ ނުހިފައި އެ ދުވަސް ފާއިތުވެގެން ހިނގައްޖެނަމަ ދެން އެ ރޯދަ ހިފޭނެ ގޮތެއް ނޯންނާނެއެވެ. އެހެންނަމަވެސް ރަމަޟާންމަހުން ގެއްލޭ ރޯދަ ޤަޟާކުރުމުގެ ވަޤުތު ތަނަވަސްވެގެންވެއެވެ.
20- ރަމަޟާންމަހުގެ ރޯދަ ޤަޟާކުރަން ޖެހިފައިވާ މީހާ، އެ ރޯދަ ޤަޟާކުރުމުގެ ނިޔަތުގައި ޢާޝޫރާ ދުވަހުގެ ރޯދަ ހިފައިފިނަމަ، ޤަޟާ ރޯދަ ޞައްޙަވެގެންވެއެވެ. އަދި ބައެއް ޢިލްމުވެރިންގެ އަރިހުގައި ޢާޝޫރާ ދުވަހުގެ ރޯދަހިފުމުގެ ސަވާބުވެސް އެމީހަކަށް ލިބޭނެއެވެ. އެގޮތުން ރޯދަ ޤަޟާކުރުމުގެ އަޖުރާއި ޢާޝޫރަދުވަހު ރޯދަހިފުމުގެ އަޖުރު އޭނާއަށް ލިބޭނެއެވެ. ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ މިގޮތަށް ފަތުވާ ދެއްވާފައިވެއެވެ. (ބައްލަވާ فتاوى ابن عثيمين ) 20 / 48 (.) އެކަމަކު އެންމެ މޮޅު އިތުރުވެގެންވާ ގޮތަކީ ޢާޝޫރާ ދުވަހު، އެދުވަހުގެ ސުންނަތް ރޯދަ ހިފާފައި، އެނޫން ދުވަހެއްގައި ޤަޟާކުރަން ޖެހިފައިވާ ރޯދަ ޤަޟާކުރުމެވެ. އޭރުން ދެ މާތްކަން ޙާޞިލްކުރެވުނީއެވެ. ޤަޟާކުރުމާއި، ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމުގެ މާތްކަމެވެ.
21- ނުވަވަނަ ދުވަހާއި އެގާރަ ވަނަ ދުވަހުގެ ރޯދަ، ޤަޟާގެ ރޯދައިގެ ނިޔަތުގައި ހިފުން ހުއްދަވެގެންވެއެވެ. އަދި ޢާޝޫރާ ދުވަހުގެ ރޯދަ ސުންނަތް ރޯދައިގެ ގޮތުގައި ހިފާނީއެވެ. އޭރުން، ޤަޟާކުރުމުގެ އަޖުރާއި، ސުންނަތް ރޯދައިގެ އަޖުރުވެސް ޙާޞިލްކުރެވުނީއެވެ.
22- ދަތުރުވެރިއެއްކަމުގައިވާ މީހާ ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަކީ މައްސަލައެއް ނޫނެވެ. އޭނާއަށް އެކަން ބުރަކަމަކަށް ނުވާނަމައެވެ.
23- ޙައިޟުވެރިންނާއި ނިފާސްވެރިންނާއި ބަލިމީހުން ޢާޝޫރާ ދުވަހުގެ ރޯދަ، ފާއިތުވެއްޖެނަމަ ޤަޟާކުރުން ޝަރުޢުވެގެން ނުވެއެވެ. އެހެނީ މި ރޯދަ ޚާއްޞަވެގެންވަނީ ކަނޑައެޅިފައިވާ ދުވަހަކަށެވެ. އެދުވަސް ފާއިތުވުމުން އެ ރޯދައިގެ ޙުކުމްވެސް ފާއިތުވީއެވެ. (ބައްލަވާ فتاوى ابن عثيمين ) 20 / 43 (.)
24- ޢުޛުރެއްގެ ސަބަބުން ޢާޝޫރާ ދުވަހުގެ ރޯދަ ނުހިފުނު މީހާ، މިސާލަކަށް ބަލިމީހާ، ޙައިޟުވެރިޔާ، ގާތުން ދޭ މީހާ، މި މީސްމީހުންގެ އާދައަކީ ކޮންމެ އަހަރެއްގައިވެސް ޢާޝޫރާ ދުވަހުގެ ރޯދަހިފުން ކަމުގައިވަނީ ނަމަ، ނިޔަތަށް އެމީހުންނަށް އަޖުރު ދެއްވާނެއެވެ. ޙަދީޘްގައި ވެއެވެ. «إِذا مَرِضَ العَبْدُ أَوْ سافَرَ؛كُتِبَ لَهُ مِثْلُ ما كانَ يَعْمَلُ مُقِيمً صَحِيحًا (رواه البخاري ) 2003 (، ومسلم ) 112 9 ).(މާނައީ: “އަޅާ ބަލިވެއްޖިއްޔާ ނުވަތަ ދަތުރުކުރާންޖެހިއްޖެއްޔާ އޭނާ ދުޅަހެޔޮ ޙާލުގައި، ދަތުރުވެރިއެއްކަމުގައި ނުވި އިރު އޭނާ ކުރި ފަދަ ހެޔޮ ޢަމަލުތައް، އޭނާއަށްޓަކައި ލިޔުއްވައިދެއްވޭނެއެވެ.”
25- ރަމަޟާންމަހުގެ ރޯދަ ފަރުޟުވުމުގެ ކުރީގައި ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ފަރުޟެކެވެ. އޭގެ ފަހުގައި މުސްތަޙައްބުކަމަކަށް އެކަން ބަދަލުކުރެވުނެވެ.
އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. «كانَ رَسُولُ الله صلى الله عَلَيهِ وَسَلَّمَ يَأْمُرُ بِصِيامِهِ قَبْلَ أَنْ يُفْرَضَ رَمَضانُ، فَلَمَّا فُرِضَ رَمَضانُ كانَ مَنْ شاءَ صامَ يَوْمَ عاشُوراءَ، وَمَنْ شاءَ أَفْطَرَ(رواه البخاري ) 1592 (، ومسلم ) 112 5 (.)މާނައީ: “ރަމަޟާންމަހުގެ ރޯދަ ފަރުޟުވުމުގެ ކުރީގައި، ޢާޝޫރާ ދުވަހުގެ ރޯދަހިފުމަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރައްވާ ކަމުގައި ވިއެވެ. ރަމަޟާންމަހުގެ ރޯދަ ފަރުޟުވުމުން، ޢާޝޫރާ ދުވަހުގެ ރޯދައަކީ އެރޯދަ ހިފަން ބޭނުން މީހަކު ހިފާ، އަދި އެ ރޯދަ ނުހިފަން ބޭނުންމީހަކު ނުހިފާ ރޯދައަކަށް ވެގެން ދިޔައެވެ.” އަދި އެހެން ޙަދީޘެއްގައި ވެއެވެ. «هَذا يَوْمُ عاشُوراءَ، وَلَم يَكْتُبِ الله عَلَيْكُمْ صِيامَهُ، وَأَنا صائِمٌ، فَمَنْ أَحَبَّ مِنْكُمْ أَنْ يَصُومَ فَلْيَصُمْ، وَمَنْ أَحَبَّ أَنْ يُفْطِرَ فَلْيُفْطِرْ (رواه البخاري ) 2003 (، ومسلم ) 112 9 (.).މާނައީ “މިއަދަކީ ޢާޝޫރާ ދުވަހެވެ. ތިޔަބައިމީހުންގެ މައްޗަށް މިއަދު ރޯދަހިފުން ﷲ ފަރުޟުނުކުރައްވައެވެ. އަދި ތިމަންކަލޭގެފާނު މިހުންނެވީ ރޯދައަށެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން ރޯދަހިފުމަށް ލޯބިކުރާ މީހާ ރޯދަހިފާށެވެ. އަދި ރޯދަ ނުހިފުމަށް އެދޭ މީހަ ރޯދަނުހިފާށެވެ.”
= އައްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދު ލިޔުއްވާފައިވާ 33 فائدة في المحرم وعاشوراء (މުޙައްރަމް މަހާއި ޢާޝޫރާގެ 33 ފައިދާ) ގެ ތަރުޖަމާ=