ފުރިހަމަ ނަން: ސަޢީދު ބުން ޢަލީ ބުން ވަހްފު ބުން މުޙައްމަދު އަލްޤަޙްޠާނީ
އުފަންވީ: 25 ޝައްވާލު 1372 ގައި އަބްހާގެ އިރުމަތީގައިވާ ވާދީ އަލްޢަރީންގައި
އަވަހާރަވީ: 21 މުޙައްރަމް 1440 – 01 އޮކްޓޯބަރ 2018 ވީ ހޯމަ ދުވަހު، ސުޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި
ޝައިޚު މަދުރަސީ ތަޢުލީމު ފެއްޓެވީ 1387 ވަނަ އަހަރު، އުމުރުފުޅުން 15 އަހަރުގައި މަދުރަސަތުލް ޢަރީން އަލްއިބްތިދާއިއްޔާގައެވެ. އަދި ޘާނަވީ ތަޢުލީމު ނިންމެވުމަށްފަހު ރިޔާޟަށް ވަޑައިގެންނެވީ 1399 ވަނަ އަހަރެވެ.
އައްޝައިޚް ޢަބްދުލްޢަޒީޒް ބިން ބާޒްއާ ބައްދަލުވެވަޑައިގެންނެވުމުން 1400 ވަނަ އަހަރުން ފެށިގެން ޝައިޚް އިބްނު ބާޒް އަވަހާރަވުމާ ހަމައަށް އެބޭފުޅާގެ އަރިހުން ޢިލްމު އުނގެނިވަޑައިގެންނެވިއެވެ. އެގޮތުން އައްޝައިޚް ޢަބްދުލްޢަޒީޒް ބިން ބާޒްގެ އަރިހުން ތަފްސީރާއި، ޙަދީޘާއި، ޢަޤީދާއާއި، ފިޤުހާއި، ތާރީޚް ކިޔަވާ ވިދާޅުވިއެވެ.
އަދި 1401 ވަނަ އަހަރު ޖާމިޢަތުލް އިމާމް މުޙައްމަދު ބުން ސުޢޫދު އަލްއިސްލާމިއްޔާގެ ކުއްލިއްޔަތުއް އުޞޫލުއްދީނުގައި ކިޔަވަން ފެއްޓެވިއެވެ. އަދި ހަމަ އެޖާމިޢާއިން މާސްޓާސް އާއި ޕީއެޗްޑީ ހެއްދެވިއެވެ. އެގޮތުން މާސްޓާސް ޙާޞިލުކުރެއްވުމަށް ލިޔުއްވި ރިސާލާގެ މައުޟޫޢަކީ الحكمة في الدعوة إلى اللَّه އެވެ. އަދި ޕީއެޗްޑީ ޙާޞިލުކުރެއްވުމަށް ލިޔުއްވި ރިސާލާގެ މައުޟޫޢަކީ فقه الدعوة في صحيح الإمام البخاري އެވެ. އަދި ޤުރުއާނުން ތިން އިޖާޒާ ޙާޞިލުކުރެއްވިއެވެ.
ޝައިޚްވަނީ ގިނަ އަދަދެއްގެ ފޮތްތައް ލިޔުއްވާފައެވެ. އަދި ޝައިޚްގެ ގިނަ ފޮތްތަކެއްވަނީ އެކި ބަސްބަހަށް ތަރުޖަމާވެސް ކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ފޮތަކީ ޙިޞްނުލް މުސްލިމް (Fortress of the Muslim) އެވެ. އެފޮތަކީ ސާޅީހަށްވުރެ ގިނަ ބަހަށް ތަރުޖަމާކޮށްފައިވާ ފޮތެކެވެ. އެފޮތް ދިވެހި ބަހަށްވެސް ތަރުޖަމާކޮށްފައިވެއެވެ.
ޝައިޚު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި: ” title_align=”right” title_size=”h3″ title_color=”title” title_bg=”enabled” separator_color=”accent”]
– الذكر والدعاء والعلاج بالرقي من الكتاب والسنة
– منزلة الصلاة في الإسلام
– حصن المسلم من أذكار الكتاب والسنة
– ورد الصباح والمساء من الكتاب والسنة
– آفات اللسان في ضوء الكتاب والسنة
– الاختلاط بين الرجال والنساء
– الاعتصام بالكتاب والسنة أصل السعادة في الدنيا والآخرة ونجاة من مضلات الفتن
– الجهاد في سبيل الله تعالى
– الخلق الحسن في ضوء الكتاب والسنة
– الربا
– العروة الوثقى في ضوء الكتاب والسنة
– العلاج بالرقى من الكتاب والسنة
– العلاقة المثلى بين الدعاة ووسائل الإتصال الحديثة في ضوء الكتاب والسنة
– الغفلة
– الغناء والمعازف في ضوء الكتاب والسنة وآثار الصحابة – رضي الله عنهم –
– المفاهيم الصحيحة للجهاد في سبيل الله تعالى في ضوء الكتاب والسنة
– الهدي النبوي في تربية الأولاد في ضوء الكتاب والسنة
– بيان عقيدة أهل السنة والجماعة ولزوم اتباعها في ضوء الكتاب والسنة
– سجود السهو
– شرح أسماء الله الحسنى في ضوء الكتاب والسنة
– شرح العقيدة الواسطية لشيخ الإسلام ابن تيمية في ضوء الكتاب والسنة
– شروط الدعاء وموانع الإجابة في ضوء الكتاب والسنة
– عظمة القرآن وتعظيمه وأثره في النفوس في ضوء الكتاب والسنة
– فضائل الصيام وقيام صلاة التراويح
– قضية التكفير بين أهل السنة وفرق الضلال في ضوء الكتاب والسنة
– كيفية دعوة الملحدين إلى الله تعالى في ضوء الكتاب والسنة
– كيفية دعوة الوثنيين إلى الله تعالى في ضوء الكتاب والسنة
– كيفية دعوة أهل الكتاب إلى الله تعالى في ضوء الكتاب والسنة
– كيفية دعوة عصاة المسلمين إلى الله تعالى في ضوء الكتاب والسنة
– مرشد المعتمر والحاج والزائر في ضوء الكتاب والسنة
– مفهوم الحكمة في الدعوة إلى الله تعالى في ضوء الكتاب والسنة
– مقومات الداعية الناجح في ضوء الكتاب والسنة
– مكفرات الذنوب والخطايا وأسباب المغفرة من الكتاب والسنة
– مواقف الصحابة – رضي الله عنهم – في الدعوة إلى الله تعالى
– مواقف العلماء عبر العصور في الدعوة إلى الله تعالى
– مواقف النبي – صلى الله عليه وسلم – في الدعوة إلى الله تعالى
– نور التوحيد وظلمات الشرك في ضوء الكتاب والسنة
– نور السنة وظلمات البدعة في ضوء الكتاب والسنة
– وداع الرسول صلى الله عليه وسلم لأمته
– عقيدة المسلم في ضوء الكتاب والسنة
– إظهار الحق والصواب في حكم الحجاب
ޝައިޚް އަވަހާރަވީ 21 މުޙައްރަމު 1440 ވީ ހޯމަ ދުވަހުގެ ފަތިހު ރިޔާޟުގައެވެ. އަވަހާރަވީ އުމުރުފުޅުން 67 އަހަރުގައެވެ. އަދި އެދުވަހު ޝައިޚުގެ މައްޗަށް ކަށުނަމާދުކޮށް ރިޔާޟުގެ އައްނަސީމު ޤަބުރުސްތާނުގައި ފަސްދާނުލެވުނެވެ.
اللهم اغفر له واعف عنه وأكرم نزله وتقبل منه.